Friday, 6 March 2026
Ads by

ހުރިހާ ދާއިރާއަކުން ވެސް ދިވެހި ބަހަށް އިސްކަންދިނުމަށް ރައީސް ގޮވާލައްވައިފި

ހުރިހާ ދާއިރާއަކުން ވެސް ދިވެހި ބަހަށް އިސްކަންދިނުމަށް ރައީސް ގޮވާލައްވައިފި

ރައީސް މުޢިއްޒު: ހުރިހާ ދާއިރާއަކުން ވެސް ދިވެހި ބަހަށް އިސްކަންދިނުމަށް ވަނީ ގޮވާލައްވާފައި - ފޮޓޯ:ރައީސް އޮފީސް

އޮފީސްތަކާއި ހަބަރު ފަތުރާ ވަސީލަތްތަކާއި ތައުލީމާއި މުއާމަލާތުގެ ހުރިހާ ދާއިރާއަކުން ވެސް ދިވެހި ބަހަށް އިސްކަންދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

Ad Image
Ads by MN Maldives

މިއަދު ފާހަގަކުރަމުންދާ ދިވެހި ބަހުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތޯބުގައި އެކަމަށް ގޮވާލައްވައި ރައީސް ވިދާޅުވީ ދިވެހި ބަހުގެ ދުވަހަކީ ގައުމުގެ ހުރިހާ ދާއިރާއަކުން ދިވެހި ބަހާ މެދު ފިކުރު ހިންގާންވީ ދުވަސް ކަމަށެވެ. އެގޮތުން ދިވެހި ބަހަށް އިސްކަން ދިނުމުގެ ގާނޫނަށް ތަބާވެ، ދިވެހި ބަސް ހެޔޮ ގޮތުގައި ބޭނުން ކުރުމަށް އަޒުމު ކަނޑައެޅުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

ރައީސްގެ ހިތޯބުގައި ވަނީ އެމަނިކުފާނު ބޭނުންފުޅު ވަނީ ދިވެހި ބަހުން ވިސްނާ ޖީލުތަކެއް ބިނާކުރައްވަން ކަމަށް ވިދާޅުވެފައެވެ. އަދި ދިވެހި ބަހުގެ އިލްމު އުނގެނުމަށް ބާރުއަޅުއްވައި އެމަނިކުފާނު އިލްތިމާސް ކުރެއްވީ އެހެން ބަސްބަހާއި އިލްމުތަކަށް މޮޅުވުމާ އެކު ދިވެހި ބަހަށް ލޯބި ކުރުމާއި ދިވެހި ބަހަށް ފަރިތަކަން ލިބިގަތުމަށެވެ. ހަމަ އެއާއެކު، ދިވެއްސަކަށް ވީތީ ފަހުރުވެރިވާ ދިވެހީންގެ ރާއްޖެއަކަށް އަލުން މި ގައުމު އަލިވިލޭން ޖާގަ ދެއްވުމަށް ކަމުގައި ވެސް ރައީސްގެ ހިތޯބުގައި ބަޔާންކުރައްވާފައިވެއެވެ.

”އަޅުގަނޑު ބޭނުން ވަނީ ދިވެހި ބަހުން ވިސްނާ ޖީލުތަކެއް ބިނާކުރާށެވެ. އަޅުގަނޑު އެދެނީ ދިވެހި ބަހުން ދޫ ހިނގާ، ގަލަން ހިނގާ ޒުވާނުންތަކެއް އުފެދޭށެވެ. އަޅުގަނޑު ތަރުހީބުދެނީ ދިވެހީންގެ ގައުމާއި ދިވެހިރާއްޖެއަށް ރައްކާތެރިކަން އެދި ހިތްތަކާއި ލޯތައް ހުޅުވިފައިވާ ރައްޔިތެއް މި ގައުމުގައި އޮންނާށެވެ. އަޅުގަނޑު އިލްތިމާސް ކުރަނީ އެހެން ބަސްބަހާއި އިލްމުތަކަށް މޮޅުވުމާ އެކު ދިވެހި ބަހަށް ލޯބި ކުރުމާއި ދިވެހި ބަހަށް ފަރިތަކަން ލިބިގަންނާށެވެ. ދިވެއްސަކަށް ވީތީ ފަހުރުވެރިވާ ދިވެހީންގެ ރާއްޖެއަކަށް އަލުން މި ގައުމު އަލިވިލޭން ޖާގަ ދެއްވާށެވެ،“ ރައީސްގެ ހިތޯބުގައިވެއެވެ.

މި ސަރުކާރުން ފަށާފައިވާ ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ ގައުމީ ނިޒާމުގެ ބޭނުމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެ ކަންކަމުން ލިބިގެންދާނެ ފައިދާތައް ރައީސްގެ ހިތޯބުގައި ވަނީ ފާހަގަކުރައްވާފައެވެ.

ދިވެހި ބަހުގެ ދުވަސް ނިސްބަތްކުރެވެނީ ފަޟީލަތުއްޝައިޚް އަލްމަރްޙޫމު ޙުސައިން ޞަލާޙުއްދީނަށްކަން ބަޔާން ކުރައްވައި ރައީސް ވަނީ، ޞަލާޙުއްދީނުގެ ހަޔާތްޕުޅުން ލިބިގެންދާ ފިލާވަޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ދިވެހި ބަހުން ކިޔަވައިގެން އިލްމުވެރި ވެވިދާނެ ކަމަށާއި އެހެން ބަސްބަހުގެ އިލްމުތައް ދިވެހި ވެއްޓަށް ގެނެވިދާނެ ކަމާ އަދި އަމިއްލަ މާދަރީ ބަހަށް މޮޅުވުމުން އެހެން ބަސްބަހާއި އިލްމުތަކަށް މޮޅުވެވޭކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
qaumee mugarrir
ވިހައިގެން 2 އަހަރު ވަންދެން ދުވާލަކު 1 ގަޑިއިރު ދަރިންނާއެކު ހޭދަކުރެވޭނެގޮތް ހަމަޖައްސަނީ
eydhafushi
އޭދަފުށީގައި ޤާއިމްކުރާ އެމްއެންޔޫ ކެމްޕަހުގެ ޢަމަލީ މަސައްކަތް ފަށައިފި
mascase 2
މި ފަހަރު ރޯދަ ހަދިޔާ 113،382 ގޭބިސީއަކަށް ދޫކުރި
shifa mayor
ޕީއެންސީ ކެންޑިޑޭޓް ރީނުގެ ޖަގަހަ ހުޅުވަން ދިއުމުން ބަޔަކު ކަންބޮޑުވާކަށް ނުޖެހޭ: ޝިފާ
Ads by
މަގުބޫލު
Ayatollah-Ali-Khamenei-
ރޫޙާނީ ލީޑަރު ޚާމަނާއީ އަވާހަރައެއްނުވޭ، ޙާލުކޮޅު ރަނގަޅު: އީރާން
d9c7283c-dff7-4d34-9e99-575549109b22
މާލޭ ސިޓީގެ ކުރީގެ މޭޔަރު ޝިފާގެ ތާއީދު ޕީއެންސީ އަށް!
bodu_thakuru
ބާޒާރުމަތި ގަދަކަނޑަކުން އަމާން ދަތުރަކަށް - އިހުމާލަށް ނިމުން އައި އިންޤިލާބީ ބަދަލު!
dheenah hajoo
ވަހީ އަންނަކަމަށްބުނެ ޓިކްޓޮކްގައި ދީނަށް ފުރައްސާރަކުރަމުންދާ މީހާ ހޯދަން އިޢުލާނުކޮށްފި
Ayatollah-Ali-Khamenei-
ރޫޙާނީ ލީޑަރު ޚާމަނާއީ އަވާހަރައެއްނުވޭ، ޙާލުކޮޅު ރަނގަޅު: އީރާން
d9c7283c-dff7-4d34-9e99-575549109b22
މާލޭ ސިޓީގެ ކުރީގެ މޭޔަރު ޝިފާގެ ތާއީދު ޕީއެންސީ އަށް!
bodu_thakuru
ބާޒާރުމަތި ގަދަކަނޑަކުން އަމާން ދަތުރަކަށް - އިހުމާލަށް ނިމުން އައި އިންޤިލާބީ ބަދަލު!
dheenah hajoo
ވަހީ އަންނަކަމަށްބުނެ ޓިކްޓޮކްގައި ދީނަށް ފުރައްސާރަކުރަމުންދާ މީހާ ހޯދަން އިޢުލާނުކޮށްފި