Wednesday, 9 September 2026
Ads by

ބިސްމީގެ ބަރަކާތުން ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ލަނޑާއެކު ޕޯޗުގަލް ގަދަ 16 އަށް!

ބިސްމީގެ ބަރަކާތުން ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ލަނޑާއެކު ޕޯޗުގަލް ގަދަ 16 އަށް!

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގެ ބުރުން ޕޯޗުގަލް ޖާގަ ހޯދައިފިއެވެ. މި ފުރުސަތު އެގައުމަށް ލިބުނީ ގްރޫޕް ސްޓޭޖުގައި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު 2-1 އިން ކާމިޔާބުކޮށްގެންނެވެ.

Ad Image
Ads by

ކެނެޑާގެ ޓޮރޮންޓޯގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ކްރޮއޭޝިއާއިންނެވެ. މެޗުގެ 53 ވަނަ މިނެޓުގައި މި ލަނޑު އެގައުމަށް ކާމިޔާބުކޮށްދިނީ އިވާން ޕެރިސިޗްއެވެ. ނަމަވެސް، މާގިނަ އިރުތަކެއް ނުވެ ޕޯޗުގަލްއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ޕޯޗުގަލްގެ ރެނާޓޯ ވޭގާއަށް އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ ރޮނާލްޑޯގެ ފުޓްބޯޅަ ކެރިއަރުގައި ވޯލްޑް ކަޕެއްގެ ނޮކައުޓް ބުރެއްގައި އޭނާ ޖެހި ފުރަތަމަ ލަނޑެވެ. މިލަނޑަށް ދުނިޔޭގެ ބޮޑު ސަމާލުކަމެއް ހުއްޓުނީ އޭނާ ބިސްމީގެ ބަރަކާތުން މިލަނޑުޖެހުމުންނެވެ.

މެޗުން ޕޯޗުގަލް މޮޅުވި ލަނޑު ފެނިގެންދިޔައީ އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގައެވެ. ރަފައެލް ލިއާއޯ ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ބޮލުން ޖަހައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ގޮންކާލޯ ރާމޯސްއެވެ.

މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ކްރޮއޭޝިއާގެ ޔޮސްކޯ ގްވާޑިއޯލް ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކުރި ކަމަށް ހީވި ނަމަވެސް، ވީއޭއާރް (VAR) އިން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. މި ނިންމުމާއެކު ކްރޮއޭޝިއާގެ ކުޅުންތެރިންނަށް ބޮޑު މާޔޫސްކަމެއް ލިބުނުއިރު، ޕޯޗުގަލްގެ ކުޅުންތެރިން ވަނީ ބޮޑު ކާމިޔާބީއެއް ފާހަގަކޮށްފައެވެ.

މި މެޗުން ބަލިވުމާއެކު ކްރޮއޭޝިއާ މުބާރާތުން ވަކިވާން ޖެހިފައިވާއިރު، ޕޯޗުގަލް ދެން ބައްދަލުކުރާނީ އަންނަ ހޯމަ ދުވަހު އެމެރިކާގެ ޑެލަސްގައި ސްޕެއިންއާއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި