Sunday, 26 July 2026
Ads by

އެމްބާޕޭގެ ޕެނަލްޓީން ފްރާންސުން ޕެރަގުއޭ ބަލިކޮށް ކުއާޓާ ފައިނަލަށް!

އެމްބާޕޭގެ ޕެނަލްޓީން ފްރާންސުން ޕެރަގުއޭ ބަލިކޮށް ކުއާޓާ ފައިނަލަށް!

2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ފްރާންސް އަދި ޕެރަގުއޭ ބައްދަލުކުރި މެޗުގައި ވަރުގަދަ ކުރިމަތިލުމަކަށްފަހު 1-0 އިން ޕެރަގުއޭ ބަލިކޮށް ފްރާންސް އިން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

Ad Image
Ads by

ގާތްގަނޑަކަށް 38 ޑިގްރީ ސެލްސިއަސްގައި ކުޅުނު މި މެޗުގައި ފްރާންސްއަށް ވަނީ ޕެރަގުއޭގެ ފަރާތުން ނުހަނު ވަރުގަދަ ކުޅުމަކާ ކުރިމަތިލާން ޖެހިފައެވެ.

މެޗުގެ ހަމައެކަނި ލަނޑު 64 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކެޕްޓަން ކީލިއަން އެމްބާޕޭއެވެ. މި ޕެނަލްޓީއަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑެސިރޭ ޑުއޭއަށް އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ވީއޭއާރްގެ އެހީގައި ދިން ޕެނަލްޓީއެކެވެ. މި ލަނޑާއެކު އެމްބާޕޭ ވަނީ މިއަހަރުގެ ރަން ބޫޓުގެ ރޭހުގައި ލިއޮނަލް މެސީއާ އެއްވަރުވެފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން އެމްބާޕޭ ބުނީ، ފްރާންސަކީ ހަމައެކަނި ރީތި އެޓޭކިންގ ފުޓްބޯޅަ ކުޅޭ ޓީމެއް ނޫންކަން ރޭ ސާބިތުކޮށްދީފި ކަމަށެވެ.

ޕެރަގުއޭގެ ފަރާތުން ފެނުނީ ވަރަށް ގަދަފަދަ ކުޅުމެކެވެ. މެޗުގެ ރެފްރީ އުޒްބެކިސްތާނުގެ އިލްގިޒް ޓަންޓަޝޭވް ފަރާތުން ފަރުވާކުޑަ ކަންކަން ފެނުނުއިރު، ޕެރަގުއޭއިން 13 ފައުލް ކުރިއިރުވެސް އެއްވެސް ރީނދޫ ކާޑެއް ދައްކާފައެއް ނުވެއެވެ. އޭގެ ބަދަލުގައި ފްރާންސްގެ ތިން ކުޅުންތެރިއަކަށް ވަނީ ރީނދޫ ކާޑު ދައްކާފައެވެ.

މި މޮޅާއެކު ފްރާންސް ދެން ބައްދަލުކުރަން ޖެހޭނީ އަންނަ ހުކުރު ދުވަހު ކުޅޭ ކުއާޓާ ފައިނަލްގައި މޮރޮކޯއާއެވެ. މިއީ ވޯލްޑް ކަޕް ތާރީޚުގައި އެމްބާޕޭ ކުޅުނު 19 މެޗުން ކާމިޔާބުކުރި 19 ވަނަ ލަނޑެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި