Wednesday, 9 September 2026
Ads by

ތާރުމަގުގެ މަރާމާތަށް ގަލާއި ސިމެންތި ބޭނުންކުރުމަށްފަހު ކައުންސިލަރު ބުނީ ’ޑަން‘ ކަމަށް!

ތާރުމަގުގެ މަރާމާތަށް ގަލާއި ސިމެންތި ބޭނުންކުރުމަށްފަހު ކައުންސިލަރު ބުނީ ’ޑަން‘ ކަމަށް!

މާލޭ ބޮޑުތަކުރުފާނު މަގުގައި ގާއަތުރައި ސިމެންތި ޖަހައިގެން "މަރާމާތުކޮށްފައި"---

މާލޭގެ ވަށައިގެން އޮންނަ، ބޮޑުތަކުރުފާނު މަގުގެ ތާރުގަނޑު ހަލާކުވެ ހެދިފައިވާ ވަޅުގަނޑުތަކުގައި ގާއަތުރާލައި، ވަށައިގެން ސިމެންތި ޖަހާލުމުން އެ މަގުގެ މަރާމާތުގެ މަސައްކަތް ނިމުނީ ކަމަށް މާލެ ސިޓީ ކައުންސިލްގެ މައްޗަންގޯޅި އުތުރު ދާއިރާގެ ކައުންސިލަރު ޚަދީޖާ މުޙައްމަދު ބުނުމުން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.

Ad Image
Ads by

ބޮޑުތަކުރުފާނު މަގަކީ ކޮންމެ ދުވަހަކު އެތައް ހާސް އުޅަނދެއް ދުއްވާ އަދި ގިނަ އަދަދެއްގެ ބަޔަކު ހިނގާބިނގާވެ އުޅޭ މާލޭގެ މައި މަގެވެ. ނަމަވެސް، މާލެ ސިޓީ ކައުންސިލުން މި މަގު ބެލެހެއްޓުމުގައި އިހުމާލުވަމުންދާތީ މަގުގެ އެކި ސަރަހައްދުތަކުގައި ބޮޑެތި ވަޅުގަނޑުތައް ހެދި، ދުއްވާ އެއްޗެއްސަށާއި ހިނގާ މީހުންނަށް ވަނީ ބޮޑެތި ނުރައްކާތަކާ ކުރިމަތިލާން ޖެހިފައެވެ.

މި މައްސަލަ ބޮޑުވެ، އާންމު ރައްޔިތަކު މީސް މީޑިއާގައި ހިއްސާކުރި ފޮޓޯއަކާ ގުޅިގެން ކައުންސިލަރު ޚަދީޖާ ބުނެފައިވަނީ، އެ ވަޅުގަނޑުގައި ގާއަތުރާލައި ވަށައިގެން ސިމެންތި ޖަހާލުމުން މިހާރު އެ މަގުގެ މަރާމާތުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. ޚަދީޖާގެ މި ވާހަކަތަކާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އޭނާގެ މި ވާހަކަތަކަކީ ރައްޔިތުންނަށް ކޮށްފައިވާ މަލާމާތެއްގެ ގޮތުގައި ސިފަކުރަމުންނެވެ.

މީގެ މަދު އަހަރުތަކެއް ކުރިން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލެ ސިޓީގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު، ބޮޑުތަކުރުފާނު މަގުގެ ތާރުގަނޑަށް ލިބޭ ގެއްލުންތައް މަރާމާތު ކުރައްވަމުން ގެންދެވީ ފެންވަރު ރަނގަޅުކޮށް އަލުން ތާރު އަޅައިގެންނެވެ. ނަމަވެސް، މިހާރުގެ މޭޔަރު އާދަމް އާޒިމްގެ މޭޔަރުކަމުގައި މާލޭގެ މަގުތައް ބެލެހެއްޓުމުގެ އެއްވެސް ގާބިލުކަމެއް ނެތްކަން މިފަދަ ކަންކަމުން ހާމަވަމުންދާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

މީގެ އިތުރުން، މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި އެމްޑީޕީގެ ކައުންސިލަރުންގެ ފަރާތުން ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ވަރަށް ބޮޑަށް އިހުމާލުވުމުގެ އިތުރުން، ކައުންސިލަރުންގެ ނާގާބިލުކަމުގެ ސަބަބުން މާލޭގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުންދާކަމުގެ ޝަކުވާތައް ވަނީ އިތުރުވެފައެވެ. ތާރު މަގެއްގައި ގާއަތުރާލައި ސިމެންތި ޖަހާލުމުން އެއީ މަރާމާތުކުރުން ކަމަށް ބުނުމަކީ ކައުންސިލްގެ ނާގާބިލުކަން އިންތިހާއަށް ގޮސްފައިވާ މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި