Wednesday, 9 September 2026
Ads by

ތިން ރައީސުންގެ އިއްތިހާދުގެ މަސައްކަތްތައް ކުރިއަކަށް ނުދޭ: ނަޝީދު

ތިން ރައީސުންގެ އިއްތިހާދުގެ މަސައްކަތްތައް ކުރިއަކަށް ނުދޭ: ނަޝީދު

ކުރީގެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދު، އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހު އެކުގައި މަސައްކަތް ކުރެއްވުމަށް އުފެއްދި އިއްތިހާދުގެ މަސައްކަތްތައް އެކަށީގެންވާ ބާރުމިނެއްގައި ކުރިއަށް ނުދާ ކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

Ad Image
Ads by

ނޫސްވެރިކަމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހިމާޔަތް ކުރުމަށް އެއްބަސްވެ، ތިން ރައީސުން އެކުލަވާލެއްވި އިއްތިހާދުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި މަންދޫބުންގެ ކޮމިޓީއެއް ވަނީ އުފައްދާފަ އެވެ. އެ ބޭފުޅުން މީގެ ކުރިން ހާމަކުރެއްވި ގޮތުގައި، އެ މަސައްކަތްތައް ކުރިއަށް ގެންދާނެ ވަކި ސްޓްރެޓެޖީތަކަކާއި ޓައިމްލައިންތަކެއް ފަންނީ ބޭފުޅުންނާ ގުޅިގެން އެކުލަވާލުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، މަންދޫބުންގެ ކޮމިޓީން މިހާތަނަށް ދެ ބައްދަލުވުމެއް ބޭއްވި ނަމަވެސް، އުންމީދު ކުރެއްވި މިންވަރަށް މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށް ނުދާ ކަމަށެވެ. ނަމަވެސް، އެ މަސައްކަތް މުޅިން ހުއްޓިފައިވާ ކަމަށް ވިދާޅުވެވޭކަށް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

”އެއް ރައީސަކު އަނެއް ރައީސަކާ ގުޅޭގޮތުން ފާޅުކުރާ ހިޔާލެއްގެ ސަބަބުން އަޅުގަނޑުމެންގެ ބައްދަލުވުމަކަށް އެއްވެސް ކަހަލަ ހިޔަންޏެއް ނާންނާނެ. ހުރަހެއް ނާންނާނެ. ދެން ސިޔާސީ ބޭނުންފުޅަށް ސިޔާސީ ބޭފުޅުން ސިޔާސީ ވާހަކަ އެބަ ދައްކަވާ. ދެން އެއަކީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް ނޫން“ ނަޝީދު ވިދާޅުވި އެވެ.

ސިޔާސީ މަސްރަހުގައި އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ފާޑުވިދާޅުވުމަކީ އިއްތިހާދުގެ މަސައްކަތަށް ހުރަސް އެޅޭނެ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ. އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ސިޔާސީ ބޭފުޅުން ސިޔާސީ ބޭނުންފުޅަށް އެކި ވާހަކަތައް ދެއްކެވި ނަމަވެސް، އެއީ އިއްތިހާދުގެ މަސައްކަތްތަކާ މެދު ކަންބޮޑުވާން ޖެހޭ ކަމެއް ނޫނެވެ.

އިއްތިހާދެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ އޮނިގަނޑެއްގެ ތެރެއިން ކުރަން އުނދަގޫ ކަމެއްކަން ނަޝީދު ފާހަގަކުރެއްވި އެވެ. ނަމަވެސް، ގައުމީ ކަންކަމުގައި އެކުގައި މަސައްކަތް ކުރުމަކީ ވިސްނިދާނެ ކަމެއް ކަމަށާއި، ތިން ފަރުދުންނަށް ވެސް ކަންބޮޑުވުންތަކެއް ހުރި އިރު، އެ ކަންކަމަށް ހައްލު ހޯދުމަށް އެކުގައި މަސައްކަތް ކުރުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށް ވިދާޅުވިއެވެ.

ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަދި އިބްރާހިމް މުހައްމަދު ސޯލިހު ޤައުމީ މަސްލަހަތަށްޓަކައި ޤައުމާ ރައްޔިތުންނާއި، ނޫސްވެރިންގެ ޙައްޤުގައިކަމަށްބުނެ އެކުވެގެން މަސައްކަތްކުރަން ފެށި ނަމަވެސް، އެ މަސައްކަތްތަކުގެ އެއްވެސް ތަފްސީލެއް އަދި ނަތީޖާއެއް މިއަދާއި ހަމަޔަށް އައިއިރުވެސް އާންމުންނާ ހިއްސާކޮށްފައި ނުވެއެވެ.

’އެކިއެމްވީ‘ އިން މިކަމާ ގުޅިގެން 2 ފަހަރެއްގެ މަތިން ސުވާލުކުރުމުންވެސް މި ތިން ރައީސުން ގުޅިގެން ކުރެވުނު އެއްވެސް މަސައްކަތެއްގެ ތަފްސީލެއް އެބޭފުޅުންގެ މީޑިއާ ޓީމުން ހިއްސާކޮށްފައިނުވެއެވެ.

މީގެއިތުރުން ކުރީގެ ރައީސް ޔާމީން ދާދިފަހުން ވިދާޅުވީ އެބޭފުޅުންނަށް ސަރުކާރާ ދެކޮޅަށް މުޒާހަރާއެއް ނުކުރެވެނީ ރައީސް ޔާމީން ސިޓިންރޫމުގައި އިންނަވާފައި ރައީސް ނަޝީދު މުންޑު އަނދެގެން ގޭގައި އޮންނެވުމުންކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި