Saturday, 24 October 2026
Ads by

ހުޅުމާލޭގެ 3 މަގެއްގައި ތާރު އަޅާ ނިންމާލައިފި

ހުޅުމާލޭގެ 3 މަގެއްގައި ތާރު އަޅާ ނިންމާލައިފި

ހުޅުމާލޭގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށްދަނީ--- ފޮޓޯ: ޕީއެސްއެމް

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅޭ ސަރަޙައްދުތަކުގެ ތެރެއިން ނުހެދި ހުރި މަގުތައް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، މިހާތަނަށް ތިން މަގެއްގައި ތާރު އަޅާ އެއްކޮށް ނިންމާލާފައިވާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފިއެވެ.

Ad Image
Ads by

ހުޅުމާލޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް އާންމު ދިރިއުޅުމަށް ލުއިފަސޭހަކަން ގެނައުމަށްޓަކައި މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ފެށި މި މަޝްރޫއަކީ ޗައިނާގެ ރޮޓިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫއުގެ ދަށުން މިހާތަނަށް ތާރު އަޅާ މުޅިން ނިންމާލާފައިވާ ތިން ސަރަހައްދަކީ:

  • އެޕޯލޯ ފްލެޓްތަކުގެ ފަހަތުން އޮންނަ މަގު.
  • ވަން ސެންޓްރަލް ޕާކް ރެސިޑެންސްއާ އިންވެގެން އޮންނަ މަގު.
  • ރޭތިގަލް ރެސިޑެންސްއާ އިންވެގެން އޮންނަ މަގު.

މީގެ އިތުރުން، މިހާރު އެންމެ ހަލުވިކަމާއެކު މަސައްކަތް ކުރިއަށްދަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓްތަކުގެ ފަހަތުން، ކުރީގެ ފަރުކޮޅުފުއްޓާ ދިމާލަށް އޮންނަ މަގުގައެވެ. އެ ސަރަހައްދުގެ މަގުގެ ސަބްބޭސްގެ މަސައްކަތްތައް ފުރިހަމަކޮށް، މިހާރު ދަނީ އެ މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރަމުންނެވެ.

މި މަޝްރޫއުގެ ދަށުން މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ޒަމާނީ ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މުޅި މަޝްރޫއުގެ 46 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާއިރު، ހުޅުމާލޭގެ ހަލާކުވެފައިވާ މަގުތައް މަރާމާތުކުރުމަށް ފަށާފައިވާ ”ޕެޗްވޯކް“ މަސައްކަތުގެ 30 އިންސައްތަ ވެސް މިހާރު ވަނީ ނިންމާލެވިފައެވެ.

އެޗްޑީސީން ބުނީ މި މަޝްރޫއު އެއްކޮށް ނިމުމުން، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި މިހާތަނަށް ނުހެދި ހުރި ހުރިހާ މަގުތަކެއް ތަރައްގީކުރެވި، ވިނަރެސް ސަރަޙައްދުގެ މަގުތަކާއެކު އާންމުން ދިރިއުޅޭ ހުރިހާ ސަރަޙައްދެއްގެ ދަތުރުފަތުރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި