Sunday, 27 September 2026
Ads by

ކޮތަޅު ބޮނޑި ވިއްކާއިރު އިތުރު ފީއެއް ނުނަގާ ގޮތަށް ގާނޫނު ބަދަލުކުރަނީ

ކޮތަޅު ބޮނޑި ވިއްކާއިރު އިތުރު ފީއެއް ނުނަގާ ގޮތަށް ގާނޫނު ބަދަލުކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޕްލާސްޓިކް ކޮތަޅުން ނަގާ ފީ، ކޮތަޅު ގަނޑުކޮށް ގަންނަ މީހުން ދައްކަން ނުޖެހޭ ގޮތަށް ހެދުން ހިމެނޭހެން، ކުނި މެނޭޖްކުރުމުގެ ގާނޫނަށް އިސްލާހުތަކެއް ގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ ބަހުސް މިއަދު ފަށައިފިއެވެ.

Ad Image
Ads by

ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒް ހުށަހެޅުއްވި މި ބިލުގައިވާ ގޮތުން، 50 ކޮތަޅަށް ވުރެ ގިނައިން ހުންނަ ކޮތަޅުބޮނޑި ހިމަނާނީ ޕްލާސްޓިކް ކޮތަޅުން ނަގާ ފީ އިން އިސްތިސްނާވާ ބާވަތެއްގެ ގޮތުގައެވެ. މިއީ ކޮތަޅު ބޮނޑި ގަންނައިރު ކޮންމެ ކޮތަޅަކަށް ދެ ރުފިޔާ ނެގުމުގެ ސަބަބުން އާންމުންނަށް ކުރިމަތިވަމުންދާ ތަކުލީފުތަކަށް ހައްލެއް ހޯދުމަށް ހުށަހެޅި ބަދަލެކެވެ.

ކުނި މެނޭޖްކުރުމުގެ ގާނޫނުގެ 32 ވަނަ މާއްދާގައި މިހާރު އޮތީ ފީ ނެގުމުން އިސްތިސްނާވާ ތިން ބާވަތެކެވެ. އެއީ:

  • ޑިއުޓީފްރީ ފިހާރަތަކުން ދޭ ނުވަތަ ވިއްކާ ކޮތަޅު.
  • ބަންދުނުކޮށް ހުންނަ ތާޒާ މަސް އަޅަން ބޭނުންކުރާ ކޮތަޅު.
  • ކުނި މެނޭޖްކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ނުވަތަ އެކަމާ ބެހޭ އެހެން އިދާރާއަކުން، ކުނި އަޅަން ހާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ ބިންލައިނާ.

މިއަދު ބަހުސް ފެށި ބިލުގައި ހުށަހަޅާފައިވަނީ އެ މާއްދާއަށް އަކުރެއް އިތުރުކޮށް، 50 އަށްވުރެ ގިނަ ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި، އިސްތިސްނާގެ ތެރޭގައި ހިމެނުމަށެވެ.

މީގެ އިތުރުން، ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގެ ނިޒާމަށް ގެންނަން ހުށަހަޅާފައިވާ އަނެއް މުހިންމު ބަދަލަކީ ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައި ނުވާ ތަންތަނުން ދޫކުރާ ކޮތަޅަށް ވެސް ފީ ނަގާ ގޮތަށް ހަމަޖެއްސުމެވެ. އަދި އެގޮތަށް ނަގާ ފީއާ މެދު އަމަލުކުރާނެ ގޮތުގެ ގަވައިދެއް ހަދަން މިނިސްޓްރީއަށް ލާޒިމު ކުރުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ.

ސަރުކާރުން ހުށަހެޅި މި ބިލުގައިވާ ގޮތުން، ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައި ނުވާ ފަރާތްތަކުން ވެސް ޕްލާސްޓިކް ކޮތަޅަށް ފީ ނަގާކަން ކަށަވަރުކުރުމަކީ މިނިސްޓްރީން ކުރަންޖެހޭ ކަމެކެވެ. ކުނި މެނޭޖްކުރުމުގެ ގާނޫނު މިހާރު އޮތް ގޮތުން ޕްލާސްޓިކް ކޮތަޅުން ނަގާ ފީ ތަކުރާރުކޮށް އެތައް ފަހަރަކު ނަގަންޖެހުމުގެ ސަބަބުން ބައެއް ފަރާތްތަކުން ދިޔައީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި