Wednesday, 9 September 2026
Ads by

ކްލަބް މޯލްޑިވްސް ކިޑްސަލް ޓޯނަމެންޓް: އެންމެ މޮޅު ކުޅުންތެރިޔާ އާއި ޓޮޕް ސްކޯރާ އަކަށް އާދު!

ކްލަބް މޯލްޑިވްސް ކިޑްސަލް ޓޯނަމެންޓް: އެންމެ މޮޅު ކުޅުންތެރިޔާ އާއި ޓޮޕް ސްކޯރާ އަކަށް އާދު!

ކްލަބް މޯލްޑިވްސް ކިޑްސަލް ޓޯނަމެންޓްގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި ޓޮޕް ސްކޯރާ އަދި އެންމެ މޮޅު 5 ކުޅުންތެރިންގެ ތެރޭގައި ހިމެނުނު އާދު.. ފޮޓޯ| އެކިއެމްވީ ގްރެފިކްސް: އަލާއު

ކްލަބް މޯލްޑިވްސް ކިޑްސަލް ޓޯނަމެންޓުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު އާދު ބިން މުހައްމަދު ނިޔާޒު (އާދު) 15އ ހޯދައިފިއެވެ.

Ad Image
Ads by

މިއަދު ހަވީރު ކުޅުނު ރެހެންދި ޓާފުގައި ފައިނަލްގައި އާދުގެ ޓީމު އެލީޓް ސްޕޯޓްސް ކްލަބް، އެސްޕަޔާއާ އަތުން ބަލިވީ ފުރިހަމަ ވަގުތުގައި 2-2 އިން އެއްވަރުވުމުން ނަތީޖާ ނެރެން ޖެހި ޕެނެލްޓީންނެވެ.

މުބާރާތުގައި ރަނގަޅު ކުޅުމެއް ކުޅެފައިވާ އާދު ވަނީ ފައިނަލް މެޗުގައިވެސް ޖުމްލަ ދެ ގޯލު ޖަހައިފައެވެ.

އާދު ’އެކި ސްޕޯޓްސް‘ އަށް މިއަދު ބުނީ މުބާރާތުން ޗެމްޕިއަންކަން ނުލިބުނަސް ލިބުނު ކާމިޔާބީއާ މެދު ހިތްހަމަ ޖެހޭ ކަމަށާއި ދެން އަންނަ މުބާރާތަކަށް މިއަށް ވުރެ ރަނގަޅަށް ސީދާ ތަށްޓަށް ނުކުންނާނެ ކަމަށެވެ.

މީގެ ކުރިން އާދު ’އެކި އެމްވީ‘ އަށް ދިން އިންޓަވިއުއެއްގައި ބުނީ އާދު އެންމެ ބޭނުންވަނީ ޓީމަށް ތަށި ހޯދައިދީ، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހޯދުން ކަމަށެވެ. ތަށި ނުލިބުނު ކަމުގައި ވިޔަސް ހުނަރުވެރި އާދު މިވަނީ އެތައްބަޔަކު ފަޚުރުވެރިވާފަދަ މޮޅު ކުޅުމެއް ދައްކާ އެ ޝަރަފުވެސް ހޯދާފައެވެ. އާދުއަށް މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ (ޕްރިންސް އޮފް ދަ ޓޯނަމެންޓް) އާއި 17 ލަނޑާއެކު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާކަން ލިބުނުއިރު މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައިވެސް އާދު ހިމެނެއެވެ.

ކްލަބް މޯލްޑިވްސް ކިޑްސަލް ޓޯނަމެންޓުގައި ޖުމްލަ ދިހަ ޓީމުން ބައިވެރިވިއެވެ. މިއީ މި މުބާރާތް ބޭއްވި ފުރަތަމަ ފަހަރެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި