އޯޓިޒަމް އާއި ކުޑަކުދިންގެ ހެދިބޮޑުވުމާ ގުޅޭ ތަފާތު ބަލިތައް ދެނެގަތުމާ ގުޅޭ ރާއްޖޭގެ ފުރަތަމަ ހާއްސަ ޑޮކްޓަރު، ޑރ. އައިމިނަތު ފަޒްނާ ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ޑރ. ފަޒްނާ ނިޔާވުމާ ގުޅިގެން ރައީސް މުޢިއްޒު މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުޑަކުދިން ހެދިބޮޑުވާގޮތް ބަލައި ފަރުވާ ދިނުމުގެ ދާއިރާއިން ހާއްސަ ސްޕެޝަލިސްޓެއްގެ ގޮތުގައި ގައުމަށް ހިދުމަތްކޮށްދެއްވަން ފެށްޓެވި ފުރަތަމަ ދިވެހި ޑރ. އާމިނަތު ފަޒުނާ އަވަހާރަވުމުގެ ހިތާމައިގައި، އެ އާއިލާއަށާއި، ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގެ ހުރިހާ މުވައްޒަފުންނަށް އަދި ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ތައުޒިޔާ ދަންނަވާ ކަމަށެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ،
ކުޑަކުދިން ހެދިބޮޑުވާގޮތް ބަލައި ފަރުވާ ދިނުމުގެ ދާއިރާއިން ޚާއްޞަ ސުޕަޝެލިސްޓެއްގެ ގޮތުގައި ޤައުމަށް ޚިދުމަތްކޮށްދެއްވަން ފެށްޓެވި ފުރަތަމަ ދިވެހި ޑޮކްޓަރު އާމިނަތު ފަޒުނާ އަވަހާރަވުމުގެ ހިތާމައިގައި، އެ ޢާއިލާއަށާއި، ދަރުމަވަންތަ… pic.twitter.com/6fLIemyCfr
— Dr Mohamed Muizzu (@MMuizzu) July 9, 2026
ރައީސް މުޢިއްޒު ވަނީ، ޑރ. ފަޒްނާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކޮށްދެއްވައި، މާތްﷲ ގެ ތަނަވަސް ރަހުމަތުގައި ލެހެއްޓެވުމަށް އެދިވަޑައިގެން ދުއާކުރައްވާފައެވެ.
އުމުރުން 47 އަހަރުގައި ޑރ. ފަޒްނާ ނިޔާވީ އައިޖީއެމްއެޗުގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.














