Wednesday, 9 September 2026
Ads by

ބޮޑުތަކުރުފާނު މަގުން ހަދަމުން އަންނަ ބައިގައި ތާރު އަޅަން ފަށައިފި

ބޮޑުތަކުރުފާނު މަގުން ހަދަމުން އަންނަ ބައިގައި ތާރު އަޅަން ފަށައިފި

މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ފޮރިން މިނިސްޓްރީއާ ހަމައަށް ތާރު އަޅައި ނިންމައިފި އެވެ.

Ad Image
Ads by

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން، މިހާރު ތާރު އަޅައި ނިމިފައިވާ ބަޔަކީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ފޮރިން މިނިސްޓްރީގެ އިމާރާތާ ހަމައަށެވެ.

މި މަސައްކަތް ރޭ ދަންވަރު ނިންމާފައިވާއިރު، ފޮރިން މިނިސްޓްރީން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ތާރު އެޅުމުގެ މަސައްކަތް ކުރިއަށް އޮތް ހަފުތާގެ ނިޔަލަށް ނިންމުމަށް ވަނީ އަމާޒު ހިފައިފަ އެވެ. މި މަގު އާންމު ދަތުރުފަތުރަށް ހުޅުވާލާނީ މަސައްކަތުގެ ބާކީ ބައި ވެސް ފުރިހަމަކުރުމަށް ފަހު އެވެ.

މިދިޔަ މާޗު މަހުގެ 23 ވަނަ ދުވަހު ފެށި މި މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ. ޖުމުލަ 455 ދުވަހުގެ ތެރޭގައި ނިންމަން ކަނޑައަޅާފައިވާ މި މަޝްރޫއުގެ ދަށުން، މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން މަސައްކަތް އެއްކޮށް ނިންމައި އާންމުންނަށް ހުޅުވާލުމަށް އެމްޓީސީސީން މަސައްކަތް ކުރަމުން ދެ އެވެ. ކުރިން ގާ އަތުރާފައި އޮތް މި މަގު ވަރަށް ބޮޑަށް ހަލާކުވެ، ދަތުރުފަތުރަށް އުނދަގޫތަކެއް ކުރިމަތިވެފައި އޮތުމުން، މި މަސައްކަތަކީ އެ ސަރަހައްދުގެ ތޮއްޖެހުމަށް ލުޔެއް ގެނެސްދޭނެ މުހިންމު ފިޔަވަޅެކެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތާ އެކު، އެ މަގުގެ ފުޅާމިން ވަނީ ދެގުނައަށް އިތުރުކޮށްފަ އެވެ. މީގެ އިތުރުން، މަގުގެ އެއް ފަޅީގައި ޕާކުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، މަސްވެރިންނަށް ހާއްސަ ޕާކު ސަރަހައްދެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ހާއްސަކޮށް ސައިކަލުތައް ޕާކުކުރެވޭނެ ހާއްސަ ސަރަހައްދެއް ބޭންކް އޮފް މޯލްޑިވްސްގެ މައި އިމާރާތުގެ ކުރިމަތިން ހެދުމަށް ވަނީ ނިންމާފަ އެވެ. މީގެ ކުރިން ނޯތު ހާބަރުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް ތާރު އަޅައި ނިންމާފައިވާ ސަރަހައްދުތަކުން ވެސް ޓްރެފިކްގެ ތޮއްޖެހުން ކުޑަވެ، އާންމު ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބެމުންދާކަން ފާހަގަކުރެވެ އެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި