Wednesday, 9 September 2026
Ads by

ހިމަބިހި ޖެހޭ މީހުން އިތުރުވަނީ، ޕޮޒިޓިވްވި މީހުންގެ އަދަދު 121 އަށް

ހިމަބިހި ޖެހޭ މީހުން އިތުރުވަނީ، ޕޮޒިޓިވްވި މީހުންގެ އަދަދު 121 އަށް

މި އަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހީގެ 121 ކޭސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

Ad Image
Ads by

އެޗްޕީއޭއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ ހަފްތާގައި އެކަނިވެސް މާލެ ސަރަހައްދުން ހިމަބިހީގެ 55 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. މި ބަލިމަޑުކަމާއެކު ރާއްޖޭގައި ހިމަބިހި ފެތުރޭ މިންވަރު އިތުރުވެފައިވާއިރު، މިއީ އާންމު ސިއްހަތަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ. ބަލި ފެތުރުން ހުއްޓުވުމަށް ވެކްސިން ދިނުމުގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާކަން ހާމަކުރަމުން، މިހާތަނަށް 5،495 ފަރާތަކަށް ވެކްސިން ދެވިފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ ފަރާތްތަކުން ލަސްނުކޮށް ވެކްސިން ފުރިހަމަކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. ވެކްސިން ދިނުމަށްޓަކައި މާލެ ސަރަހައްދުގެ ޔޫޕީއެޗްސީސީ، ހުޅުމާލެ ހޮސްޕިޓަލް، ސެނަހިޔާ ހޮސްޕިޓަލް، އަދި ވިލިމާލެ ހޮސްޕިޓަލުގައި ޚާއްސަ ވަގުތުތަކެއް ވަނީ ކަނޑައަޅާފައެވެ. މި މަރުކަޒުތަކުން ހެނދުނާއި މެންދުރުގެ ވަގުތުތަކުގައި ވެކްސިން ދިނުމުގެ ޚިދުމަތް ލިބޭނެއެވެ.

މީގެ އިތުރުން، ބަލި ޖެހިފައިވާ މީހުންނާ ކޮންޓެކްޓްވި ފަރާތްތަކަށް ޚާއްސަކޮށްގެން ވެސް ވެކްސިން ދިނުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާއިރު، އެޗްޕީއޭއިން ކަނޑައަޅާފައިވާ ގަޑިތަކުގައި އެ މަރުކަޒުތަކަށް ދިއުމަށް އިރުޝާދު ދީފައިވެއެވެ.

ރާއްޖޭގައި ހިމަބިހި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ބައިނަލްއަގުވާމީ ފަރާތްތަކުގެ އެއްބާރުލުން ލިބެމުންދެއެވެ. މިގޮތުން، އިންޑިއާ ސަރުކާރުން ވަނީ 20،000 ޑޯޒްގެ ހިމަބިހި ވެކްސިނާއި ތިން ޓަނުގެ ސިއްހީ ސާމާނު ހަދިޔާކޮށްފައެވެ. މީގެ އިތުރުން މާލޭގެ އިތުރުން އަތޮޅުތަކުގެ ސިއްހީ މަރުކަޒުތަކުން ވެސް ވެކްސިން ލިބޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.

ރާއްޖެއިން ކުރިން ނައްތާލާފައިވާ ހިމަބިހީގެ ކޭސްތައް އަލުން ފެންނަން ފެށީ މިދިޔަ މެއި މަހުގެ މެދުތެރެއިން ފެށިގެންނެވެ. ރާއްޖޭގައި ހިމަބިހި ޖަހާ އެމްއާރު ވެކްސިން ތައާރަފުކުރީ 1983 ވަނަ އަހަރުގައެވެ. ދެހާސް ސަތާރަ ވަނަ އަހަރު ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައެޅި ނަމަވެސް، އޭގެ ފަހުން ވެސް މަދު ހާލަތްތަކެއްގައި މި ބަލި ފެނިފައިވެއެވެ.

މިހާރު މި ބަލި ފެތުރޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިފައިވުމުން، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުން މުހިންމު ކަމަށް ސިއްހީ މާހިރުން ބުނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި