Wednesday, 9 September 2026
Ads by

އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެ، ވޯލްޑްކަޕްގެ ގަދަ 16 އަށް އެމެރިކާ ދަތުރުކޮށްފި

އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެ، ވޯލްޑްކަޕްގެ ގަދަ 16 އަށް އެމެރިކާ ދަތުރުކޮށްފި

އެމެރިކާ-ބޮސްނިއާ މެޗުގެ ތެރެއިން---

ފީފާ ވޯލްޑްކަޕްގެ ގަދަ 16 ޓީމުގެ ތެރޭގައި މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ އެމެރިކާ ހިމެނިއްޖެއެވެ. އެމެރިކާ މި ބުރަށް ދަތުރުކުރީ ރޭ ކުޅުނު މެޗުގައި ބޮސްނިޔާއާ ވާދަކޮށް 2-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

Ad Image
Ads by

މި މެޗުގެ ބޮޑު ބައެއް އެމެރިކާއިން ކުޅެން ޖެހުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. މެޗުގެ ދެވަނަ ހާފު ފަށައިގެން 19 ވަނަ މިނިޓްގައި އެމެރިކާގެ ބަލޮގަން، ބޮސްނިޔާގެ މުހަރެމޮވިޗަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ އޭނާއަށް ސީދާ ރަތްކާޑެއް ދައްކާފައެވެ. މި ކާޑު ދައްކާފައިވަނީ ވީއޭއާރުން ބެލުމަށްފަހުގައެވެ.

ބަލޮގަން އަށް ރަތްކާޑު ދެއްކިއިރު، އެމެރިކާ އޮތީ ފުރަތަމަ ހާފުގެ ފަހު މިނިޓްގައި އޭނާ ޖެހި ލަނޑުން ލީޑުގައެވެ. މިއީ ޓިލްމަން ތަނަވަސްކޮށްދިން ފުރުސަތެއްގައި ބަލޮގަން ކާމިޔާބުކުރި ލަނޑެކެވެ. މީގެ އިތުރުންވެސް ފުރަތަމަ ހާފުގައި ބަލޮގަން ލަނޑެއް ޖަހައި އުފާފާޅުކުރި ނަމަވެސް، ލައިސްމަން ދިދަ ނަގާފައި ހުރުމުން ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

އެއް ކުޅުންތެރިޔަކު މަދުކޮށް އެމެރިކާއިން ކުޅެމުން ދަނިކޮށް، އެ ޓީމުގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްދިނީ ޓިލްމަންއެވެ. އޭރިޔާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރުގެ އަތުގައި ޖެހިފައެވެ. ދެވަނަ ހާފުގައި އެމެރިކާގެ ޕުލިސިޗް ވެސް ލަނޑެއް ޖެހި ނަމަވެސް، އެއީ ވެސް އޮފްސައިޑް ބޯޅައެއް ކަމަށް ރެފްރީ ވަނީ ނިންމާފައެވެ.

މި މެޗުން ބަލިވުމާއެކު ބޮސްނިޔާ ވަނީ މުބާރާތުން ކަޓާފައެވެ. އެމީހުންގެ ދެވަނަ ވޯލްޑްކަޕް ނިންމާލަން ޖެހުނީ ގަދަ 32 ޓީމުގެ ތެރޭގައި ހިމެނިގެންނެވެ. މެޗުގެ ބޮޑު ބައި ކުޅުންތެރިއަކު އިތުރަށް ކުޅުނު ނަމަވެސް، އެމެރިކާގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލައި ލަނޑެއް ޖެހޭނެ ފުރުސަތެއް ބޮސްނިޔާއަކަށް ނުލިބުނެވެ.

މައުރީސިއޯ ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ކުޅެމުންދާ އެމެރިކާ، ގަދަ 16 ގެ ބުރުގައި ބައްދަލުކުރަން ޖެހޭނީ ބެލްޖިއަމްއާއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި