Wednesday, 9 September 2026
Ads by

ރައީސް ވިދާޅުވީ ތަރައްގީއަށް ހުރަސް އަޅާނެ ބަޔަކު މަޖިލީހަށް ހޮވަންވީ ސަބަބެއް ނެތް ކަމަށް

ރައީސް ވިދާޅުވީ ތަރައްގީއަށް ހުރަސް އަޅާނެ ބަޔަކު މަޖިލީހަށް ހޮވަންވީ ސަބަބެއް ނެތް ކަމަށް

ޕީއެންސީގެ ޓިކެޓުގައި ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރައްވާ އިބުޓީގެ ޖަގަހަ ހުޅުވަން ބޭއްވި ޖަލްސާގައި އޭނާ އާއެކު ރައީސް އަދި ފަސްޓްލޭޑީ - ފޮޓޯ:ޕީއެންސީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ދޭންވީ ތަރައްގީއަށް ކަމަށާއި އެކަމަށް ހުރަސް އަޅާނެ ބަޔަކު މަޖިލީހަށް ހޮވަންވީ ސަބަބެއް ނެތް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރައްވާ އިބްރާހިމް މުޙައްމަދު (އިބުޓީ) ގެ ކެމްޕެއިން ޖަގަހަ ހުޅުވަން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ 19 ވަނަ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އެމްޑީޕީއަށް ލިބުނު ނަމަވެސް މާލޭގެ ރައްޔިތުންގެ ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލެއް ހޯދައިނުދެވުނު ކަމަށެވެ.

އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތް ފަށާފައިވާކަން ފާހަގަކުރައްވާ މުޢިއްޒު ވިދާޅުވެފައި ވަނީ ގައުމުގެ ކަންކަން އިސްލާހުކުރަން ދީފައިވާ މި ފުރުސަތުގައި އެކަމަށް އެެއްބާރުލުން ދޭނެ މެންބަރުން މަޖިލީހަށް ބޭނުންވާ ކަމަށެވެ. އަދި ކަންކަމަށް ހުރަސް އަޅާނެ ފަރާތްތަކެއް މަޖިލީހަށް ވައްދަންވީ ސަބަބެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”މި ކަންކަމަށް ހުރަސް އަޅާނެ ބަޔަކު ތިބޭފުޅުން ދާއިރާތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުން މަޖިލީހަށް ވައްދަންވީ ސަބަބެއް ނެތް. ތަރައްގީ ބޭނުންވޭ. ތަރައްގީ ގެނައުމަށްޓަކައި އަޅުގަނޑުމެން، ސަރުކާރު މި ތިބީ ރެ އާއި ދުވާލު މަސައްކަތް ކުރުމަށް. ތިއްބާ އެ އަށް ހުރަސް އަޅާނެ ބަޔަކު މަޖިލީހަށް ހޮވާނެ ސަބަބެއް އޮންނާނެ ކަމަށް އެއްވެސް ބަޔަކު ގަބޫލުކުރާނެހެން ހިއެއް ނުވޭ،“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުން ހަވާލުކުރި މަސައްކަތްތައް އެގޮތުގައި ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދޭނެ ސަރުކާރުގެ މެންބަރުންތަކެއް މަޖިލީހަށް ހޮވައިފި ނަމަ މި ފަސް އަހަރު ވެގެންދާނީ ރައްޔިތުން ފަހުރުވެރިވާނެ ފަސް އަހަރު ދުވަހަށް ކަމުގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި