Saturday, 24 October 2026
Ads by

ޣައްޒާގެ ކަމާލް އަދުވާން ހޮސްޕިޓަލަށް ޓެރަރިސްޓް އިޒްރޭލުން ޑްރޯން ޙަމަލާއެއް ދީފި

ޣައްޒާގެ ކަމާލް އަދުވާން ހޮސްޕިޓަލަށް ޓެރަރިސްޓް އިޒްރޭލުން ޑްރޯން ޙަމަލާއެއް ދީފި

2024 ވަނަ އަހަރު އިޒްރޭލުން ދިން ބޮމުގެ ހަމަލާތަކަށްފަހު ޣައްޒާގެ ކަމާލް އަދުވާން ހޮސްޕިޓަލް. [ފައިލް: ސްކްރީން ގްރެބް/ އޭޕީ]

އުތުރު ޣައްޒާގައި ހުންނަ ކަމާލް އަދުވާން ހޮސްޕިޓަލުގެ ތެރެއަށް ޔަހޫދީ އިސްތިއުމާރުގެ ޑްރޯނަކުން ބޮންއަޅާ ޙަަމަލާދީ ހަނގުރާމައިގެ ޖަރީމާ ހިންގައިފިއެވެ. މި ޙަމަލާގެ ސަބަބުން ހޮސްޕިޓަލުގެ ދެ މުވައްޒަފަކު ވަރަށް ބޮޑަށް ޒަޚަމްވެފައިވާ ކަމަށް ކުއްލި ފަރުވާދޭ ޓީމުތަކުން ކަށަވަރުކޮށްދެއެވެ.

Ad Image
Ads by

މި ޙަމަލާ އަމާޒުވީ ހޮސްޕިޓަލުގެ ގޯތިތެރެއަށެވެ. މިއީ ސިއްޙީ ފަރުވާދޭ ތަންތަނާއި، ޢާންމުން ހިމާޔަތް ހޯދާ ތަންތަނަށް ދޭ ޙަމަލާތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި ހިނގި ކަންބޮޑުވާންޖެހޭ ޙާދިސާއެކެވެ.

ޙަމަލާގެ ސަބަބުން ޒަޚަމްވި ސިއްޙީ މުވައްޒަފުންނަށް ފަރުވާދެމުންދާއިރު، މިކަމާ ގުޅިގެން ބައިނަލްއަޤްވާމީ ފެންވަރުގައި ދަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވަމުންނެވެ. އެކެމަކު އެއްވެސް ފަރާތަކުން އިޒްރޭލުގެ އަނިޔާވެރިކަނާ ހުއްޓުވުމަށްވެސް ޒިންމާދާރުކުރުވަންވެސް ވަނީ ނުކުޅެދިފައެވެ. މިޔާ ޚިލާފަށް ދުނިޔޭގެ ބޮޑު ބާރު އެމެރިކާ އަދި ހުޅަނގުގެ ބައިވެރިންދަނީ އިޒްރޭލުގެ ނަސްލުހޭދުއަށް ފަންޑުކޮށް، އަސްކަރީގޮތުންނާއި ސިޔާސީ ގޮތުންވެސް އެއްބާރުލުން ދެމުންނެވެ.

ޣައްޒާގެ ސިއްޙީ ނިޒާމު މުޅިން ހަލާކުވެގެން ދިއުމަކީ މި ހަނގުރާމައިގެ ސަބަބުން ކުރިމަތިވި އެންމެ ބޮޑު އެއް ކާރިސާއެވެ. އަދި އިޒްރޭލުން ގަސްދުގައި ހިންގަމުންދާ ނަސްލުހޭދުގެ އަމާޒުތަކުގެ ތެރެއިން އެއް އަމާޒެވެ. ޣައްޒާގެ ހޮސްޕިޓަލްތަކުގެ ޤާބިލުކަމުގެ 94 އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވެފައެވެ. އަދި އަނިޔާ ލިބުނު 172,000 މީހުންގެ ތެރެއިން 43,000 މީހުންނަކީ ދިގުމުއްދަތުގެ ފަރުވާ ބޭނުންވާ ފަރާތްތަކެވެ. ކަންމިހެން އޮތް އިރުވެސް އަނިޔާވެރި ޔަހޫދީ އިސްތިއުމާރުން ދަނީ ސިއްޙީ މަރުކަޒުތަކުގެ ރައްކާތެރިކަން އެއްކޮށް ގެއްލުވާލާ، ޙަމަލާތައް ދީ، އަސާސީ ފަރުވާ ދިނުމަށްވެސް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންނެވެ.

7 އޮކްޓޯބަރު 2023 ގައި ޣައްޒާއަށް ޙަމަލާދޭން ފެށި ފަހުން، އިޒްރޭލުން ވަނީ މަދުވެގެން 73،110 ފަލަސްޠީނު ރައްޔިތުން ޝަހީދުކޮށްލާފައެވެ. އަދި މިދިޔަ އޮކްޓޯބަރު މަހު ”ހަމަލާ ހުއްޓާލުމުގެ އެއްބަސްވުން“ ފެށުނު ފަހުން، މަދުވެގެން 1،084 ފަލަސްޠީނު ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި