Wednesday, 9 September 2026
Ads by

ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުންނާ ގުޅޭ މައުލޫމާތު ހާމަކުރަން ރައީސް އޮފީހަށް އަންގައިފި

ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުންނާ ގުޅޭ މައުލޫމާތު ހާމަކުރަން ރައީސް އޮފީހަށް އަންގައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް--- ފޮޓީޯ: އެކި އެމްވީ

މި ސަރުކާރުން އައްޔަނުކޮށްފައިވާ ސިޔާސީ މުވައްޒަފުންގެ އަދަދާއި، އެ މުވައްޒަފުންގެ މުސާރައަށް ހިނގާ ހަރަދުތަކުގެ ތަފްސީލު ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން (އައިކޮމް) މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އަމުރުކޮށްފިއެވެ.

Ad Image
Ads by

އައިކޮމްއިން މިފަދަ އަމުރެއް ނެރެފައިމިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ”އަދަދު“ ނޫހުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

އެގޮތުން ”އަދަދު“ ނޫހުން އެދިފައިވަނީ 2023 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް އައްޔަނުކޮށްފައިވާ ސިޔާސީ މުވައްޒަފުންގެ އަދަދާއި، މަގާމުން ވަކިވި ނުވަތަ އިސްތިއުފާ ދެއްވި ފަރާތްތަކުގެ ތަފްސީލުގެ އިތުރުން، އެ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ދައުލަތުން ހޭދަކުރާ މިންވަރުގެ މައުލޫމާތު ހޯދުމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރު އަޙްމަދު އާހިދު ރަޝީދު ވިދާޅުވީ، އެދިފައިވާ މައުލޫމާތު ހާމަނުކޮށް ހިފެހެއްޓޭނެ ގާނޫނީ އެއްވެސް އަސާސެއް ރައީސް އޮފީހަށް ދެއްކިފައި ނުވާތީ، އެ މައުލޫމާތުތައް ފޯރުކޮށްދިނުމަށް އަމުރުކުރާ ކަމަށެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެ މައުލޫމާތުތައް ހާމަނުކޮށްފިނަމަ، އެ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާނެކަމުގެ އިންޒާރުވެސް އިންފޮމޭޝަން ކޮމިޝަނަރު ވަނީ ދެއްވާފައެވެ.

މީގެ ކުރިން މާރިޗު މަހުގެ އަށް ވަނަ ދުވަހުވެސް މި މައުލޫމާތުތައް ހާމަކުރުމަށް ރައީސް އޮފީހަށް 10 ދުވަހުގެ މުއްދަތެއް ދީފައިވީ ނަމަވެސް، އެ މުއްދަތުގެ ތެރޭގައި މައުލޫމާތު ހާމަކުރުމުގެ ބަދަލުގައި ރައީސް އޮފީހުން ބުނެފައިވަނީ، ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ އިވެލުއޭޝަނެއް ކުރިއަށްދާ ކަމަށާއި، މައުލޫމާތު ހާމަކުރެވޭނީ އެ މަސައްކަތް ނިމުމުން ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު