Ads by
ޚަބަރު
އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިސްތިއުފާ ދެއްވައިފި

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

Ads by Eki Online

ޒާމިރު ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަޤާމުގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި ކަމަށްވާއިރު އެބޭފުޅާގެ އިސްތިއުފާ ސިޓީ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް އަރިސްކޮށް އަދި މީސްމީޑިއާގައިވެސް ހާމަކޮށްފައެވެ.

އެ ސިޓީގައި އޭނާ ވިދާޅުވެފައިވަނީ އެންމެންގެ ބުރަ މަސަައްކަތުން 2018 ވަނަ އަހަރު އުފެދުނު ކޯލިޝަން ސަރުކާރުގައި ދިވެހި ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި ދިވެހި ދައުލަތަށް ހިދުމަތް ކުރުމަށް އޭނާ އަށް ދެއްވި ފުރުސަތަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި މިއަދުން ފެށިގެން މަގާމުން އިސްތިއުފާ ދެއްވައިފި ކަމަށެވެ.

ޒާމިރުގެ ސިޓީގައި އިސްތިއުފާ ދެއްވި ވަކި ސަބަބެއް ވިދާޅުވެފައި ނުވިނަމަވެސް އިސްތިއުފާ ދެއްވީ ރިޔާސީ އިންތިހާބުގައި ރައީސް ޞާލިޙަށް ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީއާ ގުޅިގެން ކަމަށް ބެލެވެއެވެ.

“މިއީ ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ކުރިއަށް ދާން ޖެހޭ ވަގުތު. އެހެންވެ އަޅުގަނޑު މަގާމުން އިސްތިއުފާ ދީފިން” އިސްތިއުފާގެ ސިޓީއާ އެކު ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ޒާމިރު ވިދާޅުވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *