Saturday, 24 October 2026
Ads by

އެމްއެމްއޭގެ އެކްސެލެންސް އިން ޑިޖިޓަލް ފައިނޭންސް އެވޯޑް ބީއެމްއެލްއަށް

އެމްއެމްއޭގެ އެކްސެލެންސް އިން ޑިޖިޓަލް ފައިނޭންސް އެވޯޑް ބީއެމްއެލްއަށް

އެމްއެމްއޭގެ އެކްސެލެންސް އިން ޑިޖިޓަލް ފައިނޭންސް އެވޯޑް ބީއެމްއެލަށް ދެނީ--- ފޮޓޯ: އެމްއެމްއޭ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަލަށް ތައާރަފުކުރި ”މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑްސް“ ގައި، ”އެކްސެލެންސް އިން ޑިޖިޓަލް ފައިނޭންސް އެންޑް އިނޮވޭޝަން“ އެވޯޑް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކާމިޔާބުކޮށްފިއެވެ.

Ad Image
Ads by

އެމްއެމްއޭއިން ހާމަކުރި ގޮތުގައި، ބީއެމްއެލްއަށް މި ޝަރަފު އެރުވުނީ ޑިޖިޓަލް ޓެކްނޮލޮޖީއާއި އާ އީޖާދުތަކުގެ އެހީގައި ރާއްޖޭގެ މާލީ ދާއިރާ ޒަމާނީކުރުމަށް އެ ބޭންކުން ކުރަމުންދާ އިހުލާސްތެރި މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ. އެމްއެމްއޭގެ 45 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދިން މި އެވޯޑްތަކަކީ، ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކުރުމަށް މުހިންމު ހިދުމަތްތަކެއް ފޯރުކޮށްދީފައިވާ މުއައްސަސާތަކާއި ފަރުދުންގެ ހިދުމަތްތަކުގެ އަގުވަޒަންކުރުމަށް ދެވޭ އެވޯޑްތަކެކެވެ.

”އެކްސެލެންސް އިން ޑިޖިޓަލް ފައިނޭންސް އެންޑް އިނޮވޭޝަން“ ކެޓަގަރީން އެވޯޑް ދެނީ، ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން މާލީ ހިދުމަތްތަކަށް އިންގިލާބީ ބަދަލުތަކެއް ގެނެސް، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރާއި ހަލުވިމިން އިތުރުކޮށް، މާލީ މުއާމަލާތްތައް ފަސޭހަކަމާއެކު ކުރެވޭނެ މަގުފަހިކޮށްދިނުމުގައި ނަމޫނާ ދައްކާފައިވާ ފަރާތްތަކަށެވެ.

ބީއެމްއެލްއަށް މި އެވޯޑް ލިބިފައިވަނީ، ރާއްޖޭގެ ބޭންކިންގ ދާއިރާ ޒަމާނީކުރުމަށް އެ ބޭންކުން ކުރަމުންދާ ބޮޑެތި އިންވެސްޓްމަންޓްތަކާއި، މުޅި ރާއްޖެއަށް ޑިޖިޓަލް ބޭންކިންގ ހިދުމަތްތައް ތައާރަފުކޮށް ފުޅާކުރުމުގައި އަދާކުރަމުންދާ މުހިންމު ދައުރަށް ބެލުމަށްފަހުގައެވެ. އެވޯޑް ޕެނަލުން ފާހަގަކުރި ގޮތުގައި، ޑިޖިޓަލް ޕްލެޓްފޯމްތަކާއި ޓެކްނޮލޮޖީގެ އެހީގައި ބޭންކުން ފޯރުކޮށްދޭ މާލީ ހައްލުތަކުގެ ސަބަބުން، ކަސްޓަމަރުން ބޭންކިންގ ހިދުމަތްތައް ބޭނުންކުރާ ގޮތަށް ވަނީ އިންގިލާބީ ބަދަލުތަކެއް އައިސްފައެވެ.

މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑްސްއަކީ ރާއްޖޭގެ މާލީ ދާއިރާގައި ހޯދާ ފާހަގަކޮށްލެވޭ ކާމިޔާބީތަކާއި ކުރިއެރުންތަކުގެ އަގުވަޒަންކުރުމަށް ތައާރަފްކުރި އެވޯޑެކެވެ. މި އެވޯޑް ދިނުމުގައި މާލީ ހިދުމަތްތައް އެންމެނަށް ފޯރުކޮށްދިނުން ޑިޖިޓަލް ފައިނޭންސް، ގްރީން ފައިނޭންސް އަދި މި ދާއިރާއިން ފެންނަ އާ އީޖާދުތަކަށް ހާއްސަ އިސްކަމެއް ދެވިފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި