މާދަމާ ބާއްވާ، ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ހުޅުމާލެ އުތުރު ދާއިރާ އަދި ދެކުނު ދާއިރާއަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުން ކަމަށްވާ މަލްޝާ ޝަރީފް (މަލް) އާއި މަރިޔަމް ޝިއުނާ (ނަންނަ)ގެ ޓީމުން އިސް ނަގައިގެން ކެމްޕެއިން ނިންމާލުމުގެ ގޮތުން މިއަދު ހަވީރު ބޭއްވި ސައިކަލު ބުރަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
މިއަދު ހަވީރު 4:00 ގައި ސައިކަލު ބުރު ފެށީ ހުޅުމާލޭ ފިތުރޯނު މަގު، އެމްޓީސީސީ ފެރީ ޓާމިނަލް ކުރިމަތިންނެވެ. އެ ސައިކަލުބުރުގައި ހުޅުމާލެ އުތުރާއި ދެކުނުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެ އެ ދެ ޓީމަށް އޮތް ތާއީދު ދައްކުވައިދީފައެވެ.

ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަރްޔަމް ޝިއުނާ ވާދަކުރުމަށް ނިންމާފައިވަނީ ހުޅުމާލެ ދެކުނު ދާއިރާގެ ނައިބު ރައީސްކަމުގެ މަގާމަށެވެ. އަދި މަލްޝާ ޝަރީފް ވާދަކުރުމަށް ނިންމާފައިވަނީ ހުޅުމާލެ އުތުރު ދާއިރާގެ ނައިބު ރައީސްކަމުގެ މަގާމަށެވެ. މި ދެ ކެންޑިޑޭޓުންނަކީ ވެސް ސަރުކާރުގެ ސިޔާސަތުތައް ކުރިއެރުވުމުގައާއި، ޕާޓީގެ އަސާސްތައް ދަމަހައްޓައި ޕާޓީގެ ރޫހު ކުރިއެރުވުމުގައި ނަމޫނާ ދައްކަމުންދާ ދެ ކެންޑިޑޭޓުންކަން ފާހަގަކޮށްލަންޖެހެއެވެ.
މަލްޝާގެ ޓީމް
- ދާއިރާގެ އަންހެނުންގެ ރައީސް، ސަމާ ހަލީލު
- ދާއިރާގެ ނައިބު ރައީސް، މަލްޝާ ޝަރީފް
- ޒުވާނުންގެ ރައީސް، އިސްމާއިލް ޢަޒްމީ
- ސްޓްއަރިން ކޮމިޓީގެ ރައީސް – އަބްދުﷲ އަމްޒަލް ރަޝީދު
- ސްޓްއަރިން ކޮމިޓީގެ މެންބަރު، އައިޝަތު ރާނީ
- ސްޓްއަރިން ކޮމިޓީގެ މެންބަރު، ޒައިތޫނާ އަލީ
- ސްޓްއަރިން ކޮމިޓީގެ މެންބަރު، ރަޒީނާ އަލީ
- ސްޓްއަރިން ކޮމިޓީގެ މެންބަރު، ހަދީޖާ ހުސައިން
- ސްޓްއަރިން ކޮމިޓީގެ ޒުވާން މެންބަރު، މާއިޒް މަހްމޫދު ރަޝީދު

ޝިއުނާގެ ޓީމް
- ދާއިރާގެ ރައީސް، އަޙުމަދު ރިފްޢަތު
- ޒުވާނުންގެ ރައީސް އަހުމީޒު ސައީދު
- ދާއިރާގެ އަންހެނުންގެ ރައީސް، އައިޝަތު ހަފީޒާ
- ދާއިރާގެ ނައިބު ރައީސް، މަރްޔަމް ޝިއުނާ
- ޒުވާނުންގެ މެންބަރު ފާތިމަތު ލައުޒާ
- ސްޓިއަރިން ކޮމިޓީގެ މެންބަރު އާމިނަތު ޝަކީބާ
- ސްޓިއަރިން ކޮމިޓީގެ އަންހެން މެންބަރު ފާތިމަތު ޝަހުލާ
- ސްޓިއަރިން ކޮމިޓީގެ މެންބަރު އަލީ ފާއިޒު
- ސްޓިއަރިން ކޮމިޓީގެ މެންބަރު އަބްދުﷲ ޝަމްއޫން
- ސްޓިއަރިން ކޮމިޓީގެ މެންބަރު މުހައްމަދު ޝުހައިލް
- ސްޓިއަރިން ކޮމިޓީގެ މެންބަރު ހަސަން ހަލީލް
ޝިއުނާ އަދި މަލްޝާގެ ޓީމަށް ޕީއެންސީގެ އިސް ބައެއް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީ ތަމްސީލުކުރައްވާ ގިނަ މެންބަރުންވެސް ވަނީ ތާއީދުކުރައްވައިފައެވެ.
ކެމްޕޭނުގެ ހަރަކާތްތައް ނިންމާލުމަށްފަހު، ދެން އޮތީ އިންތިހާބުގެ އެންމެ މުހިންމު މަރުހަލާ ކަމަށްވާ ވޯޓުލުމުގެ ކަންކަމެވެ. އެގޮތުން މާދަމާ ހެނދުނު 09:00 އިން ފެށިގެން ހަވީރު 16:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާއިރު، ހުޅުމާލެ ދެކުނު ދާއިރާގެ ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ރެހެންދި ސްކޫލުގައެވެ. އަދި ހުޅުމާލެ އުތުރު ދާއިރާގެ ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ކާމިލްދީދީ ޕްރީ ސްކޫލުގައެވެ.
ޝިއުނާ އާއި މަލްޝާ ވަނީ ދާއިރާގެ ހުރިހާ ރައްޔިތުން ވެސް އިންތިހާބުގައި ވޯޓުލުމަށް އެދިފައެވެ.












