Ads by
ޚަބަރު
ވޯޓާ ގުޅިގެން މާދަމާވެސް ސަރުކާރު ބަންދު
ރައީސް އޮފީސް

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބާ ގުޅިގެން މާދަމާވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖައްސަވައިފިއެވެ.

Ads by Eki Online

ރައީސް އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ މަނިކުފާނު އެ ގޮތަށް ނިންމެވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި، ހަރަކާތްތެރިވި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން، ވޯޓާ ގުޅިގެން ކުރަން ޖެހުނު އެންމެހައި މަސައްކަތްތައް އަދި ނުނިމޭތީކަމަށެވެ. އަދި މިގޮތަށް ނިންމެވީ ސެޕްޓެމްބަރު 11 ވަނަ ދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް އިލެކްޝަންސް ކޮމިޝަނުންވެސް އެދިވަޑައިގެންފައިވާތީކަމަށް ރައީސް އޮފީހުން ބުނެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބާ ގުޅިގެން ސެޕްޓެންބަރު މަހުގެ 10 ވަނަ ދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅުއްވާފަ އެވެ.
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދާއިރު އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންގެ ގޮތުގައި ސިވިލް ސާވިސްގެ ވަރަށް ގިނަ މުވައްޒަފުން އަބަދުވެސް ހަރަކާތްތެރިވެ އެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *