Monday, 14 September 2026
Ads by

ހިމަބިހި ކޮންޓްރޯލް ކުރުމަށް ޔުނިސެފުން 28،000 ވެކްސިން ރާއްޖެއަށް ހަދިޔާކޮށްފި

ހިމަބިހި ކޮންޓްރޯލް ކުރުމަށް ޔުނިސެފުން 28،000 ވެކްސިން ރާއްޖެއަށް ހަދިޔާކޮށްފި

hiމަބިހި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި ޔުނިސެފުން ވެކްސިން ޑޯޒާއި ސިއްހީ ސާމާނު ރާއްޖެއަށް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---

ރާއްޖޭގައި ހިމަބިހި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި ޔުނިސެފްގެ ފަރާތުން 28،000 މީސަލްސް ރުބެއްލާ (އެމްއާރް) ވެކްސިން ޑޯޒާއި ސިއްހީ ސާމާނު ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

Ad Image
Ads by

މި ތަކެތި ސަރުކާރާ ހަވާލުކުރުމަށް ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތް މިނިސްޓަރު ޤީލާ ޢަލީއެވެ. ޔުނިސެފްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އެޑްވާޑް އަޑާއީއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޤީލާ ވަނީ، ހިމަބިހި ފެތުރުން ހުއްޓުވުމަށް ޔުނިސެފުން ވެދިން މި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ބަލީގެ ނުރައްކަލުން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި އެންމެހާ ފަރާތްތަކުން ވެކްސިން ފުރިހަމަކުރުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ. ހަމައެހެންމެ މިކަމުގައި ސިއްހީ ދާއިރާގެ މުވައްޒަފުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި އެ ފަރާތްތަކަށްވެސް އެކަމަނާ ޝުކުރު އަދާކުރެއްވިއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މެއި މަހުން ފެށިގެން މިހާތަނަށް 121 މީހަކަށް ހިމަބިހި ޖެހިގެން ރިޕޯޓުކޮށްފައިވެއެވެ. މީގެ ތެރެއިން 55 ކޭސް ފެނިފައިވަނީ މިދިޔަ ހަފުތާގައެވެ. ބަލި ކޮންޓްރޯލްކުރުމުގެ ގޮތުން މިހާތަނަށް 5،495 މީހަކަށް ވެކްސިން ދީފައިވާއިރު، ބަލިޖެހޭ މީހުން ދެނެގަތުމުގެ މަސައްކަތްތައް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.

ޔުނިސެފްގެ އިތުރުން އިންޑިއާ ސަރުކާރުންވެސް ވަނީ ދާދިފަހުން 20،000 ވެކްސިން ޑޯޒާއި ތިން ޓަނުގެ ސިއްހީ އާލާތްތައް ރާއްޖެއަށް ހަދިޔާކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260913_215603
ތުރުކީގެ "މަގޭ ޢާއިލާ ރައްކާތެރި" ރެެއިޑް: ލާދީނީ އެލްޖީބީޓީ ހަރުކަށި ޖަމާޢަތްތަކަށް ނިސްބަތްވާ 26 މީހުން ހައްޔަރުކޮށްފި
b_202609140349441789382984
މީހުން ބަލަބަލާ ތިއްބާ ޓީވީއެއް ވަގަށް ނަގައިގެން ފިލައިފި
raeesoffice_presidentoffice2
ރައީސް އޮފީހުގެ 2 މަގާމަކަށް 2 ބޭފުޅަކު އައްޔަންކުރައްވައިފި
Screenshot 20
ރާއްޖޭގެ ހުރިހާ ރަށެއްގައި ޛިކުރާއި ނަޞޭޙަތުގެ ބޯޑުތައް ހަރުކުރުމުގެ މަސައްކަތް ފަށައިފި
Ads by
މަގުބޫލު
IMG_20260913_133240_150
ފެނުގައި ހުންނަ ވިހައިގެ 95 އިންސައްތަ ސާފުކޮށްދޭ އަގުހެޔޮ ފިލްޓަރެއް 11 އަހަރުގެ ކުއްޖަކު އުފައްދައިފި
20260914_141838
މީގެ 12 އަހަރު ކުރިން މަރާލާފައިވާކަމަށް ނިންމި އަންހެނަކު އޭނާގެ ލޯބިވެރިޔާއާއެކު ދިރިއުޅެމުންދަނިކޮށް ފެނިއްޖެ
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
yameen corrupt
ތިން މިނިސްޓްރީގައި ރޯވި ހާދިސާގެ މައުލޫމާތު ނޭނގޭ ކަމަށް ވިދާޅުވެ ރައީސް ޔާމީން ތަހުގީގަށް ފިލައިފި
IMG_20260913_133240_150
ފެނުގައި ހުންނަ ވިހައިގެ 95 އިންސައްތަ ސާފުކޮށްދޭ އަގުހެޔޮ ފިލްޓަރެއް 11 އަހަރުގެ ކުއްޖަކު އުފައްދައިފި
20260914_141838
މީގެ 12 އަހަރު ކުރިން މަރާލާފައިވާކަމަށް ނިންމި އަންހެނަކު އޭނާގެ ލޯބިވެރިޔާއާއެކު ދިރިއުޅެމުންދަނިކޮށް ފެނިއްޖެ
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
yameen corrupt
ތިން މިނިސްޓްރީގައި ރޯވި ހާދިސާގެ މައުލޫމާތު ނޭނގޭ ކަމަށް ވިދާޅުވެ ރައީސް ޔާމީން ތަހުގީގަށް ފިލައިފި