Sunday, 26 July 2026
Ads by

ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބަކީ އެހެން ސިޔާސީ ޕާޓީތަކަށް ނަމޫނާ އިންތިހާބެއް: ޢަބްދުއްރަޙީމް

ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބަކީ އެހެން ސިޔާސީ ޕާޓީތަކަށް ނަމޫނާ އިންތިހާބެއް: ޢަބްދުއްރަޙީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ---

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިއަދު ބޭއްވި ދާއިރާތަކުގެ އިންތިހާބަކީ ރާއްޖޭގެ ސިޔާސީ ތާރީހުގައިވެސް ފާހަގަކޮށްލެވޭ ފަދަ ނަމޫނާ، ދެފުށް ފެންނަ ޑިމޮކްރެޓިކް އިންތިހާބެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެ ޕާޓީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޢަބްދުއްރަޙީމް ފާހަގަކުރެއްވި ގޮތުގައި މިއީ އެހެން ސިޔާސީ ޕާޓީތަކުންވެސް ނަމޫނާ ލިބިގަންނަންޖެހޭ ފަދަ އިންތިހާބެކެވެ. އިންތިހާބުގެ ވޯޓުލުން ކުރިއަށްދަނިކޮށް މީޑިއާތަކާ ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، މި އިންތިހާބުން ހާމަވެގެންދަނީ ވަރުގަދަ ސިޔާސީ ޕާޓީއެއްގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް ކުރިއަށްގެންދާނެ ފުރިހަމަ މިސާލެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބެއްގައި އެންމެ ގިނަ އަދަދަކަށް ކެންޑިޑޭޓުން ކުރިމަތިލައި، އެންމެ ގިނަ މަގާމުތަކަށް މީހުން ހޮވާ އިންތިހާބުކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޢަބްދުއްރަޙީމް އިތުރަށް ވިދާޅުވީ، 2،086 މަގާމަށް މީހުން އިންތިހާބުކުރުމަށް ބާއްވާ މި އިންތިހާބުގައި އެ އަދަދަށްވުރެ މާ ގިނަ ކެންޑިޑޭޓުން ވާދަކުރަމުންދާ ކަމަށާއި، ރާއްޖޭގެ 131 ރަށެއްގައި ވޯޓު ފޮށި ބަހައްޓައިގެން ވަރަށް ވާދަވެރިކަމާއެކު އިންތިހާބު ކުރިއަށްދާ ކަމަށެވެ.

މި އިންތިހާބުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ރަށްތަކެއް ހިމެނޭހެން ޖުމްލަ 131 ރަށު ދާއިރާއެއްގައި ވޯޓުލުން ކުރިއަށްދާނެއެވެ. ހަމައެހެންމެ، މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ޕީއެންސީގެ މެންބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

މި އިންތިހާބުގައި ދާއިރާތަކުގެ ރައީސުން ހޮވުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީ ތަމްސީލުކުރައްވާ މެންބަރަކު ނެތް ދާއިރާތަކުގައެވެ. ޕާޓީގެ އުސޫލުތައް ހަމަޖެހިފައިވާ ގޮތުން، މަޖިލިސް މެންބަރުން ތިއްބަވާ ދާއިރާތަކުގެ ރައީސުންގެ މަގާމު އިއްތިފާގުން ލިބިވަޑައިގަންނަވާނީ އެ ދާއިރާއެއް ތަމްސީލުކުރައްވާ މަޖިލިސް މެންބަރަށެވެ.

ދާއިރާތަކުގެ ރައީސުންގެ އިތުރުން، ދާއިރާތަކުގެ ނައިބު ރައީސުންނާއި، އަންހެނުންގެ ގޮފި އަދި ޒުވާނުންގެ ގޮފީގެ މަގާމުތަކަށް މެންބަރުން އިންތިހާބު ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި