Friday, 19 July 2024
Ads by

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހިންގި ހަތަރު ޕްރޮޖެކްޓެއް ނިންމައިފި

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހިންގި ހަތަރު ޕްރޮޖެކްޓެއް ނިންމައިފި

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހިންގި ހަތަރު ޕްރޮޖެކްޓެއް ވަނީ ނިންމާފައި - ފޮޓޯ:ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ ‘ކޮމިއުނިޓީ ފަންޑު’ ގެ ދަށުން ހަތަރު ޕްރޮޖެކްޓެއް ނިންމާފައިވާ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލުން ބުނީ ސ. ހިތަދޫގައި މޯލްޑިވްސް މަންތާ ކޮންޒަވޭޝަން ޕްރޮގްރާމުގެ ދަށުން ވަނީ ‘ރަށްވެށި ޕްރޮގްރާމް’ އެއް ބާއްވާފައި ކަމަށެވެ. މި ޕްރޮގްރާމުގެ ދަށުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރަން މަންތާ ސާރވޭ ފީލްޑްޓްރިޕް ހިމެނޭހެން އެއް މަހުގެ މެރިން އެޑިއުކޭޝަން ކޯހެއް ހިންގާފައިވާ ކަމަށް އެ ބޭންކުން ބުނެއެވެ. ބީއެމްއެލުން ބުނެފައި ވަނީ އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް އެ ޖަމިއްޔާއިން ކުރަމުންދާ ރިސާރޗް މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދިނުމާ އެކު، ކަނޑުދަތުރުކުރާ ފަރާތްތަކާ އިންޓަވިއުކޮށް އެ ފަރާތްތަކަށް ކަނޑާ ގުޅޭގޮތުން ލިބިފައިވާ އަގުނުކުރެވޭނެ ފަދަ މައުލޫމާތުތައް ރެކޯޑުކޮށް، އެ ކަންކަން ބަލައި އެކަމާ ގުޅޭ ރިޕޯޓެއް ޝާއިއުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ބޭންކުގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ހދ. ނެއްލައިދޫގެ ފަތޯ ސްޕޯޓްސް އެކަޑެމީން ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް ހިންގަން އެހީތެރިވުމަށް ކުޅިވަރާ ގުޅޭ ސާމާނު ވަނީ ގަނެފައި ކަމަށް ބީއެމްއެލުން ބުނެއެވެ. މި ޕްރޮގްރާމުގެ ދަށުން އުމުރުން 6 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށް ފުޓްބޯޅަ، ހޭންޑްބޯލް އަދި ވޮލީބޯޅަ ކުޅުމުގެ ޓްރެއިނިންގ ޕްރޮގްރާމް ހިންގުމަށް އެ އެކަޑެމީން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ކޮމިއުނިޓީ ފަންޑުން މ. މުލަކުގައި، އެ ރަށު ކޮމިއުނިޓީ އެމްޕަވަރމަންޓް ލިންކޭޖްގެ ފަރާތުން މުލަކު ސްކޫލުގައި ރީޑިންގ ޕާކެއް ވަނީ ތަރައްގީކޮށްފައެވެ. ބީއެމްއެލުން ބުނި ގޮތުގައި މި ޕްރޮޖެކްޓުގެ މަގުސަދަކީ ދަރިވަރުންގެ މެދުގައި ފޮތް ކިޔުމަށް ލޯބި އިތުރުކުރުން ކަމުގައެވެ.

މީގެ އިތުރުން އެސޯސިއޭޝަން އޮފް ލޭޑީ އެންޓަރޕްރެނަރސްއިން ލައިފް ކޯޗިންގ އަދި ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމެއް އއ. އުކުޅަސް، ހއ. މާރަންދޫ އަދި ހއ. ތަކަންދޫގައި ކުރިއަށް ގެންގޮސްފައިވާ ކަމަށް ބީއެމްއެލުން ބުނެއެވެ. އެ ބޭންކުން ބުނީ އަންހެނުންނަށް އަމާޒުކޮށް ހިންގި މި ޕްރޮގްރާމުގައި ސެލްފް އެމްޕަވަރމަންޓް، ސްޓްރެސް މެނޭޖްކުރުން، ކޮމިއުނިކޭޝަން، ޑިޖިޓަލް މާކެޓިންގ އަދި އިންޓްރޮޑަކްޝަން ޓު ބިޒްނަސް ފަދަ ދާއިރާތަކުން ވަނީ މައުލޫމާތު ހިއްސާކޮށްފައި ކަމަށެވެ.

ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 100 ޕްރޮޖެކްޓެއް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދީފައި ކަމަށް ބީއެމްއެލުން ބުނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
ibu mother
ކުރީގެ ރައީސް ޞާލިހްގެ މަންމާފުޅު އަވަހާރަވެއްޖެ
DSC_2970
މުސްތަޤްބަލުގައި ޤައުމަށް ފައިދާހުރި ދަރިންތަކެއް ބިނާކުރުމަށް މިކަންކަމަށް ސަމާލުކަންދީ!
old-hands
ހީނަރުވެފައިވާ ގުޅުންތައް ބަދަހިކުރުމަށް އިސްކަންދޭންވީ މިކަންތައްތަކަށް!
358230_17f4375f-3_
ސިޑްސްގައި ބައިވެރިވެ ވަޑައިގަތުމަށްފަހު ރައީސް މާލެ ވަޑައިގެންފި
Ads by
މަގުބޫލު