Wednesday, 9 September 2026
Ads by

ނަންނަ އާއި މަލްގެ ކެމްޕޭނު ނިންމާ ސައިކަލު ބުރު ހުކުރު ދުވަހު!

ނަންނަ އާއި މަލްގެ ކެމްޕޭނު ނިންމާ ސައިކަލު ބުރު ހުކުރު ދުވަހު!

ޝިއުނާ އަދި މަލްޝާ ކެމްޕޭނު ހަރަކާތެއްގައި--- ފޮޓޯ: އެކި އެމްވީ

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބުގެ ފޯރި މުޅި ރާއްޖޭގައި ގަދަވެފައިވާއިރު، ހުޅުމާލޭގެ ދެ ދާއިރާއަކަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުން ކަމަށްވާ މަރްޔަމް ޝިއުނާ (ނަންނަ) އާއި މަލްޝާ ޝަރީފް (މަލް) ގެ ކެމްޕޭނު ނިންމުމުގެ ބޮޑު ހަރަކާތް މާދަމާ ބޭއްވުމަށް ނިންމައިފިއެވެ.

Ad Image
Ads by

ޝިއުނާ އާއި މަލްޝާ ބައިވެރިވާ މި ފޯރިގަދަ ސައިކަލު ބުރު އޮންނާނީ މާދަމާ ހަވީރު 16:00 އިން ފެށިގެން 18:00 އަށެވެ. މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފިތުރޯނު މަގުގައި ހުންނަ އެމްޓީސީސީ ފެރީ ޓާމިނަލްގެ ޕާކު ކުރިމަތިންނެވެ.

ހުޅުމާލެ ދެކުނު އަދި ހުޅުމާލެ އުތުރު ދާއިރާއަށް ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން— ފޮޓޯ: އެކި އެމްވީ

ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަރްޔަމް ޝިއުނާ ވާދަކުރުމަށް ނިންމާފައިވަނީ ހުޅުމާލެ ދެކުނު ދާއިރާގެ ނައިބު ރައީސްކަމުގެ މަގާމަށެވެ. އަދި މަލްޝާ ޝަރީފް ވާދަކުރުމަށް ނިންމާފައިވަނީ ހުޅުމާލެ އުތުރު ދާއިރާގެ ނައިބު ރައީސްކަމުގެ މަގާމަށެވެ. މި ދެ ކެންޑިޑޭޓުންނަކީ ވެސް ސަރުކާރުގެ ސިޔާސަތުތައް ކުރިއެރުވުމުގައާއި، ޕާޓީގެ އަސާސްތައް ދަމަހައްޓައި ޕާޓީގެ ރޫހު ކުރިއެރުވުމުގައި ނަމޫނާ ދައްކަމުންދާ ދެ ކެންޑިޑޭޓުންކަން ފާހަގަކޮށްލަންޖެހެއެވެ.

މާދަމާ ބާއްވާ މި ސައިކަލު ބުރުގައި ޕީއެންސީގެ އެންމެހައި މެންބަރުންނާއި ސަޕޯޓަރުން އަދި ވަކިން ހާއްސަކޮށް ހުޅުމާލޭގެ ހުރިހާ ޕީއެންސީ އާންމު މެންބަރުން ބައިވެރިވުމަކީ ޝިއުނާ އާއި މަލްޝާގެ ވަރަށް ބޮޑު އެދުމެކެވެ.

މަލްޝާ އަދި ޝިއުނާ ގުޅިގެން މިރޭ ބޭއްވި ކެމްޕޭނު ޙަރަކާތުގެ ތެރެއިން..

ކެމްޕޭނުގެ ހަރަކާތްތައް ނިންމާލުމަށްފަހު، ދެން އޮތީ އިންތިހާބުގެ އެންމެ މުހިންމު މަރުހަލާ ކަމަށްވާ ވޯޓުލުމުގެ ކަންކަމެވެ. އެގޮތުން މި މަހުގެ 11 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން ހަވީރު 16:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާއިރު، ހުޅުމާލެ ދެކުނު ދާއިރާގެ ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ރެހެންދި ސްކޫލުގައެވެ. އަދި ހުޅުމާލެ އުތުރު ދާއިރާގެ ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ޞަލާޙުއްދީން ސްކޫލުގައެވެ. ޝިއުނާ އާއި މަލްޝާ ވަނީ ދާއިރާގެ ހުރިހާ ރައްޔިތުން ވެސް އިންތިހާބުގައި ވޯޓުލުމަށް އެދިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު