Sunday, 26 July 2026
Ads by

ބެލްޖިއަމުން އެމެރިކާގެ މޫނުމަތީގައި މިޖެހީ ވަރުގަދަ އެތިފަހަރެއް، ޓްރަމްޕަށް ހަޖަމުވާނެބާ؟

ބެލްޖިއަމުން އެމެރިކާގެ މޫނުމަތީގައި މިޖެހީ ވަރުގަދަ އެތިފަހަރެއް، ޓްރަމްޕަށް ހަޖަމުވާނެބާ؟

ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގެ މެޗުގައި ބެލްޖިއަމް އަތުން 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ އެމެރިކާ ކަޓާފައި ވާއިރު މިއީ އެމެރިކާގެ މޫނުމަތީގައި ބެލްޖިއަމުން ޖެހި ވަރުގަދަ އެތިފަހަރެކެވެ.

Ad Image
Ads by

ސިއެޓްލްގެ ލޫމަން ފީލްޑްގައި ކުޅުނު މި މެޗުން އެމެރިކާ ބަލިވުމާއެކު، އެ ގައުމުގެ ސަޕޯޓަރުންނަށް ވަނީ ބޮޑު މާޔޫސްކަމެއް ކުރިމަތިވެފައެވެ.

މި މެޗު ފެށުމުގެ ކުރިންވެސް ވަނީ ބޮޑެތި ހޫނު ބަހުސްތަކެއް އުފެދިފައެވެ. އެގޮތުން، އެމެރިކާގެ ފޯވާޑް ފޯލަރިން ބަލޯގަންއަށް ފީފާއިން ކުރި ސަސްޕެންޝަން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނުފޫޒާއެކު އުވާލުމުން ގިނަ ބައެއްގެ ފާޑުކިޔުން ފީފާއަށް އަމާޒުވިއެވެ. ނަމަވެސް، މެޗުގައި ބަލޯގަންގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ.

މެޗުގެ 9 ވަނަ މިނެޓުގައި ޗާލްސް ޑި ކެޓެލެއާ ވަނީ ބެލްޖިއަމަށް ލީޑު ނަގައިދީފައެވެ. އޭގެ ފަހުން ހޭންސް ވަނާކެން ލަނޑެއް ޖަހައި ފަރަގު ބޮޑުކުރިއިރު، ބެލްޖިއަމްގެ ތިންވަނަ ލަނޑުވެސް ޖެހީ ޑި ކެޓެލެއާއެވެ. މެޗުގެ ނަތީޖާ ކަށަވަރުކޮށްދިން ހަތަރުވަނަ ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ރޮމެލޫ ލުކާކޫއެވެ. ލަނޑަށްފަހު ބެލްޖިއަމްގެ ކުޅުންތެރިން ވަނީ ރައީސް ޓްރަމްޕްގެ މަޝްހޫރު ނެށުމާ ވައްތަރު ގޮތަކަށް އުފާފާޅުކޮށް، ސޯޝަލް މީޑިއާގައި އެމެރިކާއަށް މަލާމާތް ރައްދުކޮށްފައެވެ.

މެޗުގެ ކުރިން ބެލްޖިއަމްގެ ސަޕޯޓަރުން ވަނީ ”ފީފާ މާފިއާ“ ގޮވާ އަޑުއުފުލާފައެވެ. އެއީ އެހެން ގައުމުތަކުގެ ކުޅުންތެރިންނާއި ރެފްރީންނަށް ވިސާގެ މައްސަލަ ކުރިމަތިވުމުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެކަމާ އަޅާނުލައި، އެމެރިކާގެ ކުޅުންތެރިޔާގެ ސަސްޕެންޝަން އުވާލުމުގައި ތަފާތުކުރުން ގެންގުޅުއްވުމުންނެވެ.

މެޗަށްފަހު ބެލްޖިއަމްގެ ކެޕްޓަން ޔޫރީ ޓީލެމަންސް ބުނީ، ބަލޯގަންގެ މައްސަލައިގައި ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ކަމަށާއި، އެކަމުގެ ޖަވާބު ދަނޑުމަތީގައި ދެއްކުނީތީ އުފާކުރާ ކަމަށެވެ. ބެލްޖިއަމްގެ ރެޑް ޑެވިލްސްގެ ރަސްމީ އެކައުންޓުން ވަނީ ”މި ނަތީޖާވެސް ބަދަލުކޮށްބަލަ“ (Overturn this) ޖަހައި އެމެރިކާއަށް މަލާމާތްކޮށްފައެވެ.

24 އަހަރަށްފަހު ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދިއުމަށް އެމެރިކާ ކުރި އުންމީދު ފެނަށް ދިޔައިރު، ބެލްޖިއަމް ދެން ބައްދަލުކުރާނީ އަންނަ ހުކުރު ދުވަހު ލޮސް އެންޖެލިސްގައި ސްޕެއިންއާއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި