Sunday, 26 July 2026
Ads by

ބޭރު ބަޔަކު ލައްވައި ވިލިމާލޭގައި ޖެއްސި ޑްރާމާ ފަޅާއަރައި، މޭޔަރު އާޒިމާއި އެމްޑީޕީ ކައުންސިލް ބޭޒާރުވެއްޖެ

ބޭރު ބަޔަކު ލައްވައި ވިލިމާލޭގައި ޖެއްސި ޑްރާމާ ފަޅާއަރައި، މޭޔަރު އާޒިމާއި އެމްޑީޕީ ކައުންސިލް ބޭޒާރުވެއްޖެ

ބޭރު ބަޔަކު ލައްވައި މިހުރިހާ ދުވަހު އެމްޑީޕީން ވިލިމާލޭގައި ޖެއްސި ޑްރާމާ ފަޅާއަރައި، މޭޔަރު އާޒިމާއި އެމްޑީޕީ ކައުންސިލް ބޭޒާރުވެއްޖެއެވެ.

Ad Image
Ads by

މާލެ ސިޓީ ކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން، މާލޭގެ މޭޔަރު އާދަމް އާޒިމާއި އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލާ މެދު ވިލިމާލޭގެ ރައްޔިތުންގެ ބޮޑު ނުރުހުމެއް އޮތްކަން މިވަނީ ހާމަވެގެން ގޮސްފައެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރައްވަމުން ވިލިމާލެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވީ، ވިލިމާލޭގެ ރައްޔިތުން މިއަދު އެންމެ ބޮޑަށް ބޭނުންވަނީ އެ އަވަށުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިނގަމުންދާ މަންޒަރު ފެނުން ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތަކީވެސް ވިލިމާލެއަކީ ތިމާވެއްޓާ ރައްޓެހި ފެހިކަންގަދަ އަވަށެއްގެ ގޮތުގައި ދަމަހައްޓައިގެން، ރައްޔިތުންނަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ބައްދަލުވުމުގެ ތެރެއިން ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތައް ހިއްސާކުރައްވަމުން މުޙައްމަދު އިސްމާޢީލް ވިދާޅުވީ، ވިލިމާލޭގެ ތަރައްގީއާ ދެކޮޅަށް ޝުއޫރު ފާޅުކުރަމުންދާ ގިނަ ފަރާތްތަކަކީ ވިލިމާލެއަށް ނިސްބަތްވާ މީހުން ނޫން ކަމަށް ބުނެ އެ އަވަށުގެ ރައްޔިތުން އަޑުއުފުލަމުންދާ ކަމަށެވެ. މޭޔަރު އާޒިމާއި އެމްޑީޕީ ކައުންސިލުން ވިލިމާލޭގެ ތަރައްގީއަށް ހުރަސްއަޅަމުންދާ ކަމަށް ބުނެ، ބައްދަލުވުމަށް ދިޔަ ގިނަ ރައްޔިތުން ވަނީ ކައުންސިލަށް ފާޑުކިޔައި ނުރުހުން ފާޅުކޮށްފައެވެ.

މުޙައްމަދު އިސްމާޢީލް އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވިލިމާލެއަށް ގެންނަން ބޭނުންވާ ތަރައްގީއަށް އެ އަވަށުގެ ރައްޔިތުންގެ ފުރިހަމަ ތާއީދު އެބައޮތް ކަމަށެވެ. ނަމަވެސް، މާލެ ސިޓީ ކައުންސިލްގެ މިހާރުގެ މިސްރާބު ހުރީ ރައްޔިތުން ބޭނުންވާ ތަރައްގީއާ ދެކޮޅަށް ކަމަށް ބުނެ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މި ބައްދަލުވުމަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމެއް ނަމަވެސް، ބައްދަލުވުން ނިމިގެންދިޔައީ ކައުންސިލާއި މޭޔަރުގެ ސިޔާސަތުތަކާ މެދު ރައްޔިތުންގެ މެދުގައި އޮތް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި