Thursday, 8 October 2026
Ads by

ދުއާއަކީ ރައީސް ޔާމީނަށް އިންސާފު ލިބި އެމަނިކުފާނު މިނިވަންވުން: ރައީސް

ދުއާއަކީ ރައީސް ޔާމީނަށް އިންސާފު ލިބި އެމަނިކުފާނު މިނިވަންވުން: ރައީސް

ރައީސް ޔާމީން އަދި ރައީސް މުޢިއްޒު: ދުއާއަކީ ރައީސް ޔާމީނަށް އިންސާފު ލިބި އެމަނިކުފާނު މިނިވަންވުން ކަމަށް ވިދާޅުވި - ފޮޓޯ:ރައީސް އޮފީސް

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޖަލަށްލުމަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފު މައްސަލާގައި ހުކުމް ކުރުމަށް މިއަދަށް ތާވަލުކޮށްފައިވާތީ، އެ އަޑުއެހުމުގައި އެމަނިކުފާނަށް އިންސާފު ލިބި މިނިވަންވާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގައި ގައްދޫ ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ މުޙައްމަދު ޢަލީގެ ކެމްޕެއިން އިވެންޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެން ބޭއްވެވި އެންމެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް އެމަނިކުފާނު ގޮވާލެއްވި ކަމަށެވެ. ޖެހިގެން އައި ދުވަހު އެކަން އޭރުގެ ސަރުކާރުން ކޮށްދެއްވި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވެފައި ވަނީ ރައީސް ޔާމީނުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް އިސްތިއުނާފް ކުރުމަށް ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ދިގުލައިގެން ގޮސްފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި އިންސާފުވެރިކަމާ އެކު އަވަހަށް މައްސަލަ ނިންމައިދިނުމަށް މީގެކުރިން ގޮވާލައްވާފައިވާނެ ކަމަށެވެ.

އެހެންނަމަވެސް މިފަދަ މައްސަލަތަކަށް އެމްޑީޕީން ވަންނަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެން އެކަން ވަނީ ޖޭއެސްސީގެ ތެރޭގައި ވެސް އެމްޑީޕީގެ މެޖޯރިޓީ އޮތުމުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ މައްސަލާގައި މިހާ ދުވަސްވީއިރު އެކަމުގެ ކަންބޮޑުވުން ފާޅުކުރުމާ އެކު ވެސް އަޅާ ނުލައި ބާއްވާފައި، އެކަން ކުރަން އެމްޑީޕީން ބޭނުންވުމުން ޝެޑިއުލްކުރާ ކަަމުގައެވެ.

”އެކަން މި ސާބިތު ވަނީ މީގެ ދުވަސްކޮޅެއް ކުރިން ނޫންތޯ މަޖިލީހުގެ ރައީސް ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ މައްސަލަ ލަސްވާތީ އެކަން ބަލަން ޖޭއެސްސީން ހުށަހަޅާނަމޭ. ހަމަ އެ ވާހަކަ ވިދާޅުވިތާ ދެތިން ދުވަސް ތެރޭގައި މިހާރު އެ އޮތީ މާދަމާއަށް ޝެޑިއުލްކޮށްފައި. މިއޮއްހާ ދުވަހު އެ ބޭފުޅުން ހިފެހެއްޓީ ނޫންތޯ،“ ރައީސް ވިދާޅުވިއެވެ.

ޖުޑީޝަރީގައި އެމްޑީޕީގެ ކޮންޓްރޯލް އޮތް ކަމަށް ތުހުމަތުކުރައްވައި ރައީސް ވިދާޅުވީ ޖޭއެސްސީ އޮތީ މިހާރުގެ މަޖިލީހުގެ މެޖޯރިޓީ އޮތް ބޭފުޅުންގެ އަތުގައި ކަމަށެވެ. ޖޭއެސްސީގެ ރައީސަކީ އެމްޑީޕީގެ ބޭފުޅެއް ކަމަށާއި މަޖިލީހުގެ ރައީސަކީ އެމްޑީޕީ ބޭފުޅެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި އިންނަވާ ކަމަށެވެ. އަދި މަޖިލީހުގެ މެމްބަރެއް ޖޭއެސްސީގައި އިންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

”އެމްޑީޕީގެ ރައީސް ބޭނުންވީމަ އެއޮތީ އެގޮތަށް އެކަންވެފައި [މާދަމާއަށް ރައީސް ޔާމީންގެ މައްސަލަ ތާވަލުކޮށްފައި]. އަޅުގަނޑު ވަރަށް އުފާކޮށްފިން އެހެންވީމަ. އަޅުގަނޑުގެ ދުއާއަކީ ރައީސް ޔާމީން މިނިވަންވެގެން އައުން. މާދަމާގެ ޝަރީއަތުގެ މަޖިލިސް ބޭއްވޭނެ ކަމަށް މައުލޫމާތު ލިބިފައި އޮތީ. އަޅުގަނޑުގެ ދުއާއަކީ އެމަނިކުފާނަށް އިންސާފު ލިބި އެމަނިކުފާނު މިނިވަންވުން،“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ޖޭއެސްސީއަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް އެމަނިކުފާނު ހައްދަވައިދެއްވާނެ ކަމުގައެވެ. އެކަމަކު އެކަން ކުރެވެން އޮތީ ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވެފައި ވަނީ އެކަމަށް މަޖިލީހުގެ މެޖޯރިޓީ ބޭނުންވާ ކަމަށެވެ. ކުރިއަށް އޮތް އިންތިހާބުގައި ސަރުކާރުގެ ކެންޑިޑޭޓުން ހޮވައިދެއްވުމަށް ވެސް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-07T221050
20 ބިލިއަން ޑޮލަރުގެ ރަސްމާލެ މަޝްރޫޢު ކުރިއަށްގެންދާ އީގަލް ހިލްސްގެ ޗެއާމަން އަލާއްބާރު ރާއްޖެ ވަޑައިގެންފި
big_ZinVy9dL1ondaGRbLXAopj4K9
ކައުންސިލްތަކަށް ދޫކުރި ބްލޮކް ގްރާންޓް 12 އިންސައްތަ އިތުރުވެ 1.8 ބިލިއަން ރުފިޔާއަށް އަރައިފި
20261008_080232
65 އަހަރު ފަހުން އެމެރިކާގައި މަރުގެ ޙުކުމް: ޢަދަބު ދެނީ މުސްލިމް ޤައުމުތަކުގައި އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކާ ދެކޮޅުވެ 13 އެމެރިކާ ސިފައިން މަރާލި ނިދާލަށް
Yamin 565
ޔާމީން ވެރިކަމަށް ކުރިމަތިލިޔަނުދޭން ސަރުކާރުން އުޅޭކަމަށް ތުހުމަތުކޮށްފި
Ads by
މަގުބޫލު
ފްލައިދުބާއީ ބޯޓު ވައްޓާލަން އުޅުނު މައްސަލައިގައި، ދުބާއީން ދެ ދިވެއްސަކު ހައްޔަރުކޮށްފި
Fuad 252
ދިވެހިޖީޕީޓީއަށް ބައްޕަގެ އަޑު އެޅީ އާއިލާއަށް އެންގުމެއް ނެތި: ފުއާދު ތައުފީޤު
IMG_20261001_070015_035
ރަސްމާލެ މަޝްރޫއު: ބިން ވިއްކަނީއެއް ނޫން، ހެވެއް ނޭދޭ ތާނގައި ތެދެއްވެސް ނުހަދަނީ!
gam
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެމްބަރު އަލްއުސްތާޛާ ފާޠިމަތު ސައުސަން ނިޔާވެއްޖެ
ފްލައިދުބާއީ ބޯޓު ވައްޓާލަން އުޅުނު މައްސަލައިގައި، ދުބާއީން ދެ ދިވެއްސަކު ހައްޔަރުކޮށްފި
Fuad 252
ދިވެހިޖީޕީޓީއަށް ބައްޕަގެ އަޑު އެޅީ އާއިލާއަށް އެންގުމެއް ނެތި: ފުއާދު ތައުފީޤު
IMG_20261001_070015_035
ރަސްމާލެ މަޝްރޫއު: ބިން ވިއްކަނީއެއް ނޫން، ހެވެއް ނޭދޭ ތާނގައި ތެދެއްވެސް ނުހަދަނީ!
gam
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެމްބަރު އަލްއުސްތާޛާ ފާޠިމަތު ސައުސަން ނިޔާވެއްޖެ