Wednesday, 9 September 2026
Ads by

ޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބަށްފަހު 2,500 އަށްވުރެ ގިނަ މަންދޫބުން މަޤާމުތަކަށް އިންތިޚާބުވާނެ

ޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބަށްފަހު 2,500 އަށްވުރެ ގިނަ މަންދޫބުން މަޤާމުތަކަށް އިންތިޚާބުވާނެ

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކުގެ އިންތިޚާބަށްފަހު، އެ ޕާޓީގެ އިންތިޚާބީ އެކި އެކި މަޤާމުތަކުގައި 2,500 އަށްވުރެ ގިނަ މެންބަރުން ހަރަކާތްތެރިވާނެކަމަށް އެޕާޓީން ހާމަކޮށްފިއެވެ.

Ad Image
Ads by

ޕީއެންސީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕާޓީގެ ތަރުޖަމާނު އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވީ، އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ޖޫން 30 އަށް ހަމަވެފައިވާއިރު، އެޕްލިކޭޝަންތައް ބަލައި މިހާރު ނިމިފައިވާ ކަމަށެވެ. މުޅި ރާއްޖޭގައި މި އިންތިޚާބުގެ ކަންކަން ނިމިގެންދާއިރު 2,500 އަށްވުރެ ގިނަ މަންދޫބުން އިންތިޚާބީ މަޤާމުތަކަށް އައުމަކީ ޕާޓީއަށް ލިބޭ ވަރަށް ބޮޑު ކާމިޔާބީއެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި އިންތިޚާބުގައި ހޮވުމަށް ހަމަޖެހިފައިވަނީ ދާއިރާގެ ރައީސުންނާއި، ނައިބު ރައީސުންނާއި، އަންހެނުންގެ ހަރަކާތުގެ ރައީސުންނާއި، ޒުވާނުންގެ ހަރަކާތުގެ ރައީސުންގެ އިތުރުން ސްޓިއަރިން ކޮމިޓީގެ ރައީސުންނެވެ. ފިރުޒުލް ވިދާޅުވި ގޮތުގައި، އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ ގިނައިން މީހުން ކުރިމަތިލާފައިވާ 131 ރަށު ދާއިރާއެއްގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނެއެވެ.

މި އިންތިޚާބުގެ ވޯޓާސް ލިސްޓު މިހާރު އާންމުކޮށްފައިވާއިރު، ވޯޓުލެވޭނީ މިއަހަރުގެ ޖޫން 15 ވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުގައި ޕީއެންސީގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ޕާޓީގެ ޕޯޓަލް މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލާފައެވެ.

ޕީއެންސީގެ ހިންގާ ޤަވާއިދުގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބެވި ދާއިރާތަކުގެ ރައީސުންނަކީ އެ މެންބަރުންނެވެ. އެހެންކަމުން، ދާއިރާ ރައީސުން އިންތިޚާބުކުރާނީ އެ ޕާޓީގެ މަޖިލިސް މެންބަރުން ނެތް ދާއިރާތަކުގައި އެކަންޏެވެ.

މި އިންތިޚާބަކީ އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެންސީގެ މަތީ މަޖިލީހުގެ ކުރިން، ޕާޓީގެ އޮނިގަނޑު ވަރުގަދަކޮށް ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ބާއްވާ މުހިންމު އިންތިޚާބެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު