Wednesday, 9 September 2026
Ads by

ޔަމަނުގެ ހަނގުރާމަ އަލުން ހޫނުވުން: ހޫޘީންގެ ވަރުގަދަ ޙަމަލާއެއްގައި ސަރުކާރުގެ 16 ސިފައިން މަރުވެއްޖެ!

ޔަމަނުގެ ހަނގުރާމަ އަލުން ހޫނުވުން: ހޫޘީންގެ ވަރުގަދަ ޙަމަލާއެއްގައި ސަރުކާރުގެ 16 ސިފައިން މަރުވެއްޖެ!

ޑްރޯން އަދި މޯޓަރުގެ ޙަމަލާތަކެއް ދިނުމުގެ ކުރިން، ޙޫޘީ ޖަމާޢަތުގެ ހަނގުރާމަވެރިން ވަނީ ސަރުކާރަށް ތާއީދުކުރާ ސިފައިންނަށް ސްނައިޕަރުން މެދުވެރިކޮށް ޙަމަލާދީފައެވެ. އެންމެ ގިނަ ބަޔަކު މަރުވެ އަދި ޒަޚަމްވެފައިވަނީ މި ޙަމަލާތަކުގައެވެ. (އޭއެފްޕީ)

2022 ވަނަ އަހަރު އދ. މެދުވެރިވެގެން ޤާއިމްކުރި ސުލްޙައިގެ އެއްބަސްވުމަށްފަހު ޔަމަނުގައި ހިނގި އެންމެ ލޭއޮހޮރުވުން ބޮޑު ކުރިމަތިލުމުގައި، އެ ޤައުމުގެ ހުޅަނގު ރަތް ކަނޑު (ރެޑް ސީ) އައްސޭރިފަށުގައި އޮންނަ ޙުދައިދާ ޕްރޮވިންސްގައި ހޫޘީ ބާރުތަކުން ދިން ކުއްލި ޙަމަލާއެއްގައި ޔަމަނުގެ ސަރުކާރުގެ ކަމުގައި ބައިނަލްއަޤްވާމީ ގޮތުން ބަލައިގަނެފައިވާ ޕްރެސިޑެންޝިއަލް ލީޑަޝިޕް ކައުންސިލް (ޕީއެލްސީ) ޖަމާޢަތަށް ވަފާތެރި 16 ސިފައިން މަރުވެ، 22 މީހުން ވަރަށް ބޮޑަށް ޒަޚަމްވެއްޖެއެވެ. މިއީ ފާއިތުވި އެތައް އަހަރެއްގެ ތެރޭގައި ޔަމަނުގެ ފްރަންޓްލައިންގައި ހިނގި އެންމެ ނުރައްކާތެރި އަސްކަރީ ކުރިމަތިލުމެވެ.

Ad Image
Ads by

އަސްކަރީ އުކުޅުތަކާއި ކަނޑުގެ ބިރުވެރިކަން

ސަރުކާރުގެ އަސްކަރީ ކޮމާންޑަރުން ހާމަކުރި ގޮތުގައި، ހޫޘީންގެ ޙަމަލާ ފަށާފައިވަނީ ހުކުރު ދުވަހުގެ ރޭ ދަންވަރު ޙުދައިދާގެ ދެކުނުގައި އޮންނަ ’ހޭސް‘ ޑިސްޓްރިކްޓްގެ ޖަބަލް ދައްބާސް ސަރަޙައްދަށެވެ. ހޫޘީން ފުރަތަމަ ބޭނުންކުރީ މޮޅު ސްނައިޕަރުންނެވެ. އެއަށްފަހު މޯޓަރާއި ޑްރޯން ބޭނުންކޮށްގެން ސަރުކާރުގެ ބައެއް އަސްކަރީ ބަންކަރުތައް އެމީހުންގެ ދަށަށް ގެންދިޔައެވެ.

ނަމަވެސް ހޮނިހިރު ދުވަހުގެ ފަތިހު ސަރުކާރުގެ ސިފައިން ދިން ވަރުގަދަ ރައްދު ޙަމަލާއެއްގައި އެ ބިންތައް ވަނީ އަލުން ހިފާފައެވެ. ސަރުކާރުން ބުނާ ގޮތުގައި މި ހަނގުރާމައިގައި ހޫޘީންގެ 50 އަށްވުރެ ގިނަ ހަނގުރާމަވެރިން ވަނީ މަރުވެފައެވެ.

ވިޔަފާރި ބޯޓަކަށް ޙަމަލާދިނުމާއި އެންމެ މަތީ ތައްޔާރީ ޙާލަތު

މި ހަނގުރާމަ ހިނގަމުންދަނިކޮށް، އިނގިރޭސިވިލާތުގެ މެރިޓައިމް އެޖެންސީން (ޔޫކޭއެމްޓީއޯ) ބުނެފައިވަނީ ޙުދައިދާގެ ކައިރިން ރެޑްސީއިން ދަތުރުކުރި ބޮޑު މުދާ އުފުލާ ބޯޓަކަށް ހޫޘީންގެ ހަތިޔާރުއެޅި ކުދި ބޯޓުތަކަކުން ކައިރިވެ ބަޑީގެ ޙަމަލާތަކެއް ދީފައިވާ ކަމަށެވެ. ބޯޓުގެ ސެކިއުރިޓީން ރައްދު ޙަމަލާދިނުމުން ބޯޓު ވަނީ ސަލާމަތްވެފައެވެ.

ސަޢޫދީ ޢަރަބިއްޔާއިން އީރާނުގެ މަތިންދާބޯޓެއް ސަންޢާއަށް ޖެއްސުން ހުއްޓުވި މައްސަލައިގައި، ހޫޘީން ވަނީ ސައުދީގެ އެއާޕޯޓްތަކަށް ބޮޑެތި ޙަމަލާތަކެއް ދޭނެ ކަމަށް ހުކުރު ދުވަހު އިންޒާރުދީފައެވެ. މި ހާދިސާއާ ގުޅިގެން ޔަމަނުގެ ރިޔާސީ ކައުންސިލްގެ ރައީސް ރަޝާދު އަލް-ޢަލީމީ ވަނީ ހޫޘީންގެ ޙަރަކާތްތަކާ ދެކޮޅަށް މުޅި ސިފައިންގެ ނިޒާމު އެންމެ މަތީ އަސްކަރީ ތައްޔާރީ ޙާލަތަށް ގެނައުމަށް ކޮމާންޑަރުންނަށް އަމުރުކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި