Wednesday, 9 September 2026
Ads by

ޕޯސްޓް މެދުވެރިކޮށް އެތެރެކުރަން އުޅުނު 5 މިލިއަން ރުފިޔާގެ ޑްރަގް އަތުލައިގެންފި

ޕޯސްޓް މެދުވެރިކޮށް އެތެރެކުރަން އުޅުނު 5 މިލިއަން ރުފިޔާގެ ޑްރަގް އަތުލައިގެންފި

ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު 3.6 ކިލޯގްރާމްގެ ސިންތެޓިކް ކެތިނޯން، މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގަނެފިއެވެ.

Ad Image
Ads by

މި ތަކެތީގެ މަގުމަތީ އަގު ފަސް މިލިއަން ދިވެހި ރުފިޔާއަށްވުރެ މަތިވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

ކަސްޓަމްސްއިން ބުނި ގޮތުގައި މި މަސްތުވާތަކެތި ފެނިފައިވަނީ މަހުގެ 18 ވަނަ ދުވަހު ކަސްޓަމްސްއިން ހިންގި އޮޕަރޭޝަނެއްގައި ރާއްޖެއަށް އެތެރެކުރި ޕޯސްޓް ޕާރުސަލުތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.

ތަހުލީލުތަކުން މި ތަކެއްޗަކީ ސިންތެޓިކް ކެތިނޯން ކަމަށް ކަސްޓަމްސްއިން ކަށަވަރުކޮށްދީފައިވެއެވެ.  ޖުމްލަ 3.6 ކިލޯގްރާމްގެ މި ބާވަތުގެ މަސްތުވާތަކެތީގެ މަގުމަތީ އަގު ފަސް މިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާނެކަމަށް އެ އިދާރާއިން އަންދާޒާކުރެއެވެ.

މި މައްސަލައާ ގުޅިގެން އިތުރު ތަފުސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

އާންމު އުސޫލުގެ މަތިން މިފަދަ މައްސަލަތަކުގައި އަތުލައިގަނެވޭ ތަކެތި އިތުރަށް ތަހުގީގުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކުރެއެވެ. މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިވާކަން ނުވަތަ މި ތަކެތި އެތެރެކޮށްފައިވަނީ ކޮން ގައުމަކުންކަން އަދި އެނގިފައެއް ނުވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި