Thursday, 12 February 2026
Ads by

އާރަށު މައްސަލާގައި ޔޫސުފު ނައީމުގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލުކޮށް އަލުން ބެލުމަށް އަމުރުކޮށްފި

އާރަށު މައްސަލާގައި ޔޫސުފު ނައީމުގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލުކޮށް އަލުން ބެލުމަށް އަމުރުކޮށްފި

ވ. އާރަށުގެ މައްސަލައިގައި ކުރީގެ މަޖިލިސް މެމްބަރު ޔޫސުފު ނައީމުގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް ބާތިލުކޮށް އަލުން އެމައްސަލަ ބެލުމަށް ހައިކޯޓުން ކްރިމިނަލް ކޯޓުގެ މައްޗަށްކޮށްފި އެވެ.

Ad Image
Ads by MN Maldives

ވ. އާރަށު މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ރިޝްވަތު ދިންކަން ސާބިތުވެ ކުރީގެ މަޖިލިސް މެމްބަރު ޔޫސުފް ނައީމަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް މިދިޔަ ޑިސެމްބަރު މަހު ކްރިމިނަލް ކޯޓުން ވަނީ ކޮށްފަ އެވެ.
މި މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑާ ކުރި ކަމުގެ ކުށް ސާބިތުވެ، ރައީސް ޔާމީން ވަނީ 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފަ އެވެ.

މި މައްސަލައިގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ޓޫޖީ ޕްރައިވެޓް ލިމިޓެޑަށް ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރަން އާރަށް ހޯދުމުގެ މުގާބިލުގައި 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ޔާމީނަށް ދިން ކަމާއި އަދި އެ ފައިސާ ރައީސް ޔާމީން ނަންގަވައި ލޯންޑާކުރިކަން ސާބިތުވެފައިވެ އެވެ.

އެ މައްސަލަ އިސްތިއުނާފް ކުރަން އެ ދެ ބޭފުޅުންގެ ފަރާތުން ހުށަހަޅާފައިވެ އެވެ.

ހައިކޯޓުން އެ މައްސަލާގެ އިސްތިއުނާފުގެ ހުކުމް އިއްވާފައިވަނީ ދަށު ކޯޓުގެ ނިންމުން ބާތިލުކޮށް، އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް ފޮނުވުމަށް އަމުރުކޮށްފައެވެ.
ހައިކޯޓުގައި މި މައްސަލައިގެ ހުކުމް އިއްވި ބެންޗްގައި ތިއްބެވި ފަނޑިޔާރު ހަސަން ޝަފީއު, ފަނޑިޔާރު ޚުޒައިފާ މުހައްމަދު އަދި މުހައްމަދު ސަލީމެވެ.

ހައިކޯޓުގެ ހުކުމުގައި ފަނޑިޔާރު ވިދާޅުވީ، ރިޝްވަތު ދިނުމުގެ ކުށް ޔޫސުފް ނައީމުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވަނީ ކުށުގެ އުންސުރުތައް ސާބިތުކޮށްދެވިފައިވާކަން އެނގެން ނެތް ހާލަތެއްގައިކަމަށް ޔޫސުފް ނައީމުގެ ފަރާތުން ބުނާބުނުން ގަބޫލުކުރެވޭ ކަމަށެވެ. މި މައްސަލައިގައި ޔޫސުފް ނައީމު އޭރުގެ ރައީސް ޔާމީނަށް ރިޝްވަތުގެ ގޮތުގައި 1 މިލިއަން ޑޮލަރުދިނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއް ތަރައްގީ ކުރުމަށް އޭނާގެ ހިއްސާ އޮންނަ ކުންފުންޏަށް ވ. އާރަށް ކުށްޔަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މުގާބިލުގައި ކަމަށްބުނެ ދައުވާކޮށްފައިވާއިރު ޔާމީންގެ އޮފިޝަލް އެކްޓްއަކީ ކޮބައިކަން ސާފުކޮށް ބަޔާން ކޮށްދެވިފައިވާތީ ނުފެންނަ ކަމަށްވެސް ފަނޑިޔާރު ވިދާޅުވި އެވެ.

ހައިކޯޓުގެ ފަނޑިޔާރުން ބުނެފައިވަނީ، ދައުލަތުން 2022 އޮކްޓޫބަރު 4 ވަނަ ދުވަހު ހާމަކުރި ހެކިތަކަށް ރިއާޔަތްކޮށް އެ ހެކިތަކަށް ބުރަދަންދީގެން ޔޫސުފް ނައީމުގެ މައްޗަށް ދައުވާ ސާބިތުވާކަމަށް އިއްވި ހުކުމަކީ ޤާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއްކަމަށްވާތީ އެހެކިތައް އެއްފަރާތްކުރުމަށްފަހު ދައުވާއާމެދު ދަށު ކޯޓުން ގޮތް ކަނޑައަޅަންޖެހޭ ކަމަށް ނިންމަން ފެންނަ ކަމަށެވެ.

ހައިކޯޓުން ދެން ހުކުމް އިއްވާނީ ރައީސް ޔާމީންގެ މައްޗަށެވެ. ނަމަވެސް ނަމާދު ވަގުތަށް ޝަރީއަތް ވަނީ މެދުކަނޑާލާފަ އެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
raees muiz
ޞިއްޙީ ދާއިރާއިން އެންމެ ނުފޫޒުގަދަ 100 ޝަޙްޞިއްޔަތުގެ ތެރޭގައި ރައީސް މުޢިއްޒު
IMG_7480
މިއަދު އަޅުގަނޑުމެން މިނިވަންކަމާއެކު ނޭވާލާން ދިމާވި އެއް މަދަދުގާރަކީ މޫސާ ޖަލީލް: ނިމާލް
WhatsApp Image 2026-02-11 at 20.48
ކުރެންދޫގައި ބިނާކުރި މަސްޖިދުލް ސިއްދީޤް ހުޅުވައިފި
WhatsApp Image 2026-02-11 at 20.48
އިސްލާމީ ޢިލްމުގައި ފާހަގަކޮށްލެވޭ ފޮތެއްގެ ދިވެހި ތަރުޖަމާ ނެރެފި
Ads by
މަގުބޫލު
shujjaa
ރައީސް މުޢިއްޒު ވަޒީރުކަމުން، މޭޔަރުކަމުން، ރައީސްކަމަށް، މާލެއަށް އޮތް ލޯތްބަށް ބަދަލެއް ނާދޭ: ޝުޖާއު
shuja
އެމްޑީޕީ މަޖްލިސް މެންބަރުން ތިބެނީ ހަމައިގަ ހެނެއް ހިއެއްނުވޭ: ޝުޖާއު
arif
ސަރުކާރު ޖަވާބުދާރީ ކުރުވަން އެހެންބަޔަކު ބޭނުމެއްނުވޭ، އެކަން ރައީސް އެބަ ކުރައްވާ: އަލީ އާރިފް
breaking
އިންތިޚާބަކާ ނުލައި 2 ދާއިރާއެއްގެ ކައުންސިލް ގޮނޑިތަކެއް ޕީއެންސީއަށް
shujjaa
ރައީސް މުޢިއްޒު ވަޒީރުކަމުން، މޭޔަރުކަމުން، ރައީސްކަމަށް، މާލެއަށް އޮތް ލޯތްބަށް ބަދަލެއް ނާދޭ: ޝުޖާއު
shuja
އެމްޑީޕީ މަޖްލިސް މެންބަރުން ތިބެނީ ހަމައިގަ ހެނެއް ހިއެއްނުވޭ: ޝުޖާއު
arif
ސަރުކާރު ޖަވާބުދާރީ ކުރުވަން އެހެންބަޔަކު ބޭނުމެއްނުވޭ، އެކަން ރައީސް އެބަ ކުރައްވާ: އަލީ އާރިފް
breaking
އިންތިޚާބަކާ ނުލައި 2 ދާއިރާއެއްގެ ކައުންސިލް ގޮނޑިތަކެއް ޕީއެންސީއަށް