Saturday, 24 October 2026
Ads by

މިޞްރުގެ ކޯޗު ވޯލްޑް ކަޕްގެ ކާމިޔާބީ ފަލަސްޠީނަށް ހަދިޔާކުރުމުން ޣައްޒާ ރައްޔިތުން އުފަލުން ފޮޅިފައި

މިޞްރުގެ ކޯޗު ވޯލްޑް ކަޕްގެ ކާމިޔާބީ ފަލަސްޠީނަށް ހަދިޔާކުރުމުން ޣައްޒާ ރައްޔިތުން އުފަލުން ފޮޅިފައި

މިޞްރުގެ ކޯޗު ވޯލްޑް ކަޕްގެ ކާމިޔާބީ ފަލަސްޠީނަށް ހަދިޔާކުރުމުން ޣައްޒާ ރައްޔިތުން އުފާފާޅުކުރަނީ...

ޑަލަސް، އެމެރިކާ: ވޯލްޑް ކަޕް 2026 ގެ ނޮކްއައުޓް މަރުހަލާގައި މިޞްރުން ހޯދި ތާރީޚީ ކާމިޔާބީ، އެޤައުމުގެ ކޯޗު ޙުސާމް ޙަސަން ފަލަސްޠީނުގެ ރައްޔިތުންނަށް ހަދިޔާކޮށްފިއެވެ. އެމެރިކާގެ ޑަލަސް ސްޓޭޑިއަމްގައި ހުކުރު ދުވަހު ކުޅުނު ފޯރިގަދަ މެޗުގައި އޮސްޓްރޭލިއާ ބަލިކޮށް، މިޞްރުން ވަނީ މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފައެވެ.

Ad Image
Ads by

މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ކުޅެ ނިމުނުއިރު ދެޓީމު 1-1 އިން އެއްވަރުވުމުން، ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. މިޞްރުން މެޗު ކާމިޔާބުކުރީ 4-2 ގެ ޕެނަލްޓީ ނަތީޖާއަކުންނެވެ. މެޗުގެ 13 ވަނަ މިނެޓުގައި އިމާމް އަޝޫރު ޖެހި ލަނޑުން މިޞްރު ކުރި ހޯދާފައިވަނިކޮށް، ދެވަނަ ހާފުގައި މުޙައްމަދު ހާނީ އަތުން ބައިކޮޅަށް ވަން ލަނޑަކުން އޮސްޓްރޭލިއާއަށް ނަތީޖާ ހަމަހަމަވިއެވެ. މިޞްރަށް މޮޅުކޮށްދިން ފަހު ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޙުސާމް ޢަބްދުލްމަޖީދުއެވެ.

މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ކޯޗު ޙުސާމް ޙަސަން ބުނީ، ”މާތްﷲ އެބައިމީހުންނަށް (ފަލަސްޠީނަށް) ނަޞްރު ދެއްވާށި، އަދި އެބައިމީހުންގެ ޝަހީދުންނަށް ރަޙުމަތް ލައްވާށި. އަހަރެން މި ކާމިޔާބީ ހަދިޔާކުރަނީ މިޞްރުގެ ރައްޔިތުންނާއި، އަދި ޚާއްޞަކޮށް ފަލަސްޠީނުގެ އެ ހިތްވަރުގަދަ ޝަރަފުވެރި ރައްޔިތުންނަށް،“ ކަމަށެވެ.

މެޗު ނިމުމާއެކު ކޯޗު ޙަސަން ވަނީ މިޞްރާއި ފަލަސްޠީނުގެ ދިދަ ހިފައިގެން ދަނޑުމަތީގައި އުފާފާޅުކޮށްފައެވެ. އަދި މުޅި ޓީމު އެކުގައި ދަނޑުމަތީގައި ޝުކުރުގެ ސަޖިދަ ކޮށްފައިވެއެވެ. މިއީ ވޯލްޑް ކަޕެއްގެ ނޮކްއައުޓް މަރުހަލާގައި މިޞްރުން ހޯދި ފުރަތަމަ މޮޅެވެ.

މި ކާމިޔާބީއާއެކު، އިސްރާއީލުން ބޮންއަޅައި ސުންނާފަތިކޮށްފައިވާ ޣައްޒާގެ އެކި ސަރަޙައްދުތަކުގައި ތިބި ފަލަސްޠީނުގެ ރައްޔިތުން ވަނީ ބޮޑު އުފާފާޅުކުރުމެއް ބާއްވާފައެވެ. ވީރާނާވެފައިވާ އިމާރާތްތަކާއި ފޭލިގެތަކުގެ ކައިރީގައި ބޮޑު ސްކްރީން ބަހައްޓައިގެން މެޗު ބަލަން ތިބި ޣައްޒާގެ ރައްޔިތުން، މިޞްރު މޮޅުވުމުން އުފަލުން ހަޅޭއްލަވައި ޝުކުރު އަދާކޮށްފައިވެއެވެ. ޣައްޒާގެ ގިނަ ކުޑަކުދިން ވަނީ އެކުދިންގެ މޫނުގައި މިޞްރުގެ ދިދަ ކުރަހައިގެން މި އުފަލުގައި ބައިވެރިވެފައެވެ.

މެޗުގެ ކުރިން، މިޞްރުގެ ޓީމާއި ޑަލަސްގެ ފުލުހުންނާ ދެމެދު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގާފައިވެއެވެ. ޓީމު ތިބި ހޮޓަލުގައި ސަޕޯޓަރަކާއެކު ފޮޓޯއެއް ނަގަން އުޅުމުގެ ތެރޭގައި ފުލުހަކު ވަނީ ޓީމުގެ ޑައިރެކްޓަރ އިބްރާހިމް ޙަސަން އަދި ކުޅުންތެރިޔާ ޓްރެޒެގޭއަށް ހުރަސްއަޅައި ކޮށްޕާލާފައެވެ. ނަމަވެސް ޑަލަސް ފުލުހުން ފަހުން ބުނީ އެ މައްސަލަ އެވަގުތު ހައްލުކުރެވިފައިވާ ކަމަށެވެ.

މި ތާރީޚީ މޮޅާއެކު ގަދަ 16 ގައި މިޞްރު ބައްދަލުކުރަން ޖެހޭނީ އާޖެންޓީނާ ނުވަތަ ކޭޕްވާޑް އާއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި