Wednesday, 9 September 2026
Ads by

ޝިއުނާ އާއި މަލްޝާ ނުކުމެ މިތިބީ ހުޅުމާލެ ’ވިލުނޫ‘ ކޮށްލަން!

ޝިއުނާ އާއި މަލްޝާ ނުކުމެ މިތިބީ ހުޅުމާލެ ’ވިލުނޫ‘ ކޮށްލަން!

ސަރުކާރު ހިންގާ ޕީއެންސީގެ ކުރިއަށް އޮތް އެތެރޭގެ އިންތިހާބުގައި، ޕީއެންސީގެ ސަރުކާރު ދިފާއުކުރުމުގައި އިސް ދައުރެއް އަދާކުރައްވަމުންދާ ކުރީގެ ދެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަރިޔަމް ޝިއުނާ އަދި މަލްޝާ ޝަރީފް ވާދަކުރައްވަން ނިންމެވީ، ހުޅުމާލެއިން ޕީއެންސީއަށް ބޮޑު މެޖޯރިޓީއެއް ހޯދައިދެއްވުމަށް ކަމަށް އެ 2 މީހުން ވެސް ބުނެފިއެވެ.

Ad Image
Ads by

ޝިއުނާ ވާދަކުރަނީ ހުޅުމާލޭ ދެކުނު ދާއިރާގެ ނައިބު ރައީސް ކަމަށެވެ. މަލްޝާ ވާދަކުރައްވަނީ ހުޅުމާލެ އުތުރު ދާއިރާގެ ނައިބު ރައީސް ކަމަށެވެ.

ޝިއުނާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ބުނީ، އޭނާ އާއި މަލްޝާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރަން ނިންމީ، ހުޅުމާލޭގައި ޕާޓީގެ ރޫހު އާލާކޮށް، މެންބަރުންގެ އަޑު ޕާޓީގެ އިސްވެރިންނަށް އިއްވައިދިނުމުގެ މަގުސަދުގައި ކަމަށެވެ.

”އަޅުގަނޑުމެންގެ އަމާޒަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ހުޅުމާލެ އުތުރާއި ދެކުނުން ޕީއެންސީއަށް ބޮޑު މެޖޯރިޓީއެއް ކަށަވަރުކޮށްދިނުން. މީގެ ކުރިން އަބަދުވެސް އަޅުގަނޑުމެން (މަލްޝާ އަދި ޝިއުނާ) އުޅުނީ އިހްލާސްތެރިކަމާއެކު އެހެން ބޭފުޅުން ގޮނޑިތަކަށް އިންތިހާބުކޮށްދިނުމުގަ. ނަމަވެސް، މިފަހަރު މިކަމަށް ކުރިމަތިލީ ޕާޓީގެ އާންމު މެންބަރުންގެ ވަރަށް ބޮޑު އެދުމަކަށް.“ ޝިއުނާގެ ޕޯސްޓުގައިވެއެވެ.

ޝިއުނާ ބުނީ، މިއީ މެންބަރުން އެމީހުންނަށް ކުރާ އިތުބާރަށް ދޭ އިޖާބައެއް ކަމަށާއި ޕީއެންސީގެ ފިކުރަށާއި އެ ޕާޓީއަށްޓަކައި މި ވީހާތަނަށް ކޮށްދީފައިވާ ހިދުމަތްތަކަށް ބަލައި، ހުޅުމާލެ ދެކުނުން އެ ދެ ޓީމުންވެސް ތަނަވަސް އަގުލަބިއްޔަތަކުން ހޮވައިދެއްވާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.

މިހާތަނަށް ޕާޓީގެ ގިނަ ބަޔަކު ވަނީ މި 2 ޓީމަށް ތާއީދު ކުރާކަމަށް އިއުލާނުކޮށްފައެވެ. މީގެ ތެރޭގައި ރައްޔިތުންގެ މަޖްލިސް ޕީއެންސީ މެންބަރުން ހިމެނެއެވެ. މީގެ އިތުރުން ސޯޝަލް މީޑިއާގައިވެސް މި 2 ޓީމުން ދަނީ ވަރުގަދަ ކެމްޕޭނެއް ކުރަމުންނެވެ.

އެގޮތުން މިރޭ ކެމްޕޭނު ޙަރަކާތެއް ޗެނަލް ޕާކުގައި ބާއްވާއިރު، ހުކުރު ދުވަހުގެ ހަވީރު 4:00 ގައި ސައިކަލު ބުރެއް އޮންނާނެ ކަމަށްވެސް ވަނީ އިޢުލާނުކޮށްފައެވެ.

ޕީއެންސީގެ އެތެރޭގެ އިންތިހާބު ބާއްވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި