Monday, 28 September 2026
Ads by

ގަލްފް ހޮޓެލްސް ގްރޫޕުން ރާއްޖޭގައި ލަގްޒަރީ ރިސޯޓެއް ތަރައްގީކުރަނީ

ގަލްފް ހޮޓެލްސް ގްރޫޕުން ރާއްޖޭގައި ލަގްޒަރީ ރިސޯޓެއް ތަރައްގީކުރަނީ

ބަހުރެއިންގެ މަޝްހޫރު ގަލްފް ހޮޓެލްސް ގްރޫޕުން ރާއްޖޭގެ ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑާ ގުޅިގެން ރާއްޖޭގައި އާ ލަގްޒަރީ ރިސޯޓެއް ތަރައްގީކުރުމަށް ރަސްމީކޮށް އެއްބަސްވެއްޖެ އެވެ.

Ad Image
Ads by

މި މަޝްރޫއާ ގުޅޭ ގޮތުން ދެ ކުންފުނީގެ ދެމެދުގައި އިއްޔެ ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން އެ ރިސޯޓު ތަރައްގީކޮށް ހިންގުމަށްޓަކައި ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފެއްދުމަށް ދެ ފަރާތުން ވަނީ ނިންމާފަ އެވެ. މި މަޝްރޫއުގައި އިކުއިޓީ އިންވެސްޓަރެއްގެ ގޮތުންނާއި ރިސޯޓުގެ އޮޕަރޭޓަރުގެ ހައިސިއްޔަތުން ގަލްފް ހޮޓެލްސް ގްރޫޕުން ހަރަކާތްތެރިވާނެ އެވެ.

މި ރިސޯޓު ތަރައްގީކުރަން ހަމަޖެހިފައިވަނީ ކ. އަތޮޅުގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 15 އާއި 25 މިނެޓާ ދެމެދުގެ ދުރުމިނެއްގައި އޮންނަ ފަޅެއްގަ އެވެ. މިއީ ސިންގަލް އައިލެންޑް ކޮންސެޕްޓަށް ތަރައްގީކުރާ ލަގްޒަރީ ރިސޯޓެކެވެ. ރިސޯޓުގެ ވިލާތަކުގެ ގޮތުގައި ބީޗްފްރަންޓް އަދި އޯވަ ވޯޓާ ވިލާތައް ހިމެނޭއިރު، ކޮންމެ ވިލާއެއްގައި ވެސް އަމިއްލަ ޕްރައިވެޓް ޕޫލެއް ހުންނާނެ އެވެ. މީގެ އިތުރުން ވެލްނަސް ފެސިލިޓީތަކާއި ހާއްސަ ހަފްލާތައް ބޭއްވޭނެ ވަސީލަތްތައް ވެސް މި ރިސޯޓުގައި ގާއިމުކުރާނެ އެވެ.

ގަލްފް ހޮޓެލްސް ގްރޫޕުގެ ސީއީއޯ އަހްމަދު ޖަނާހީ ވިދާޅުވީ، މިއީ އެ ކުންފުނިން ރާއްޖޭގައި ތަރައްގީކުރާ ފުރަތަމަ ރިސޯޓަށް ވުމާ އެކު، މިއީ ވަރަށް މުހިންމު މަޝްރޫއެއް ކަމަށެވެ. ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ސޮފްވާން އަހްމަދު ވިދާޅުވީ، ދެ ކުންފުނީގެ ތަޖުރިބާ އެއްކޮށްލައިގެން ބައިނަލްއަގްވާމީ ފެންވަރުގެ ލަގްޒަރީ ރިސޯޓެއް ތަރައްގީ ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ގަލްފް ހޮޓެލްސް ގްރޫޕަކީ ހޮސްޕިޓާލިޓީ ދާއިރާގައި 50 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ. އެ ކުންފުނީގެ ވިޔަފާރީގެ ވިއުގަ ބަހުރެއިންގެ އިތުރުން ޔޫއޭއީ އާއި އެފްރިކާގެ އެކި ގައުމުތަކުގައި ފުޅާކޮށް ހިންގަމުން އަންނަ އިރު، އޭގެ ތެރޭގައި ހޮޓާތަކާއި ރިސޯޓުތަކުގެ އިތުރުން ކޮންވެންޝަން ފެސިލިޓީތައް ވެސް ހިމެނެ އެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
easha
'އަދަދު' ނޫހުގެ ޑޮކިއުމެންޓްރީ މައްސަލައިގައި އީޝާގެ މައްޗަށް ގަޒުފުގެ ދައުވާ އުފުލައިފި
ihusaan
ރާއްޖެއަށް ބިދޭސީން މަސްތުވާތަކެތި އެތެރެކުރުން އެކީ ހުއްޓުވާނެކަމުގެ ޔަގީންކަން ވަޒީރު އިހުސާން ދެއްވައިފި
mnu
ދިވެހިރާއްޖޭގައި ޔުނިވަރސިޓީތައް ހިންގުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައިފި
download - 2026-09-27T202702
އދ. ގެ ދަތުރުފުޅު ނިންމަވާލައްވައި ނައިބު ރައީސް މާލެވަޑައިގެންފި
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260926_230416
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު އިރާޤުން އީރާނުގެ ފްލައިޓްތައް ހުއްޓުވުމުން އީރާނުން އިންޒާރުދީފި
Irasha ekimv
ކައުންސިލަރު އިރާޝާގެ ދެކޮޅުނުޖެހޭ ވާހަކަތަކަކީ ތަރައްޤީއަށް އެޅޭ ބޮޑު ހުރަހެއް!
download - 2026-09-25T231058
މަޑުއްވަރީގައި ބިދޭސީ އަންހެނަކަށް މާރާމާރީ ހިންގައި ފައިސާ ފޭރުނު ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260926_230416
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު އިރާޤުން އީރާނުގެ ފްލައިޓްތައް ހުއްޓުވުމުން އީރާނުން އިންޒާރުދީފި
Irasha ekimv
ކައުންސިލަރު އިރާޝާގެ ދެކޮޅުނުޖެހޭ ވާހަކަތަކަކީ ތަރައްޤީއަށް އެޅޭ ބޮޑު ހުރަހެއް!
download - 2026-09-25T231058
މަޑުއްވަރީގައި ބިދޭސީ އަންހެނަކަށް މާރާމާރީ ހިންގައި ފައިސާ ފޭރުނު ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފި