”މިމަސައްކަތް އެއްކޮށް ނިންމާލާ“ އެމެރިކާގެ ރައީސް ދިން ސީދާ އަމުރަކާއެކު، އެމެރިކާގެ އަސްކަރިއްޔާއިން ރޭ ވަނީ އީރާނުގެ އެތެރެއަށް ވަރަށް ބާރުގަދަ ބޮމުގެ ޙަމަލާތަކެއް ދީފައެވެ. އައްސޭރިފަށުގެ އިތުރުން، އީރާނުގެ ނިއުކްލިއާ ޕްލާންޓެއްގެ ބޭރު ފާރަށާއި މުހިންމު ރޭލުވޭ ނިޒާމުތަކަށްވެސް އެމެރިކާއިން ވަނީ ބޮންއަޅާފައެވެ.
ޙަމަލާގެ މައިގަނޑު ތަފްޞީލު
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން (ސެންޓްކޮމް) ވަނީ ހޮރްމޫޒް ކަނޑުއޮޅީގެ ސަރަޙައްދުގައި ހުރި އީރާނުގެ 90 އަސްކަރީ މަރުކަޒަކަށް ބާރުގަދަ ޙަމަލާތަކެއް ދީފައެވެ. މީގެ ތެރޭގައި ރާޑަރު ނިޒާމުތަކާއި، މިސައިލް އަދި ޑްރޯން ގުދަންތައް ހިމެނެއެވެ.
އެމެރިކާގެ ޙަމަލާތައް އީރާނުގެ އެތެރެއަށް ފުޅާކޮށް، ބޫޝެހެރް ނިއުކްލިއާ ޕްލާންޓުގެ ބޭރު ސަލާމަތީ ފާރަށް ވަނީ ޙަމަލާދީފައެވެ. މީގެ އިތުރުން ތެހެރާނާއި މަޝްހަދު ގުޅުވައިދޭ މައި ރޭލުވޭ ނިޒާމަށް ބޮންއަޅައި އެ ނިޒާމު ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލާފައެވެ.
އީރާނުގެ ޞިއްޙަތާބެހޭ ވުޒާރާއިން ކަށަވަރުކޮށްދޭ ގޮތުގައި، އެމެރިކާއިން ދިން މި ވަރުގަދަ ޙަމަލާތަކުގައި މިހާތަނަށް 14 މީހަކު ވަނީ މަރުވެފައެވެ. އަދި އިތުރު 78 މީހަކަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.














އީރާނަޢް މޮޅު އަނގަތެޅޭނެއެވެ. އެންމެ އެމެރިކާ މީހަކާ ހަމަޔަޢް ވަސްވެސް ނުފޯނާނެއެވެ. ދެން ތިބެފާ ހަމަލާދޭނީ އަވައްޓެރި މުސްލިމުންނަޢެވެ. މީވާ ނުލަފާ ބަޔެކެވެ.