Wednesday, 9 September 2026
Ads by

މުޅި އަތޮޅާ އަދި ނިލަންދޫގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ރައީސް މަޝްވަރާކުރައްވައިފި

މުޅި އަތޮޅާ އަދި ނިލަންދޫގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ރައީސް މަޝްވަރާކުރައްވައިފި

ރައީސް މުޢިއްޒު ފ. އަތޮޅު ކައުންސިލާ އަދި ނިލަންދޫ ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރެއްވުން - ފޮޓޯ:ރައީސް އޮފީސް

މުޅި ފ. އަތޮޅާ އަދި ނިލަންދޫގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޝްވަރާކުރައްވައިފިއެވެ.

Ad Image
Ads by

ނިލަންދެ އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާ އަދި ނިލަންދޫ ކައުންސިލާ އެކު ނިލަންދޫ އަންހެނުންގެ މަރުކަޒުގައި ރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ އެ ރަށުގެ އެއަރޕޯޓުގެ މަޝްރޫއަކީ ރަށަށް އާރޯކަން ގެނެސްދޭނެ މަޝްރޫއެއްކަން ފާހަގަކުރައްވާފައެވެ. އަދި އެ މަސައްކަތް އަވަހަށް ނިންމަވައިދެއްވުމަށް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގެ ނަރުދަމާ ނިޒާމު މަރާމާތަށް ބޭނުންވެފައިވާތީ އެކަމަށް ހައްލެއް ހޯދުމާއި ފެނުގެ ނިޒާމު އަވަހަށް ނިންމުމާއި މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމާ އަދި އިސްލާމީ މަރުކަޒެއް ބިނާކުރުން ހިމެނެއެވެ. އެ ރަށުގައި ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫއެއް ކުރިއަށް ގެންގޮސްދެއްވުމަށާއި ކައުންސިލް އިދާރާ ބާވެފައިވުމުން އާ އިމާރާތެއްގެ ބޭނުންވާކަމާއި ސިއްހީ ހިދުމަތްތައް އިތުރަށް ތަރައްގީ ކުރުމާއި ފެރީ ނިޒާމުގެ ބޭނުންތެރިކަން ވެސް ކައުންސިލުން ވަނީ މި ބައްދަލުވުމުގައި ރައީސް އާ ހިއްސާކުރައްވާފައެވެ. މީގެ އިތުރުން ޕާކެއްގެ މުހިންމުކަމާއި ރަށުގެ އިޖުތިމާއީ އަދި އިގުތިސޯދީ ތަރައްގީއަށް މުހިންމު ކަންކަން ކައުންސިލުން ހާމަކުރެއްވިއެވެ.

ރައީސް އާއެކު ކުރެއްވި މަޝްވަރާގައި ފ. އަތޮޅު ކައުންސިލުން ވަނީ އެ ކައުންސިލުގެ ކަންބޮޑުވުން ހުރި ކަންކަމާއި ކައުންސިލުގެ ކުރިއެރުމާއި އަތޮޅުގެ ތަރައްގީއަށް އެންމެ މުހިންމު ކަންތައްތައް ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި އަރބަން ސެންޓަރެއްގެ ގޮތުގައި ނިލަންދޫ ތަރައްގީކުރާއިރު މިހާރަށް ރަށަށް ބޭނުންވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އިތުރުން އަރބަން ސެންޓަރަކަށް އަމާޒުކޮށް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ވަޒީރުން މެދުވެރިކުރައްވައި ރައީސް ވަނީ މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ތަރައްގީގެ މަޝްރޫއުތަކުގެ އެންމެފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި