Wednesday, 9 September 2026
Ads by

ތިލަމާލެ ބްރިޖް މަޝްރޫއުގެ %75 މަސައްކަތް ނިންމާލައިފި

ތިލަމާލެ ބްރިޖް މަޝްރޫއުގެ %75 މަސައްކަތް ނިންމާލައިފި

ތިލަމާލެ ބްރިޖް---

މާލެ ސަރަހައްދުގައި މިވަގުތު ކުރިއަށްދާ އެންމެ ބިޔަ އުމްރާނީ ތަރައްގީގެ މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖްގެ އަމަލީ މަސައްކަތުގެ ބޮޑުބައެއް ނިމި، މުޅި މަޝްރޫޢުގެ 75 އިންސައްތަ މިހާރު ފުރިހަމަކުރެވިފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.

Ad Image
Ads by

އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން 2022 ވަނަ އަހަރު ފެށި މި މަޝްރޫއުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މުޅި މަޝްރޫއުގެ ޖުމްލަ 74.90 އިންސައްތަ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ. މިވަގުތު މިނިސްޓްރީން އެންމެ ބޮޑު އިސްކަމެއްދީގެން ކުރިއަށްގެންދަނީ ބްރިޖުގެ ތަނބުތައް ގުޅާލުމަށް ބޭނުންވާ ޑެކްތައް އިންސްޓޯލްކުރުމުގެ މަސައްކަތެވެ.

މާލެ އާއި ވިލިމާލެއާ ދެމެދު ބްރިޖު ގުޅާލުމަށްޓަކައި މިހާރު ނުނިމި އޮތީ ހަމައެކަނި މެދުތެރޭގެ ސެގްމަންޓް ޑެކްގެ މަސައްކަތްތައް އެކަންޏެވެ.

މިވަގުތު ސައިޓުގައި އެންމެ ހަލުވިކަމާއެކު ކުރިއަށްދަނީ ބްރިޖުގެ ޑެކަށް ބޭނުންވާ ސެގްމަންޓުތައް ކާސްޓްކުރުމާއި އެ ތަކެތި ހަރުކުރުމުގެ މަސައްކަތެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ބްރިޖަށް ބޭނުންވާ ޖުމްލަ 1,222 ސެގްމަންޓުގެ ތެރެއިން 90.4 އިންސައްތަ ސެގްމަންޓް މިހާރު ވަނީ ކާސްޓްކޮށް ނިންމާފައެވެ. މީގެ ތެރެއިން 72.9 އިންސައްތަ ސެގްމަންޓް މިހާރު ވަނީ ބްރިޖުގެ ތަނބުތަކުގައި ހަރުކޮށް، ތަނބުތައް ގުޅާލުމަށް ބޭނުންކޮށްފައެވެ.

ދިމާވި އެކި ގޮންޖެހުންތަކާ ހުރެ މަސައްކަތްތަކަށް ކޮންމެވެސް ވަރެއްގެ ލަސްތަކެއް ކުރިމަތިވި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރުގެ ނިޔަލަށް މުޅި މަޝްރޫއު އެއްކޮށް ނިންމައި އާންމު ދަތުރުފަތުރަށް ބްރިޖު ހުޅުވާލުމެވެ. މި މަޝްރޫއަށް 500 މިލިއަން ޑޮލަރު ހޭދަވާނެއެވެ. އެއީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި، 400 މިލއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި