Saturday, 24 October 2026
Ads by

ސްޕީޑް އަވަސް ތަަރައްޤީ ގެނެސްދޭން ދެން ތިބެން ޖެހޭނީ 24 ގަޑި އިރު ހޭލާ: ރައިސް

ސްޕީޑް އަވަސް ތަަރައްޤީ ގެނެސްދޭން ދެން ތިބެން ޖެހޭނީ 24 ގަޑި އިރު ހޭލާ: ރައިސް

20 ވަނަ މަޖިލިސް އިންތިޚާބުގައި ލިބުނު ކާމިޔާބީގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް ކެބިނެޓު މެމްބަރުން ދެން ތިއްބަވަން ޖެހޭނީ 24 ގަޑި އިރު ހޭލާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

އިއްޔެ ބޭއްވުނު މަޖިލިސް އިންތިޚާބުގައި ވެރިކަން ކުރާ ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް ރޭ އާރޓިފިޝަލް ބީޗުގައި އޮތް ”މަރުހަބާ ދިވެހިންގެ ރާއްޖެ“ އިވެންޓުގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ފާއިތުވި 5 މަސްދުވަހަކީ އެއްވެސް އެއްޗެއް ނޫންކަމަށާއި، ކެބިނެޓް ވަޒީރުންނާއި ކުންފުނިތަކުގެ އެމްޑީން ދެން އުޅުއްވަންވާނީ 24 ގަޑިއިރު ހޭލާކަމުގައެވެ.

އިރާދަކުރެއްވިއްޔާ ދެން ފެށޭނީ މި ގައުމުގެ ތަރައްގީއާ ދުވަސްތައް. މި ވޭތުވެދިޔަ 5 މަސް އެއީ އެއްވެސް އެއްޗެއް ނޫން، ތިބޭފުޅުން ދެން އުޅުއްވަން ޖެހޭނީ 24 ގަޑިއިރު ހޭލާއޭ

– ރައިސް ޑރ. މުޢިއްޒު

ރައީސް ވިދާޅުވީ މި މަސައްކަތް ކުރައްވާނީ ސީރިއަސް ކަމާއި އެކު ރައްޔިތުންގެ ފައިިދާއަށް ކަމަށެވެ. އަދި މަޖިލީހުގެ ނަތީޖާއިން ފެނިގެން ދިޔައީ ރައްޔިތުން އެއްބަހެއް ކިޔައިގެން ނިންމި ނިންމުންްކަމާއި ރައްޔިތުންގެ މި ނިންމުން އެއީ އެންމެ ރަނގަޅު ނިންމުންކަން ސާބިތުކޮށްދިނުމަށް ނުނިދާ ތިއްބަވައިގެން ނަމަވެސް މަސައްކަތް ކުރައްވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އިރާދަކުރެއްވިއްޔާ ދެން ފެށޭނީ ރާއްޖެ ތަރައްގީ ވާ ދުވަސްތައް

– ރައިސް ޑރ. މުޢިއްޒު

20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ސަރުކާރުގެ ކެންޑިޑޭޓުން ވަނީ މަޖިލީހުގެ 93 ދާއިރާގެ ތެރެއިން 71 ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދާފައިއެވެ.

ރައީސް މުއިއްޒުގެ ވާހަކަފުޅަސްފަހު މިރޭ އޮތީ ބަޑިބޭހުގެ ކުޅިވަރުތަކެވެ. މިރޭގެ އުފާފާޅުކުރުމުގެ ޖަލްސާ ނިންމާލާފައިވަނީ ކުރެވުނު ޚާއްސަ ދުއާއަކުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި