Wednesday, 9 September 2026
Ads by

މާލޭގެ 2 ސަރަހައްދެއްގައި އަލިފާނުގެ ހާދިސާއެއް!

މާލޭގެ 2 ސަރަހައްދެއްގައި އަލިފާނުގެ ހާދިސާއެއް!

މުނިޔާ މަގުގައި ހުރި ގޭގައި އަލިފާނުގެ ހާދިސާ ހިނގުން--- ފޮޓޯ: އެމްއެންޑީއެފް

މާލޭގެ ދެ ސަރަހައްދެއްގައި އަލިފާނުގެ ހާދިސާތަކެއް ހިނގައިފިއެވެ.

Ad Image
Ads by

އެގޮތުން މާލޭގެ މުނިޔާމަގުގައި ހުރި ގެއެއްގައި މިއަދު ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު، ގަލޮޅުގައި ހުރި ގެއެއްގައިވެސް އަލިފާނުގެ ހާދިސާއެއް ހިނގާފައިވާކަމުގެ ރިޕޯޓުތައް ވަނީ ލިބިފައެވެ.

މި ހާދިސާއާ ގުޅޭގޮތުން ފުލުހުން ބުނީ، މ. މުނިޔާމަގުގައި ހުރި އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބުމާއެކު، ފުލުހުން އެ ސަރަހައްދަށް ގޮސް މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި، އަލިފާން ނިއްވުމަށްޓަކައި ފަޔަރ އެންޑް ރެސްކިއު ޓީމުން ދަނީ އެ ސަރަހައްދުގައި މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ. ނަމަވެސް، އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަކީ މަގު ހަނިވުމުގެ ސަބަބުން ފަޔަރ ލޮރީއަށް ވަދެނިކުމެ ހެދުމަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވެފައިވާ ސަރަހައްދެކެވެ. ޚާއްޞަކޮށް، އަލިފާން ރޯވި ގެ ހުންނަ މަގަކީ ފަޔަރ ލޮރީއަށް ވަދެވޭ ފަދަ ތަނަވަސް މަގެއް ނޫންކަން އެމްއެންޑީއެފުން ފާހަގަކުރެއެވެ.

ގަލޮޅުގައި ހުރި ގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކަމާ ގުޅުން ހުރި އިދާރާތަކުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. މިހާދިސާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، އެ އިދާރާގެ ޓީމުތަކުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި، ހާލަތު ބަލަމުންދާ ކަމަށެވެ.

މި ހާދިސާތަކުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރަސްމީ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ. ކަމާބެހޭ އިދާރާތަކުން ދަނީ މި ހާދިސާތައް އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި