Sunday, 25 October 2026
Ads by

އުޒުރަކާ ނުލައި ސްކޫލަށް ނުދާ ދަރިވަރުންނަށް ފިޔަވަޅު އަޅަން އަންގައިފިން: ޝަފީއު

އުޒުރަކާ ނުލައި ސްކޫލަށް ނުދާ ދަރިވަރުންނަށް ފިޔަވަޅު އަޅަން އަންގައިފިން: ޝަފީއު

އެޑިއުކޭޝަން މިނިސްޓަރު އިސްމާޢީލް ޝަފީޢު--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެއްވެސް އުޒުރެއް ނެތި ދަރިވަރުން ސްކޫލަށް ނުދާ މައްސަލައަކީ ސަރުކާރުން ނުހަނު ސީރިއަސްކޮށް ބަލަމުންދާ މައްސަލައެއް ކަމަށާއި، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ހުރިހާ ސްކޫލުތަކަށް އަންގާފައިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ނެޝަނަލް އެސެސްމަންޓް އޮފް ލަރނިން އައުޓްކަމްސް ރިޕޯޓް އާންމުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝަފީޢު ވަނީ، މި ދުވަސްވަރު 8،000 އެއްހައި ދަރިވަރުން ސްކޫލަށް ނުދާކަން ފާހަގަކުރައްވާފައެވެ. މިއީ ތައުލީމީ ދާއިރާއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝަފީޢު ވިދާޅުވީ، ސްކޫލަށް ނުދާ ދަރިވަރުން ދެނެގަނެ، އެކަމަށް ބޮޑު އިސްކަމެއްދީގެން މަސައްކަތް ފެށުނީ ޕީޕީއެމްގެ ސަރުކާރެއްގައި ކަމަށެވެ. ނަމަވެސް، ވޭތުވެދިޔަ އެމްޑީޕީ ސަރުކާރުގައި މި މޮނިޓަރިންގ މެކެނިޒަމް ނިޒާމު ވަރަށް ބޮޑަށް ދަށްވެގެން ދިޔަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

”އޭރުގައި ސުކޫލަށް ނުދާކުދިން ދެނެގަނެ، ސުކޫލަށް ކުދިން ގެނައުމުގެ މަސައްކަތް ފެށިގެން ދިޔައީ. ނަމަވެސް އެމްޑީޕީއަށް ވެރިކަން ލިބުމާއެކު މި މޮނިޓަރިން މެކެނިޒަމް ވަރަށް ބޮޑަށް ދަށްވެގެން ދިޔައީ. އެޓެންޑެންސް ޕޮލިސީއެއް އޮވޭ. އެކަމަކު އޭގައި ވާގޮތުން ސުކޫލުތަކުން ރިޕޯޓްކުރަން މިޖެހެނީ މިހާ ކުދިން ނަދެޔޭ. ވަކި މުއްދަތުތަކެއް ހުރޭ. ތިން ދުވަސް. 10 ދުވަސް. އެގޮތަށް ކަނޑައަޅަފައި ހުރޭ ލޯންގް އެބްޒެންޓިޒަމްއަކީ 10 ދުވަހޭ. ޖެހިޖެހިގެން ތިން ދުވަހު ނައިއްސިނަމަ ރިޕޯޓްކުރަންޖެހޭނެއޭ. މިނިސްޓްރީއަށް ލިބެމުންދިޔައީ އެ މައުލޫމާތު ސުކޫލްތަކުން ފޮނުވީމާ،“ – މިނިސްތަރު ޝަފީޢު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އަލަށް ގެނެވޭ ބަދަލާއެކު ކޮންމެ ދުވަހެއްގެ އެޓެންޑެންސް މިނިސްޓްރީއަށް ފޮނުވަން ސްކޫލުތަކަށް މަޖުބޫރުވާނެ ކަމަށާއި މިގޮތަށް ދުވަހުން ދުވަހަށް މައުލޫމާތު އެއްކުރަން ފެށުމުން، ގިނަ އަދަދެއްގެ ދަރިވަރުން ސްކޫލަށް ނުދާކަން ސާފުކޮށް ދެނެގަނެވިގެންދާނެ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި