Wednesday, 9 September 2026
Ads by

ޓްރާންސްޕޯޓާ ގުޅުންހުރި ހުރިހާ ހިދުމަތްތަކެއް ޑިޖިޓަލައިޒްކުރަނީ

ޓްރާންސްޕޯޓާ ގުޅުންހުރި ހުރިހާ ހިދުމަތްތަކެއް ޑިޖިޓަލައިޒްކުރަނީ

އިކޮނޮމިކް މިނިސްޓަރު ސަޢީދު--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޓްރާންސްޕޯޓް ދާއިރާގެ ހިދުމަތްތައް ހޯދުމުގައި އާންމު ރައްޔިތުންނަށް މިހާރު ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، ”ވަންގަވް“ މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު ސަޢީދު މި މޭރުމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މެންބަރުގެ އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މިހާރުވެސް މިނިސްޓްރީގެ ދަތުރުފަތުރުގެ ހިދުމަތްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންލައިން ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު އާންމުންނަށް ހުޅުވާލެވިފައިވާ ކަމަށެވެ. ނަމަވެސް، މިހާރު ބޭނުންކުރަމުންދާ ސިސްޓަމް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް މިހާރަށްވުރެ ލުއިފަސޭހަ ޒަމާނީ ނިޒާމެއްގެ ތެރެއިން ހިދުމަތް ދިނުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”މިހާރު ބޭނުންކުރަމުންދާ ސިސްޓަމަށްވުރެ ލުއިފަސޭހަ އަދި ޒަމާނީ ފުލް ޑިޖިޓަލް ސިސްޓަމެއް ވަންގަވް މެދުވެރިކޮށް ގާއިމްކުރުމުގެ މަސައްކަތް މި ވުޒާރާއިން މިހާރު ކުރަމުންދާ ވާހަކަ ދަންނަވާލަން،“ – މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޓްރާންސްޕޯޓްގެ ހިދުމަތްތައް ”ވަންގަވް“ ގެ ދަށަށް ބަދަލުވެގެން ދިއުމާއެކު، ހިދުމަތް ހޯދުމުގައި ހުރި އިދާރީ ދަތިތަކަށް ނިމުމެއް އަންނާނެއެވެ. އަދި މީގެ ސަބަބުން ރައްޔިތުންނަށް އަވަސް އަދި އިތުބާރު ހުރި ހިދުމަތެއް ލިބިގެންދާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.

ސަރުކާރުގެ އިދާރާތަކުން ރައްޔިތުންނަށް ދޭ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި