Wednesday, 9 September 2026
Ads by

މަސްވެރިކަން އަންނަނީ ރަނގަޅުވަމުން: މިހާރު ދުވާލެއްގެ މައްޗަށް 50 ޓަނުގެ މަސް ކިރާ!

މަސްވެރިކަން އަންނަނީ ރަނގަޅުވަމުން: މިހާރު ދުވާލެއްގެ މައްޗަށް 50 ޓަނުގެ މަސް ކިރާ!

ދޯންޏަކުން މަސްވެރިކަން ކުރަނީ---

ރާއްޖޭގެ މަސްވެރިކަން ކުރިއަށްވުރެ ރަނގަޅުވެ، ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 50 ޓަނުގެ މަސް ކިރުވަމުންދާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ހާމަކޮށްފިއެވެ.

Ad Image
Ads by

މިފްކޯއިން މިކަން ހާމަކޮށްފައިވާއިރު، ވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގެ މަސްވެރިކަން އޮތީ ވަރަށް ބޮޑަށް ދަށްވެފައެވެ. މިކަން އެންމެ ބޮޑަށް ހާމަވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައި މަސްވެރިންނަށް ދޫކޮށްފައިވާ ފައިސާގެ އަދަދުތަކުންނެވެ. އެގޮތުން މިދިޔަ މަހު 11.3 މިލިއަން ރުފިޔާ މަސްވެރިންނަށް ވަނީ ދޫކޮށްފައެވެ.

މިއަހަރު މަސްވެރިކަން އެންމެ ރަނގަޅުވެފައިވަނީ މިދިޔަ އޭޕްރީލް މަހުގައެވެ. އެގޮތުން އޭޕްރީލް މަހު ޖުމުލަ 78.8 މިލިއަން ފުފިޔާ ވަނީ މަސްވެރިންނަށް ދޫކޮށްފައެވެ.

މިފްކޯއިން ބުނެފައިވާ ގޮތުގައި، މިދިޔަ ދުވަސްތަކުގައި މަސްވެރިކަން ދަށްވެފައިވަނީ ބޮޑުތިލަދުންމަތިން ފެށިގެން ދެކުނަށްވެސް އެންވެރިކަން ދަށްވުމާ ގުޅިގެންނެވެ. ޖޫން މަހުގެ ބައެއް ދުވަސްތަކުގައި ދުވާލެއްގެ މައްޗަށް ދޫކުރި ފައިސާގެ އަދަދު 200,000 ރުފިޔާއަށްވުރެ ދަށަށް ގޮސްފައިވީ ނަމަވެސް، މިއީ ހުޅަނގު މޫސުމުގެ ބާރުގަދަވުމާއެކު ކޮންމެ އަހަރެއްގެވެސް ޖޫން އަދި އޯގަސްޓް މަހު އާންމުކޮށް މަސްވެރިކަން ދަށްވާ ދުވަސްވަރެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

މިހާރު މަސްވެރިކަން އަލުން ރަނގަޅުވާން ފަށާފައިވާކަން ފާހަގަކުރަމުން މިފްކޯއިން ބުނެފައިވަނީ، ކުރިއަށް އޮތް ދުވަސްތަކުގައި މަސް ކިރުވާ މިންވަރު 50 ޓަނަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިވަގުތު މަސްވެރިކަން އެންމެ ރަނގަޅީ ޅ. އަތޮޅު ހިމެނޭ ސަރަހައްދުގައެވެ.

މަސްވެރިކަން ދަށްވި ދުވަސްވަރުވެސް، މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ވަނީ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އިނގިރޭސިވިލާތުން ރާއްޖޭގެ ކަނޑުމަހަށް ޓެރިފް ނެގުން މެދުކަނޑާލުމާ ގުޅިގެން، މިފްކޯއިން ވަނީ މަސްގަންނަ އަގު މަތިކޮށްފައެވެ. މިދިޔަ ޖޫން މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން މިފްކޯގެ ބަނދަރުތަކުން މަސް ކިލޯއެއް ގަންނަމުންދަނީ 20 ރުފިޔާގެ މަގުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި