Wednesday, 9 September 2026
Ads by

ކޮލަމްބިއާ އިން ގާނާ ބަލިކޮށް 10 އަހަރަށްފަހު ދެވަނަ ބުރަށް ދަތުރުކޮށްފި

ކޮލަމްބިއާ އިން ގާނާ ބަލިކޮށް 10 އަހަރަށްފަހު ދެވަނަ ބުރަށް ދަތުރުކޮށްފި

އެރޯހެޑް ސްޓޭޑިއަމްގައި ކުޅުނު ވޯލްޑް ކަޕްގެ ގަދަ 32 ގެ ފޯރިގަދަ މެޗުގައި 1-0 އިން ގާނާ ބަލިކޮށް، ކޮލަމްބިއާ މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފިއެވެ. މިއީ 2014 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕެއްގެ ނޮކްއައުޓް ބުރުން ކޮލަމްބިއާ ހޯދި ފުރަތަމަ މޮޅެވެ.

Ad Image
Ads by

މެޗުގެ ވަރަށް ކުރީކޮޅު ކޮލަމްބިއާގެ ފޯވާޑް ޖޯން ކޯޑޯބާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ކޯޗު ނެސްޓޯ ލޮރެންޒޯއަށް ވަނީ ބަދަލެއް ގެންނަން މަޖުބޫރުވެފައެވެ. ކޯޑޯބާގެ ބަދަލުގައި ކުޅެން އެރި ލުއިސް ސުއަރޭޒް ވަނީ ކުޅެން އެރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި މެޗުގެ ނަތީޖާ ބަދަލުކޮށްލާފައެވެ. މެޗުގެ 14 ވަނަ މިނެޓުގައި ޑެނިއަލް މުނޯޒް ދިން ބޯޅައެއް، ސުއަރޭޒް ގޯލު ކުރިމައްޗަށް ހުރަސްކޮށްލުމުން ޖޯން އަރިއަސް ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައި ކޮލަމްބިއާއަށް ލީޑު ނަގައިދީފައެވެ.

މި މެޗުގައި ކޮލަމްބިއާގެ ތަޖުރިބާކާރު ކުޅުންތެރިޔާ ހަމޭސް ރޮޑްރިގޭޒް ވަނީ ވޯލްޑް ކަޕްގައި އޭނާގެ 10 ވަނަ މެޗު ފަށައި، ކާލޯސް ވަލްޑެރާމާ އާއި ފްރެޑީ ރިންކޮންގެ ރެކޯޑާ އަރާ ހަމަކޮށްފައެވެ. ނަމަވެސް، އުމުރުން 34 އަހަރުގެ ހަމޭސް ވަނީ ހާފް ޓައިމްގައި ބަދަލުކޮށްފައެވެ.

މެޗު ކުޅުނު ވަގުތަކީ އެ ސަރަހައްދަށް ވަރަށް ހޫނުގަދަ ވަގުތަކަށް ވުމުން، ދެ ޓީމުގެ ކުޅުންތެރިންނަށް ވެސް ވަނީ އޭގެ އަސަރުކޮށްފައެވެ. މެޗު ފެށިއިރު ހޫނުމިން ހުރީ 31.1 ޑިގްރީ ސެލްސިއަސްގައެވެ. ހޫނުގަދަވުމުގެ ސަބަބުން ކުޅުންތެރިންނަށް ފެން ބުއިމަށް ދިން ބްރޭކްތައް ވެގެންދިޔައީ ކުޅުންތެރިންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމަކަށެވެ.

މުޅި މެޗުގައި ވެސް ގާނާއަށް ކޮލަމްބިއާގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ. މިއީ މި މުބާރާތުގައި ވިދިވިދިގެން ކޮލަމްބިއާގެ ގޯލަށް ލަނޑެއް ނުވަދެ ނިންމާލި ތިންވަނަ މެޗެވެ.

މި މޮޅާއެކު ކޮލަމްބިއާ ދެން ނުކުންނާނީ އަންގާރަ ދުވަހު ކެނެޑާގެ ވެންކޫވަރުގައި ސްވިޒަލޭންޑާ ދެކޮޅަށެވެ. އެ މެޗުން މޮޅުވާ ޓީމަކަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބޭނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި