Wednesday, 9 September 2026
Ads by

ތާރީޚީ ދުވަހެއް: މޯލްޑިވިއަންގެ ސީދާ ދަތުރުތައް އައްޑޫއިން ޖިއްދާއަށް ފަށައިފި

ތާރީޚީ ދުވަހެއް: މޯލްޑިވިއަންގެ ސީދާ ދަތުރުތައް އައްޑޫއިން ޖިއްދާއަށް ފަށައިފި

މޯލްޑިވިއަންގެ ފްލައިޓަކުން އައްޑޫ ސިޓީގެ އުމަރާވެރިން އުމްރާއަށް ފުރަނީ---

ގަން އިންޓަރނޭޝަނަލް އެއާޕޯޓުން ސަޢުދީ ޢަރަބިއްޔާގެ ޖިއްދާއަށް ސީދާ އުމްރާ ދަތުރުތައް ރަސްމީކޮށް ފަށައިފިއެވެ.

Ad Image
Ads by

މިއީ ހައްޖާއި އުމްރާގެ މަތިވެރި އަޅުކަމަށް ފުރާ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެކެވެ. ގައުމީ އެއަރލައިން، މޯލްޑިވިއަންގެ އޭ 330 ވައިޑް-ބޮޑީ މަތިންދާބޯޓުގައި ފެށި މި ތާރީހީ ދަތުރަކީ އައްޑޫ ސިޓީގެ އިތުރުން، ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް ލިބިގެންދިޔަ ނުހަނު ބޮޑު ފަސޭހައެކެވެ.

ޓްރެވެލް އެޖެންސީއެއް ކަމަށްވާ ”ދަ ޓްރެވެލަރ“ އާއި މޯލްޑިވިއަން ގުޅިގެން ކުރިއަށްގެންދާ މި ދަތުރުގެ ފުރަތަމަ ފްލައިޓުގައި، ކުޑަކުދިން ހިމެނޭހެން ޖުމްލަ 260 އުމްރާވެރިން ވަނީ ސަޢުދީ ޢަރައްބިއްޔާއަށް ގޮސްފައެވެ.

މޯލްޑިވިއަނުން މައުލޫމާތު ދީފައިވާ ގޮތުގައި، ދެކުނުގެ އަތޮޅުތަކުން މާލެ ނުގޮސް ސީދާ އުމްރާއަށް ދެވޭނެ މަގު ތަނަވަސްވުމަކީ ސަރަހައްދީ ގޮތުން ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ އިތުރު ދަތުރުތައް ބޭއްވުމަށް ރާވާފައިވާ ކަމަށްވެސް އެ އެއަރލައިނުން ހާމަކުރެއެވެ. މި ތާރީހީ ދަތުރުގެ ބައިވެރިންނަށް މޯލްޑިވިއަންގެ ފަރާތުން ވަނީ ހާއްސަ ހަދިޔާއެއްވެސް އަރުވާފައެވެ.

މިއާއެކު ދެކުނުގެ ހަތަރު އަތޮޅު ގުޅާލުމަށް ގާއިމުކޮށްފައިވާ ”ސައުތު ކަނެކްޓިވިޓީ ނެޓްވޯކް“ ގެ ބޭނުންތެރިކަން މިހާރު ވަނީ އިތުރަށް ފުޅާވެފައެވެ. އައްޑޫ ސިޓީއާއި، ފުވައްމުލައް ސިޓީގެ އިތުރުން ހުވަދޫ އަތޮޅުގެ ރަށްތަކުން ޝެޑިއުލް ދަތުރުތަކުގައި އައްޑޫއަށް އައިސް، އެތަނުން ސީދާ ސަޢުދީ ޢަރަބިއްޔާއަށް ފުރޭނެ އިންތިޒާމު ހަމަޖެހުމަކީ ދަތުރުފަތުރުގެ ނިޒާމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

މޯލްޑިވިއަންއިން އެންމެ ފުރަތަމަ އުމްރާ ދަތުރުތައް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ވައިޑް-ބޮޑީ މަތިންދާބޯޓު ބޭނުންކޮށްގެން މި ހިދުމަތް ދެމުން އަންނައިރު، ފަހަކަށް އައިސް ރާއްޖެއިން އާއިލާތައް އެކުގައި އުމްރާއަށްދާ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި