Saturday, 17 October 2026
Ads by

ފަލަސްޠީނަށް ރާއްޖެއިން 50,000 ޑޮލަރުގެ އެހީއެއް ދެނީ

ފަލަސްޠީނަށް ރާއްޖެއިން 50,000 ޑޮލަރުގެ އެހީއެއް ދެނީ

ފަލަސްޠީނަށް އެހީތެރިވުމަށް އދ. އިން ކަނޑައަޅާފައިވާ އެޖެންސީ (އަންރުވާ )އަށް ދިވެހިރާއްޖޭގެ ފަރާތުން 50,000 އެމެރިކާ ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމައިފިއެވެ

Ad Image
Ads by

މިކަން އިޢުލާނު ކުރެއްވީ އދ. އަށް ކަނޑައަޅާފައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު ސަފީރު އަލީ ނަސީރު މުޙައްމަދު މިއަދު ކުރެއްވި ޓުވީޓެއްގައެވެ. މިއީ ފަލަސްޠީނަށް ދިމާވެފައިވާ އިންސާނީ ކާރިސީ ޙާލަތުން އަރައިގަތުމަށް އެހީވުމަށް ދިވެހި ސަރުކާރުން ވެފައިވާ ވަޢުދެކެވެ.

ފަލަސްޠީނަށް އެހީވުމުގެ ގޮތުން އަންރުވާ މެދުވެރިކޮށް ރާއްޖެއިން ކޮންމެ އަހަރަކުވެސް އަންނަނީ މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެކުރިން ކޮންމެ އަހަރަކު ދެމުން އައީ 5,000 ޑޮލަރު ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ 2024 ވަނަ އަހަރުން ފެށިގެން މި އަދަދު 50,000 ޑޮލަރަށް އިތުރުކުރައްވާފައެވެ. މިއީ ކުރިން ދެމުން އައި މިންވަރަށްވުރެ 10 ގުނަ އިތުރު އަދަދެކެވެ.

ސަފީރު އަލީ ނަސީރު ވަނީ، އަންރުވާގެ މެންޑޭޓަށް އެއްވެސް ހުރަހެއް ނެތި އެ އެޖެންސީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދިނުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވާލައްވާފައެވެ. އަދި އިންސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެ އެހީ ފޯރުކޮށްދިނުމުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.

ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކުރުމާއި، އެ ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރައްވަމުންދާ މަސައްކަތެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
އިބްރާހިމް
އިބްރާހިމް
3 މަސް ކުރިން

ތީ ދެ ހުދު މުހުތާރު ވެރިން

Ads by
ފަހުގެ ޚަބަރު
download - 2026-10-17T112740
ހައިވޭގައި ފުލުހެއްގެ ގައިގައި ގަސްތުގައި ސައިކަލުން ޖެއްސި މައްސަލަ ސީޕީ ކުށްވެރިކުރައްވައިފި
Ronaldo 565
ރޮނާލްޑޯއަށް ފީފާއިން ވަކި ޚާއްޞަ އިނާޔަތްތަކެއް ދިން ކަމަށް ބުނެ ސައުތުގޭޓް ތުހުމަތުކޮށްފި
download - 2026-10-17T081440
މާލޭގެ 14 ބިމެއް ސަރުކާރަށް ނަގާ މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ގެންދަން ސިޓީ ކައުންސިލުން ނިންމައިފި
download - 2026-10-17T061355
ޔަމަނުގެ ޢަދަން އެއާޕޯޓަށް ޙޫޘީންގެ މިސައިލް ހަމަލާތަކެއް
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި