Ads by
ހޮލީވުޑް / ބޮލީވުޑް
“ބިގް ބޮސް 17” ފަށާނީ އަންނަ މަހުގެ 20 ގައި
މަޝްހޫރު އެކްޓަރު ސަލްމާން ޚާން

ކަލާޒް ޓީވީއިން ގެނެސްދޭ އެންމެ މަޝްހޫރު ރިއަލިޓީ ޝޯ “ބިގް ބޮސް” ގެ 17 ވަނަ ސީޒަން އަންނަ މަހު 20 ގައި ޕްރިމިއާކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

Ads by Eki Online

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާން ހޯސްޓްކުރާ މިޝޯ ކަލާޒް ޓީވީއިން ޕްރިމިއާ ކުރާ ގޮތަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 20 ވަނަ ދުވަހުއެވެ.
“ބިގްބޮސް” އަކީ ދިވެހިންގެ މެދުގައިވެސް ވަރަށް މަގުބޫލު ޝޯއެކެވެ.

ރިޕޯޓްތައް ބުނާގޮތުގައި ސަލްމާން ވަނީ މިޝޯގެ ޕްރޮމޯވެސް ޝޫޓުކޮށް ނިންމާލާފައެވެ. މިއީ މިޝޯ ސަލްމާން ހޯސްޓްކުރާ 14 ވަނަ ފަހަރެވެ. މިދިޔަ މަހު ނިންމާލި “ބިގް ބޮސް އޯޓީޓީ 2” ވެސް ސަލްމާން ވަނީ ހޯސްޓްކޮށްފައެވެ.

“ބިގްބޮސް އޯޓީޓީ 2” އަށް ލިބުނު ކާމިޔާބަށްފަހު މި ޝޯ އުފައްދާ ފަރާތުން އަންނަނީ ސީޒަން 17 އަށް ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް އުއްމީދު ކުރަމުންނެވެ. މިފަހަރުގެ ސީޒަންގައި މަގުބޫލު އެތަކެއް ފަންނާނުންނެއް ފެނިގެންދާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި “ބިގް ބޮސް” ސީޒަން 17 ގެ ތީމަކީ “ސިންގަލްސް ވާސަސް ކަޕްލްސް”އެވެ.

މިފަހަރުގެ ސީޒަންގައި ބައިވެރިވާނެ ކަމަށް ބެލެވޭ ފަންނާނުންގެ ތެރޭގައި އަންކިތާ ލޮޚާންޑޭ، ސަޗިން މީނާ، އަބިޝެކް މަލްހާން، އަދި ހަރްޝް ބެނިވާލް ފަދަ ބައެއް ފަންނާނުން ހިމެނެ އެވެ. އެހެން ނަމަވެސް މިއިން އެއްވެސް ފަންނާނަކު އަދި މިޝޯގައި ބައިވެރިވާނެ ކަމަށް ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ.

ކަލާޒް އިން “ބިގް ބޮސް 16” ކާމިޔާބުކުރީ މަޝްހޫރު ރެޕާ އެމްސީ ސްޓޭން އެވެ. އަދި މިދިޔަ މަހު ނިންމާލި “ބިގްބޮސް އޯޓީޓީ 2” ކާމިޔާބު ކުރީ މަޝްހޫރު ޔޫޓިއުބާ އެލްވިޝް ޔާދަވްއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *