Saturday, 24 October 2026
Ads by

އެމެރިކާއަށްފަހު އިޒްރޭލުގެ އިސްތިއުމާރަށް އެންމެ ބޮޑަށް ވާގިވެރިވާ އީޔޫންއިން ޣައްޒާއަށް އެންމެ ބޮޑު އެހީއެއްވަނީ ”އަހަރެމެން“ ކަމަށް ބުނެފި

އެމެރިކާއަށްފަހު އިޒްރޭލުގެ އިސްތިއުމާރަށް އެންމެ ބޮޑަށް ވާގިވެރިވާ އީޔޫންއިން ޣައްޒާއަށް އެންމެ ބޮޑު އެހީއެއްވަނީ ”އަހަރެމެން“ ކަމަށް ބުނެފި

އިޒްރޭލުގެ ޤަތުލުޢާންމާއި ޖަރީމާތަކާ ގުޅިގެންވެސް، އީޔޫ-އިޒްރޭލު ވިޔަފާރީގެ އެއްބަސްވުން ސަސްޕެންޑް ކުރަން އީޔޫގެ ބޮޑެތި ޤައުމުތަކުން ދެކޮޅު ހަދައިފިއެވެ. އަދި އީޔޫގެ ޤައުމުތަކުން އަދިވެސް ދަނީ އިޒްރޭލާއެކު އޮންނަ ސަލާމަތީ އަދި ޓެކްނޮލޮޖީގެ ގުޅުންތައް ދަމަހައްޓަމުންނެވެ. (އަލް ޖަޒީރާ)

ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ވޮން ޑަރ ލޭއަން، ޔޫރަޕްގެ ހަރުކަށި އިސްތިއުމާރީ ޚާރިޖީ ސިޔާސަތު ދިފާޢުކޮށް ދެއްކި ވާހަކަތަކާ ގުޅިގެން ބައިނަލްއަޤްވާމީ ގޮތުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ. އޭނާ ބުނިގޮތުގައި ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމުގައި ”ޔޫރަޕަށްވުރެ ބޮޑަށް މަސައްކަތްކުރާ އެހެން އެއްވެސް ބަޔަކު ދުނިޔެއަކު ނެތް“ ކަމަށެވެ. އެގޮތުން 2.7 ބިލިއަން ޔޫރޯގެ އިންސާނީ އެހީއާއި ބަޖެޓް ސަޕޯޓް ޔޫރަޕުން ދީފައިވާކަން އޭނާ ފާހަގަކުރިއެވެ.

Ad Image
Ads by

ނަމަވެސް، މި ވާހަކަ ސިފަވަނީ ފަލަސްޠީނުގެ ޒަޚަމްތަކަށް ލޮނުޖެހުން ފަދަ ބޮޑު މުނާފިޤުކަމެއްގެ ގޮތުގައެވެ. ޙަޤީޤީ ހިސާބުތަކުން އެނގޭގޮތުގައި ޔޫރަޕަކީ އިޒްރޭލުން ހިންގާ ނަސްލު ނައްތާލުމުގެ އެންމެ ބޮޑު އިޤްތިޞާދީ ބައިވެރިޔާއެވެ.

42.6 ބިލިއަން ޔޫރޯގެ ވިޔަފާރި: އިޒްރޭލުގެ އިޤްތިޞާދީ އިންޖީނު

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަކީ އިޒްރޭލުގެ އެންމެ ބޮޑު ވިޔަފާރި ބައިވެރިޔާއެވެ. އިޒްރޭލުން އެތެރެކުރާ މުދަލުގެ %34 އަންނަނީ ޔޫރަޕުންނެވެ. އަހަރަކު 42.6 ބިލިއަން ޔޫރޯގެ ވިޔަފާރި އެމީހުން ދަނީ އެއްވެސް ހުރަހެއް ނެތްގޮތުގައި ކުރަމުންނެވެ. އިޒްރޭލަށް އަސްކަރީ އަދި ސިޔާސީ ބާރުދެނީ ޔޫރަޕްގެ މި ފައިސާއާއި މާކެޓް އެކްސެސްއެވެ.

ޔޫރަޕާއި އިޒްރޭލާ ދެމެދު ހަދާފައިވާ ”އީޔޫ-އިޒްރޭލު އެސޯސިއޭޝަން އެގްރީމެންޓް“ ގެ 2 ވަނަ މާއްދާގައި އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރަން ޖެހޭނެ ކަމަށް ލިޔެފައި އޮތް ނަމަވެސް، ޣައްޒާގެ %90 ބިމާހަމަކޮށްލިއިރުވެސް ޔޫރަޕުން މި އެއްބަސްވުން ބާތިލެއް ނުކުރެއެވެ.

ނަސްލުހޭދުއަށް ވާގިވެރިވުމަށް އީޔޫ ލީޑަރުންގެ ބަހަނާ

ފާޑުކިޔުންތައް އަމާޒުވުމާއެކު، ވޮން ޑަރ ލޭއަން ވަނީ ނިޒާމީ ޒިންމާއިން ރެކުމަށްޓަކައި މުހިންމު ބަހަނާއެއް ކުރިއަށް ނެރެފައެވެ. އޭނާ ބުނި ގޮތުގައި އިޒްރޭލާއެކު އޮތް އެސޯސިއޭޝަން އެގްރީމެންޓްގެ ދަށުން ދީފައިވާ އިޤްތިޞާދީ ޚާއްޞަ އިމްތިޔާޒުތައް ހުއްޓާލުމަށް މީގެ 10 މަސް ކުރިން ކޮމިޝަނުން ރަސްމީކޮށް ހުށަހެޅިއެވެ. ނަމަވެސް، ޔޫރަޕްގެ 27 ޤައުމުގެ ވެރިން ހިމެނޭ ޔޫރަޕިއަން ކައުންސިލް ތެރޭގައި އެއްވެސް ކުރިއެރުމެއް ނުލިބި، އެ މައްސަލަ ވަނީ ހުއްޓިފައެވެ.

މިއީ ޔޫރަޕްގެ ޑިޕްލޮމެޓިކް ނިޒާމު ރޭވިފައި އޮންނަ ގޮތެވެ. ބޮޑެތި ނިންމުންތަކަށް ހުރިހާ ޤައުމެއްގެ އިއްތިފާޤު ބޭނުންވާއިރު، އިޒްރޭލަށް ސީދާ ވާގިވެރިވާ ހަރުކަށި ޤައުމުތަކުން ކައުންސިލްގެ ތެރެއިން މިފަދަ ދަތިކުރުމުގެ ފިޔަވަޅުތައް ދާއިމީކޮށް ބްލޮކް ކުރެއެވެ. ނަތީޖާއަކީ، ވަކިވަކި ޔޫރަޕްގެ ވެރިން މީޑިއާތަކުގައި ހަމްދަރުދީގެ ޑްރާމާ ކުޅެމުންދާއިރު، މުޅި ޔޫރަޕްގެ މެޝިނަރީން އިޒްރޭލުގެ އިޤްތިޞާދީ އައްޑަނަ އެއްވެސް ލޮޅުމެއް ނެތްގޮތުގައި ޙިމާޔަތްކޮށްދިނުމެވެ.

އައި.ސީ.ޖޭ ގެ އަމުރާ ޚިލާފުވުން

ބައިނަލްއަޤްވާމީ ކޯޓުން (އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް) ވަނީ އިޒްރޭލުގެ ޣައިރުޤާނޫނީ ބިން ފޭރުމަށް އެހީތެރިވާ ފަދަ އެއްވެސް ވިޔަފާރިއެއް ނުކުރުމަށް ހުރިހާ ޤައުމުތަކަށް އަމުރުކޮށްފައެވެ. ނަމަވެސް، ޔޫރަޕުން ދަނީ އިޒްރޭލުން ފަލަސްޠީނުގެ ބިންތަކުގައި ހަދާފައިވާ ހަރުކަށި އާބާދީތަކުގެ (ސެޓްލްމަންޓްސް) މުދާ ޔޫރަޕްގެ މާކެޓްތަކުގައި ވިއްކުމަށް ހުއްދަދީ، ބައިނަލްއަޤްވާމީ ޤާނޫނާ ފާޅުގައި ޚިލާފުވަމުންނެވެ.

އެހެންކަމުން މިހުރިހާ ކަމަކުން ހާމަވާ ގޮތުގައި، ޔޫރަޕުން ކާބޯތަކެތީގެ އެހީ ދެނީ އެމީހުންގެ ހަތިޔާރާއި ފައިސާގެ އެހީގައި އިޒްރޭލުން ހިންގާ ޖަރީމާތަކުގެ ކުށް ފޮރުވުމަށް ބޭނުންކުރާ ”ޕީ.އާރް“ ހަތިޔާރެއްގެ ގޮތުގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި