Saturday, 24 October 2026
Ads by

އިންޑިއާގައި ހަރުކަށި ފިކުރު ހިންދޫވްތާ ގުންޑާއިން މުސްލިމް އުޚުތަކަށް ބިރުދައްކައިގެން އައުރަ ކަޝްފުކޮށް ހިންދޫ ދީނުގެ ކައިވެނީގެ އަޅުކަންތައް ކުރުވައި ފުރައްސާރަކޮށްފި

އިންޑިއާގައި ހަރުކަށި ފިކުރު ހިންދޫވްތާ ގުންޑާއިން މުސްލިމް އުޚުތަކަށް ބިރުދައްކައިގެން އައުރަ ކަޝްފުކޮށް ހިންދޫ ދީނުގެ ކައިވެނީގެ އަޅުކަންތައް ކުރުވައި ފުރައްސާރަކޮށްފި

ބިހާރުގެ ސަރަން ޑިސްޓްރިކްޓުން ފެނިގެންދާ ހިތާމަވެރި ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލްވެއްޖެއެވެ. އެ ވީޑިއޯއިން ފެންނަނީ ހިންދޫ ހަރުކަށި ފިކުރު ބަޔަކު ޖަމާޢަތް ހަދައިގެން މުސްލިމް އުޚުތަކަށް މަޖުބޫރުކޮށްގެން އޭނާގެ ނިޤާބު ނެންގުމަށްފަހު، ހިންދޫ ކައިވެނީގެ އަޅުކަންތައް ފުރިހަމަކުރުވަމުންދާ މަންޒަރެވެ. (ކްލެރިއަން އިންޑިއާ)

އިންޑިއާގެ ބިހާރު ސްޓޭޓްގެ ސަރަން ޑިސްޓްރިކްޓްގައި ހިންދޫ ހަރުކަށި ފިކުރު ގުންޑާއިން ޖަމާޢަތް ހަދައިގެން ޝަރުޢީ ޙިޖާބުން އައުރަ ނިވާކޮށްގެން ހުރި މުސްލިމް އުޚްތަކު ރަހީނުކޮށް، ބިރުދައްކައިގެން އެއުޚްތާގެ މޫނު ފޮތިކޮޅު ނަގުވާ، ހިންދޫ ދީނުގެ ކައިވެނީގެ އަޅުކަންތައް ކުރުވަން މަޖުބޫރުކުރި މުޅި އިސްލާމީ އުއްމަތަށް ލަދުވެތި ޙާދިސާއެއް ފެން މަތިވެއްޖެއެވެ. މީޑިއާތަކުގެ ޚަބަރުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ރިޕޯޓުތަކާ މާހިރުންގެ އިންޒާރުތަކުންވެސް ހާމަވާ ފަދައިން، އިންޑިއާއަކީ މިއަދު މުސްލިމުންގެ އަބުރާ ޢިއްޒަތާ މުދަލާއި ފުރާނަޔަށްސް ނުރައްކާވެފައިވާ ބިރުވެރި ޙާލަތަކަށް ވެއްޓިފައިވާތަނެކެވެ.

Ad Image
Ads by

ބިހާރުގެ ސަރަން ސަރަޙައްދުގެ ހިންދޫ ހަރުކަށި ފިކުރު ފިރިހެނުންތަކެއް ވަނީ މުސްލިމް އުޚުތަކަށް ބިރުދައްކައި، އޭނާއަށް މަޖުބޫރުކޮށް، މޫނު ފޮތިކޮޅު ނަންގުވައި އައުރަ ކަޝްފުކޮށް، ހިންދޫ ދީނުގެ ކައިވެނީގެ އަޅުކަންތަކެއް ކަމަށްވާ ސިންދޫރު އެޅުމާއި އަލިފާން ވަށައިގެން ހިނގުން ފަދަ ކަންކަން ގަދަކަމުން ކުރުވާފައެވެ.

އުޚުތާގެ އާއިލާއިން ބުނާ ގޮތުގައި، މި ޖަރީމާ ހިންގި މީހުން ވަނީ އެއުޚްތާއަށް މަރުގެ އިންޒާރުދީ، ދީނީގޮތުން ފުރައްސާރަކޮށް، ދިފާޢުވުމުގެ އެއްވެސް ފުރުޞަތެއް ނުދީ ހިފަހައްޓާފައެވެ. މިއީ އެއުޚްތާގޭ ދީނީ މިނިވަންކަމާއި ޢިއްޒަތާއި އަދި އިންސާނީ ކަރާމާތަށް ދިން ސީދާ ޙަމަލާއެކެވެ.

މި ޙާދިސާގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު، އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ ބާރުއެޅުމާއެކު ސަރަންގެ ފުލުހުން ވަނީ ކިޑްނެޕްކުރުމާއި ދީނީ ބިރުދެއްކުމުގެ މައްސަލައެއް ރަސްމީކޮށް ރަޖިސްޓްރީކޮށްފައެވެ. ނަމަވެސް ކުށްވެރިން ހައްޔަރުކުރުން ލަސްވުމުގެ ސަބަބުން އެ ސަރަޙައްދުގެ މުސްލިމުންގެ މެދުގައި ވަނީ ބޮޑު ކަންބޮޑުވުމެއް އުފެދިފައެވެ.

އިންޑިއާގެ މުސްލިމުންގެ ޙާލަތު: ނިޒާމީ އިސްލާމޯފޯބިއާ އަދި ސަރުކާރުގެ ޙިމާޔަތް

ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ ޖަމާޢަތްތަކުން ފާހަގަކުރާ ގޮތުގައި، ސަރަންގައި ހިނގި ޙާދިސާއަކީ އިންޑިއާގައި ނިޒާމީ ގޮތެއްގައި މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ (އިސްލާމޯފޯބިއާ) ޢަމަލުތަކުގެ ތެރެއިން ބޮޅެކެވެ. ވެރިކަންކުރާ ބީ.ޖޭ.ޕީ ސަރުކާރުގެ ދަށުން، މުސްލިމުންނަށް އަމާޒުކޮށްގެން ބިރުވެރިކަން އުފެއްދުމަށާއި ތަފާތުކުރުމަށް ގިނަ ސިޔާސަތުތަކެއް ވަނީ ތަންފީޒުކޮށްފައެވެ.

މީގެ އިތުރުން، ހަރުކަށި ހިންދޫ (ހިންދުތުވާ) ގްރޫޕްތަކުން މުސްލިމުންނަށް ޙަމަލާދީ އަނިޔާވެރިވާއިރު، އެފަރާތްތަކަށް ވެރިކަންކުރާ ޕާޓީގެ އިސް ލީޑަރުންނާއި ސިޔާސީ މެމްބަރުންގެ ފަރާތުން ފުރިހަމަ ޙިމާޔަތް ލިބޭކަމަށް ރިޕޯޓުތައް ބުނެއެވެ. މި ސިޔާސީ ނުފޫޒުގެ ސަބަބުން ފުލުހުންގެ ތަޙުޤީޤުތައް ހުއްޓި، ކުށްވެރިންނަށް އެއްވެސް އަދަބެއް ނުލިބި، މުސްލިމުންނާ ދެކޮޅަށް އަނިޔާވެރިވުމަށް އިތުރު ހިތްވަރު ލިބެމުންދާކަން ތަޖުރިބާކާރުން ފާހަގަކުރެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި