Sunday, 26 July 2026
Ads by

މެކްސިކޯ ބަލިކޮށް އިންގްލެންޑް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި

މެކްސިކޯ ބަލިކޮށް އިންގްލެންޑް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި

އިންގްލެންޑް އަދި މެކްސިކޯ ބައްދަލުކުރި މެޗުގެ ތެރެއިން---

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ގެ ބުރުގައި މެކްސިކޯ އާއި އިންގްލެންޑް ބައްދަލުކުރި ފޯރިގަދަ މެޗު، 2-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އިންގްލެންޑުން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފިއެވެ.

Ad Image
Ads by

މުޅި މެޗަށް ބަލާއިރު ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ މޮޅު ކުޅުމެއް ފެނިގެންގޮސްފައިވެއެވެ. މެކްސިކޯއިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެ، ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް އުފެއްދި ނަމަވެސް، އިންގްލެންޑުން ވަނީ ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފާ މެޗުގެ ކޮންޓްރޯލް ހޯދާފައެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހައި އިންގްލެންޑަށް ލީޑު ނަގައިދިނީ ރިޔާލް މެޑްރިޑްގެ ތަރި ޖޫޑް ބެލިންގްހަމްއެވެ. މިއީ މެޗުގެ 36 ވަނަ މިނެޓުގައި ބުކާޔޯ ސަކާ ނަގައިދިން ރީތި ހުރަހަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. އޭގެ ދެ މިނެޓު ފަހުން، މެޗުގެ 38 ވަނަ މިނެޓުގައި ކެޕްޓަން ހެރީ ކޭން ތަނަވަސްކޮށްދިން ފުރުސަތެއްގައި ބެލިންގްހަމް ވަނީ އިތުރު ލަނޑެއް ޖަހައި، އިންގްލެންޑުގެ ލީޑު ފުޅާކޮށްދީފައެވެ.

އިންގްލެންޑުން ދެ ލަނޑުގެ ލީޑެއް ނެގި ނަމަވެސް، މެކްސިކޯއިން ވަނީ ހިތްވަރު ދޫނުކޮށް ކުޅުން ވަރުގަދަކޮށްފައެވެ. އެގޮތުން ބެލިންގްހަމްގެ ދެވަނަ ލަނޑަށްފަހު ތިން މިނެޓު ނުވަނީސް، ހޫލިއަން ކިއުނޮނެންސް ވަނީ އޭރިޔާ ތެރޭގައި ހުރެ ފޮނުވާލި ހަމަލާއަކުން މެކްސިކޯއަށް ފަރަގު ކުޑަކޮށްދީފައެވެ.

މި ލަނޑާއެކު މެކްސިކޯއިން އިތުރަށް ކުރިއަށްޖެހި، އިންގްލެންޑުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލިއެވެ. ހާއްސަކޮށް އެ ޓީމުގެ ރައުލް ހިމެނޭޒަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. އޭނާ ފޮނުވާލި އެއް ބޯޅަ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް ދިޔައިރު، އަނެއް ހަމަލާ އިންގްލެންޑުގެ ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މުޅި މެޗުގައިވެސް ޕިކްފޯޑްގެ ފަރާތުން ވަނީ އިންގްލެންޑް މޮޅުވުމުގައި މުހިންމު ދައުރެއް އަދާކުރި މޮޅު ސޭވްތަކެއް ފެނިގެންގޮސްފައެވެ.

ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވަނީސް، އިންގްލެންޑްގެ ޖެރެލް ކުއަންސޯ މެކްސިކޯގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން، ވީއޭއާރުން ބެލުމަށްފަހު އޭނާއަށް ވަނީ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ. މެކްސިކޯގެ ގޯލްކީޕަރު އެންތޮނީ ގޯޑަންއަށް ކުރި ފައުލަކާ ގުޅިގެން މެޗުގެ 60 ވަނަ މިނެޓުގައި އިންގްލެންޑަށް ޕެނަލްޓީއެއް ލިބުނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް، އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައިދިނީ ހެރީ ކޭންއެވެ.

އޭގެ ފަހުން، ކޭން ގުޓިއެރޭޒްއަށް ކުރި ފައުލަކާ ގުޅިގެން މެކްސިކޯއަށް ވެސް ޕެނަލްޓީއެއް ލިބުނެވެ. މެޗުގެ 69 ވަނަ މިނެޓުގައި މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ރައުލް ހިމެނޭޒްއެވެ. މި މޮޅާއެކު ކުއާޓާ ފައިނަލުގައި އިންގްލެންޑް ބައްދަލުކުރަން ޖެހޭނީ، ބްރެޒިލް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދި ނޯވޭއާއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި