Wednesday, 9 September 2026
Ads by

މުއުމިނުންގެ ސިފަތަކަށް ރައްކާތެރިވެއްޖެ މީހަކީ ފަލާޙާއި ކާމިޔާބު ލިބިފައިވާ މީހެއް: ޚުޠުބާ

މުއުމިނުންގެ ސިފަތަކަށް ރައްކާތެރިވެއްޖެ މީހަކީ ފަލާޙާއި ކާމިޔާބު ލިބިފައިވާ މީހެއް: ޚުޠުބާ

ދަރުސް ޕްރޮގްރާމެއް: މިއަދުގެ ޚުޠުބާގައި ބުނެފައި ވަނީ މުއުމިނުންގެ ސިފަތަކަށް ރައްކާތެރިވެއްޖެ މީހަކީ ފަލާޙާއި ކާމިޔާބު ލިބިފައިވާ މީހެއް ކަމަށް - ފޮޓޯ:އިސްލާމިކް މިނިސްޓްރީ

މުއުމިނުންގެ ސިފަތަކަށް ރައްކާތެރިވެއްޖެ މީހަކީ ފަލާޙާއި ކާމިޔާބު ލިބިފައިވާ މީހެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

Ad Image
Ads by

މުއުމިނުންގެ ސިފަތަކުގެ މައްޗަށް އަލިއަޅުވާލައި ޚުޠުބާގައި ބުނީ އެ ސިފަތަކުގެ ތެރެއިން ފުރަތަމަ ސިފައަކީ ފަރުޟު ފަސް ނަމާދަށް ރައްކާތެރިވުން ކަމަށެވެ. ނަމާދުގައި މަޑުމޮޅިވެ، އެ ނަމާދު މާތް ﷲ ޤަބޫލުކުރައްވާނެ ކަމުގެ އުންމީދުގައި ތިބެ އެކަލާނގެ އަޛާބަށް ބިރުވެތިވެ ނަމާދުގައި ޚުޝޫޢަތްތެރިވުން ކަމަށެވެ.

ޚުޠުބާގައި ބުނެފައި ވަނީ މުއުމިނުންގެ ދެވަނަ ސިފައަކީ ބޭކާރު ވާހަކަތަކާއި ބޭކާރު ކަންތަކުން ދުރުވުން ކަމަށެވެ. އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު މީސްމީޑިއާ އާއި ޚަބަރު ފަތުރާ ވަސީލަތްތަކުގައި ލިޔެ، ދައްކާ ބޭކާރު ވާހަކަތަކާއި ޙަޤީޤަތާ ދުރު ކަންކަމުގައި މަޝްޣޫލުވެ އުޅުމަކީ ދެރަ ކަމެއް ކަމަށެވެ. އަދި ޙަޤީޤަތެއް ކަމުގައި ވިޔަސް، ކޮންމެ ވާހަކައަކީ ފަތުރަން ޖެހޭ ވާހަކައެއް ނޫން ކަމަށެވެ. ލިޔެ، ބުނެއުޅޭ، ކޮންމެ ޖުމްލައަކީ ޤިޔާމަތް ދުވަހު އެއާ މެދު ސުވާލުވެވޭނެ ޖުމްލައެއް ކަމަށެވެ. އެހެންކަމުން ބުނެ އުޅޭ ވާހަކަތައް ﷲ ރުއްސަވާ ވާހަކަތަކަކަށް ހަދަން ޖެހޭ ކަމަށާއި ވާހަކައެއް ފެތުރުމުގެ ކުރިން އެ ވާހަކައަކީ އާޚިރަތަށް އަސަރުކުރާނެ ވާހަކައެއް ކަމުގައި ވިސްނުމަށް ފަހު، އެކަމާ މެދު ގޮތެއް ނިންމަން ޖެހޭ ކަމަށެވެ.

މުއުމިނުންގެ ތިންވަނަ ސިފައެއް ކަމުގައި ވަނީ މުދަލު ޒަކާތް ނެރުމެވެ. ނިޞާބު ހަމަވެ، އަހަރެއްވުމުން އެ މުދަލުން ކަނޑައެޅިފައިވާ މިންވަރު، ޒަކާތުގެ ބެހެނިވެރިންނަށް ނެރުމަށް ވަނީ އަންގަވާފައިވާ ކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ.

މުއުމިނުންގެ ހަތަރުވަނަ ސިފައަކީ ލަދުވެތި ގުނަވަނަށް ރައްކާތެރިވުންކަން ފާހަގަކޮށް މިއަދުގެ ޚުޠުބާގައި ބުނި ގޮތުގައި އެ ގުނަވަނަށް ރައްކާތެރިވުމަކީ ޒިނޭފަދަ ބޮޑެތި ފާފަތަކުންނާއި ފާޙިޝް ކަންތައްތަކުން ދުރުހެލިވުން ކަމުގައެވެ. ފާޙިޝް ވާހަކަތައް ދެއްކުމާއި އެފަދަ މަންޒަރުތައް ބެލުން ވެސް ވާނީ ފުރިހަމަ ގޮތުގައި ލަދުވެތި ގުނަވަނަށް ރައްކާތެރިނުވުން ކަމުގައެވެ.

ހުކުރު ޚުޠުބާގައި މުއުމިނުންގެ ކިބައިގައި ހުންނަން ޖެހޭ ފަސްވަނަ ސިފައެއް ކަމުގައި ބުނެފައި ވަނީ އަމާނާތްތަކަށާއި އަޙުދުތަކަށް ރައްކާތެރިވުން ކަމަށެވެ. އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީ ވެސް ކޮންމެވެސް ސިފައެއްގައި އަމާނާތެއް ޙަވާލުވެވިފައިވާ މީހެއް ކަމަށެވެ. އަމާނާތަކީ ހަމައެކަނި އަތަށް މީހަކު ރައްކާކުރަންދޭ ފައިސާ އެކަނި ނޫން ކަަމަށާއި އެންމެ މުހިންމު އަމާނާތަކީ އަހަރެމެންނާ މާތް ﷲ ޙަވާލުކުރައްވާފައިވާ އެކަލާނގެ ފަރުޟުތައް ކަމަށެވެ. އަދި އަޅުތަކުންނާ ގުޅިފައިވާ ޙައްޤުތަކަކީ ވެސް އަމާނާތެއް ކަމަށެވެ.

މުއުމިނުންގެ ސިފަތަކުގެ ތެރެއިން ހަވަަނަ ސިފައަކީ ނަމާދުތަކަށް ރައްކާތެރިވުންކަން ފާހަގަކޮށް ޚުޠުބާގައި ބުނީ ފަސް ނަމާދު އޭގެ ވަގުތުގައި އަދާކުރަން ޖެހޭ ކަމަށެވެ. ނަމާދުގެ ވާހަކަ ތަކުރާރުވުމުން އެނގެނީ ނަމާދަށް ދެވިފައިވާ އަހައްމިއްޔަތުކަން ކަމަށެވެ.

ޚުޠުބާގައި ބުނީ މި ހަ ކަންތަކަށް ރައްކާތެރިވެއްޖެ މީހަކީ ފަލާޙާއި ކާމިޔާބު ލިބިއްޖެ މީހެއް ކަމަށެވެ. އެފަދަ މީހުންނަކީ ސުވަރުގޭގެ ވާރުތަވެރިން ކަމަށާއި އެތަނުގައި އެ މީހުން އަބަދުގެ އަބަދަށް ދެމި ތިބޭނެ ކަމަށް މިއަދުގެ ޚުޠުބާގައި ވަނީ ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި