Monday, 28 April 2025
Ads by

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޙަސަން ޒަކަރިއްޔާ އައްޔަންކުރައްވައިފި

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޙަސަން ޒަކަރިއްޔާ އައްޔަންކުރައްވައިފި

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޙަސަން ޒަކަރިއްޔާ އައްޔަންކުރެއްވުން - ފޮޓޯ:ރައީސް އޮފީސް

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ހުސްވެފައިވާ މެންބަރުކަމަށް ޙަސަން ޒަކަރިއްޔާ އައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް މުލަކުތޮޅު މުލައް، މުސްތަރީގެ، ޙަސަން ޒަކަރިއްޔާ، އައްޔަންކުރައްވައި މަގާމުގެ ލިޔުން ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ލިޔުން ހަވާލުކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިންގެ ކުރިފުޅުމަތީގައި، ޙަސަން، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާކުރައްވައި، ހުވާގެ އިގުރާރުގައި ސޮއި ކުރެއްވިއެވެ.

އީސީގެ މެންބަރު ކަމަށް ޙަސަން އައްޔަންކުރެއްވިއިރު އޭނާ ހުންނެވީ އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައެވެ.

އީސީގެ މެންބަރުކަމުގެ މަގާމު ހުސްވީ އެ ކޮމިޝަނުގެ ނައިބު ރައީސް ކަމުގައި ހުންނެވި އިސްމާއިލް ހަބީބުގެ މެންބަރުކަމުގެ ދެވަނަ ދައުރު ހަމަވުމާ ގުޅިގެންނެވެ. އީސީގެ މެންބަރުކަމުގެ ދައުރަކީ ފަސް އަހަރެވެ. ގާނޫނު ބުނާގޮތުން އެ ކޮމިޝަނުގެ މެންބަރު ކަމުގައި ފުރިހަމަ ކުރެވޭނީ ދެ ދައުރެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
371525_e3caafb0-1_
ތިން ވަޒީރުންނަށް ރުހުން ހޯދަން ކޮމިޓީއަށް
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ
aasaharaa
މަރާމާތުތަކަށްފަހު އާސަހަރާ ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް
MPL-northharbour2
އެމްޕީއެލް އިން ހުޅުމާލޭގައި 10 ބުރީގެ އިމާރާތެއް އަޅަނީ
Ads by
މަގުބޫލު
371525_e3caafb0-1_
ތިން ވަޒީރުންނަށް ރުހުން ހޯދަން ކޮމިޓީއަށް
islamic_ministry_fageerun-1
ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް އަންނަ އާދިއްތަ ދުވަހު ހުޅުވާލަނީ
352573_6707d699-0_-scaled
ރައީސްގެ ދެކަނބަލުން އީދު ސަލާން ކުރައްވައިފި
301919558_744290333330025_6947892610415027186_n
ފިލްމު އެސޯސިއޭޝަނަށް ޗެއާޕާސަނަކަށް އެކްޓަރު މުއާ